ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލް، އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލުމުގެ ފުރުސަތު ބޮޑު

Jan 14, 2022, 8:36 AM
ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލް، އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލުމުގެ ފުރުސަތު ބޮޑު

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 14) - އޮސްޓްރޭލިއާ އިމިގްރޭޝަނުން ދުނިޔޭގެ އެއް ވަނަ ފިިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލިއިރު، އޭނާ އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ޖޮކޮވިޗްގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ. އެކަމަކު ވިސާ އަށް މައުލޫމާތު ހުށަހެޅިއިރު، ފާހަގަވި ޖޮކޮވިޗްގެ އާ މައްސަލައެއް އޮސްޓްރޭލިއާ އިމިގްރޭޝަނުން ބަލަން ފެށި އެވެ.

އެ މައްސަލައިގައި އޮސްޓްރޭލިއާ އިމިގްރޭޝަނުން މިއަދު ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލިއިރު، ހޯމަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ކުޅެން ޖެހޭ ފުރަތަމަ ބުރުގެ މެޗު ވެސް އޮތީ ތާވަލުކޮށްފަ އެވެ.

ވެކްސިން ދެ ޑޯޒު ނުޖަހާ ކުޅުންތެރިންނަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޖޮކޮވިޗް އަންނަނީ ތަކުރާރުކޮށް ވެކްސިން އާ ދެކޮޅަށް އިންޓަވިއުތަކުގައި ވާހަކަ ދައްކަމުންނެވެ. އަދި އޭނާ ވެކްސިން ޖެހިކަމުގެ މައުލޫމާތު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ހުށަހެޅިއިރު، ހިމަނާފައިނުވެ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އޮސްޓްރޭލިއާގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ޖޮކޮވިޗްގެ ވިސާ އަނެއްކާ ވެސް ކެންސަލްކުރަން ނިންމާފައިވާ ކަމަށެވެ.

މި ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކުރީ ވިސާ އަށް ހުށަހެޅިއިރު، ސައްހަ ނޫން މައުލޫމާތެއް ދީފައިވާތީ އެވެ. ދެ ވަނަ ފަހަރު ވިސާ ކެންސަލްކޮށްލުމާ އެކު ދެން ޖޮކޮވިޗް އަނެއްކާ ވެސް ކޯޓަށް މައްސަލަ ގެންދާނެތޯ ސުވާލު އުފެދިފައިވާއިރު، އޮސްޓްރޭލިއާ އިން އަންނަނީ ޖޮކޮވިޗް ޑީޕޯޓްކޮށްލުމުގެ މަޝްވަރާތައް ކުރަމުންނެވެ.

އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަން ހުށަހެޅިއިރު، ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާ އަށް އައުމުގެ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިވޭތޯ މައުލޫމާތު ދޭން ބުނެފައިވާ ބައިގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިނުވާ ކަމަށް ބުނެފަ އެވެ.

އެކަމަކު، މޮންޓެ ކާލޯގައި ދިރިއުޅޭ ޖޮކޮވިޗް ވަނީ ޑިސެމްބަރު މަހު 25 ވަަނަ ދުވަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޖޮކޮވިޗް ސްޕެއިނުގެ މާބެލާ އަށް ވެސް ވަނީ ގޮސްފަ އެވެ. ބެލްގްރޭޑާއި މާބެލާ އަށް ޖޮކޮވިޗް ދިޔަ ފޮޓޯޓައް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކޮށްފައިވާއިރު، މިއީ އޭނާ އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަނަށް މައުލޫމާތު ދިން ފަހުން ކޮށްފައިވާ ދަތުރުތަކެކެވެ.

މީގެ ދެ ދުވަސް ކުރިން ޖޮކޮވިޗް ވަނީ ވިސާ އެޕްލިކޭޝަނުގައި އެ ގޮތަށް މައުލޫމާތު ހިމެނުނީ އޭނާގެ ސަޕޯޓް ޓީމަށް އޮޅުމަކުން ކަމަށް ބުނެފަ އެވެ. އެކަމަކު، އޮސްޓްރޭލިއާ އިމިގްރޭޝަނުން މިއަދު ނިންމީ ޖޮކޮވިޗް ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލުމަށެވެ.

ޖޮކޮވިޗްގެ ވިސާ މައްސަލައިގެ ޓައިމްލައިން

ޖެނުއަރީ 4: ކޮވިޑް ވެކްސިން ދެ ޑޯޒު ޖެހިކަމުގެ މައުލޫމާތު ނުދިން ނަމަވެސް ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ސިއްހީ ހާއްސަ ހުއްދަ ލިބިފައިވާކަން އިއުލާނުކުރި. އެއީ މެޑިކަލް އެގްޒެމްޕްޝަންގެ ދަށުން.

ޖެނުއަރީ 5: ޖޮކޮވިޗަށް އޮސްޓްރޭލިއާ ސަރުކާރު ގަބޫލުކުރާ ވަރަށް ސިއްހީ މައުލޫމާތު ފޯރުކޮށްނުދެވޭނަމަ އަލުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި. ޖޮކޮވިޗް، ވެކްސިންގެ މައުލޫމާތު ނުދޭނަމަ އޭނާ އަށް ވިސާ ދޭން ތާއީދުނުކުރާ ކަމަށް އޮސްޓްރޭލިއާގެ އެކްޓިން ސްޕޯޓް މިނިސްޓަރު ޖާލާ ޕުލްފޯޑް ވިދާޅުވި.

ޖެނުއަރީ 5: އޮސްޓްރޭލިއާގެ މެލްބަން އަށް ޖޮކޮވިޗް ދިއުމާ އެކު ކޮވިޑް ވެކްސިން ދެ ޑޯޒު ޖެހިކަމުގެ މައުލޫމާތު ކަށަވަރުނުވާތީ ޖޮކޮވިޗްގެ ވިސާ ފުރަތަމަ ފަހަރަށް ކެންސަލްކޮށްލި. ޖޮކޮވިޗް އޮސްޓްރޭލިއާގެ އިމިގްރޭޝަން ޑިޓެންޝަނަށް ގެންދިއުމާ އެކު އޭނާގެ ގާނޫނީ ޓީމުން އޮސްޓްރޭލިއާ ކޯޓުގައި ވިސާ މައްސަލަ އެޕީލްކުރި. މި މަހު 10 ވަނަ ދުވަހު ކޯޓުގައި މައްސަލަ ނިމެންދެން ޖޮކޮވިޗް އޮސްޓްރޭލިއާގައި މަޑުކުރަން ކޯޓުން އެންގި.

ޖެނުއަރީ 7: ޖޮކޮވިޗް ހުރީ ޑިޓެންޝަނުގައެއް ނޫން ކަމަށާއި ބޭނުން އިރަކު އޮސްޓްރޭލިއާ ދޫކޮށް ދެވޭނެކަމަށް އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ކެރަން އެންޑްރޫސް ވިދާޅުވި. އޭރު ސާބިއާ އާއި އޮސްޓްރޭލިއާގައި ޖޮކޮވިޗްގެ ސަޕޯޓަރުން އޭނާ ދޫކޮށްލަން ގޮވާލައި އެއްވުންތައް ބާއްވަމުން ދިޔަ، ސަޕޯޓަރުން ދޭ އެއްބާރުލުމަށް ޖޮކޮވިޗް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޝުކުރު އަދާކޮށްފައި.

ޖެނުއަރީ 10: ޖޮކޮވިޗްގެ ވިސާ ކެންސަލްކުރީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ކޯޓުން ކަނޑައެޅި. ޖޮޮކޮވިޗް ދޫކޮށްލުމަށް ކޯޓުން އެންގިއިރު، އެ މައްސަލައިގައި ކޯޓުން އާންމުކުރި ލިޔެކިޔުންތަކުގައި ޖޮކޮވިޗަށް އޮސްޓްރޭލިއާ އިން ވިސާ ދިނީ މިދިޔަ މަހު 16 ވަނަ ދުވަހު ކޮވިޑަށް ޕޮޒިިޓިވްވެފައިވާތީކަން ހާމަވި.

ޖެނުއަރީ 12: އިންސްޓަގްރާމް މެދުވެރިކޮށް ޖޮކޮވިޗް ނެރުނު ބަޔާނެއްގައި އޭނާ ކޮވިޑް ޖެހިގެން ކަރަންޓީނުގެ މުއްދަތުގައި ހުރިއިރު، ފްރާންސްގެ ލެކިއުޕޭ ނޫހަށް އިންޓަވިއުއެއްދީ ކަރަންޓީނު ޕްރޮޓޮކޯލާ ހިލާފުވި ކަމަށް އެއްބަސްވި. އޭގެ އިތުރުން އޮސްޓްރޭލިއާ އަށް އެތެރެވާން ބޭނުންވާ ވިސާ އެޕްލިކޭޝަންގައި ގޯސް މައުލޫމާތުތަކެއް ހިމެނުނީ އޭނާގެ ސަޕޯޓް ޓީމަށް އޮޅުމަކުން ކަމަށް ބުނެފައިވޭ.

ޖެނުއަރީ 14: އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަންގެ މައުލޫމާތު ތަހުގީގުކޮށް، ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލި.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox