ޖޮކޮވިޗް ހިމަނައިގެން އޮސްޓްރޭލިއަން އޯޕަންގެ ޝެޑިއުލް ނެރެފި

Jan 14, 2022, 5:56 AM
ޖޮކޮވިޗް ހިމަނައިގެން އޮސްޓްރޭލިއަން އޯޕަންގެ ޝެޑިއުލް ނެރެފި

މެލްބަން (ޖެނުއަރީ 14) - އޮސްޓްރޭލިއާ އިމިގްރޭޝަނުން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗްގެ ވިސާ މައްސަލަ އިތުރަށް ދިރާސާ ކުރަމުން ދިޔަ ނަމަވެސް ޖޮކޮވިޗް ހިމަނައިގެން އޮސްޓްރޭލިއަން އޯޕަން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތުގެ ޝެޑިއުލް ނެރެފި އެވެ.

ޝެޑިއުލްގައިވާ ގޮތުން އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި ޖޮކޮވިޗް ހޯމަ ދުވަހު ކުޅެން އޮތީ ސާބިއާގެ މިއޮމީރް ކެޗްމަނޯވިޗާ ދެކޮޅަށެވެ.

ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދި ނަމަވެސް އޭގެ އާ މައްސަލައެއް އޮސްޓްރޭލިއާ އިމިގްރޭޝަނުން ބަލަން ފެށުމާ އެކު ޖޮކޮވިޗް ވަނީ ކަން ހިނގާދިޔަގޮތް އޮޅުންފިލުވައިދޭން ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ޖޮކޮވިޗް ވަނީ މިދިޔަ މަހު 16 ގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވި ފަހުން އިންޓަވިއުއެއް ދޭން ކަރަންޓީނު ޕްރޮޓޮކޯލާ ހިލާފުވި ކަމަށް އެއްބަސްވެފަ އެވެ. އަދި ވިސާ ފޯމުގައި މައުލޫމާތު ފުރިއިރު، "އޮޅުމަކުން" ގޯހެއް ހެދިފައިވާ ކަމަށާއި އެކަން މިހާރު ވާނީ އޮސްޓްރޭލިއާގެ އިމިގްރޭޝަނަށް އޮޅުން ފިލުވައިދީފައި ކަމަށެވެ.

އޮސްޓްރޭލިއާ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާއާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ބަލަމުން އަންނަ މައްސަލަ ލަސްވެގެން އާދިއްތަ ދުވަހުގެ ކުރިން ނިންމާނެ ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖޮކޮވިޗަކީ އޮސްޓްރޭލިއަން އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ނުވަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ތިން ފަހަރު ވެސް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ޖޮކޮވިޗް އެވެ.

މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ ޖޮކޮވިޗަށް ޓެނިސް ތާރީހުގައި އެންމެ ގިނަ ގްރޭންޑްސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް ގާއިމް ކުރެވޭނެ އެވެ. ގްރޭންޑް ސްލޭމްގެ ކާމިޔާބީގައި ޖޮކޮވިޗް މި ވަގުތު އޮތީ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލާ އެއްވަރުވެފަ އެވެ. ތިން ކުޅުންތެރިން ވެސް ވަނީ 20 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox