ގްރީން ސްޓްރީޓްސް އަތުން މޮޅުވެ މާޒިޔާ ބޭނުމީ ފައިނަލްގެ ޖާގަ ޔަގީންކުރަން

Jan 12, 2022, 7:02 AM
މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން): ގްރީން ސްޓްރީޓްސް އަތުން މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން): ގްރީން ސްޓްރީޓްސް އަތުން މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ފައިނަލުގެ ޖާގަ ޔަގީންކުރަން ބޭނުންވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގަ އެވެ. ލީގު ބުރެއް ކުޅުމަށް ފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ މަތިން ނިންމާ ދެ ޓީމެކެވެ. މުބާރާތުގެ ފަހު މެޗުތަކަށް ނުކުންނައިރު، ފައިނަލުގެ ފުރުސަތު ހުޅުވިފައި އޮތީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އަދި ގްރީން ސްޓްރީޓްސް އަށެވެ. ޕްރެޒިޑެންޓްސް ކަޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ ކުޅެން އޮތީ ދެ މެޗެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ.

މާޒިޔާ އަށް މާދަމާ ހަވީރު ގްރީން ސްޓްރީޓްސް ބަލިކޮށްގެން ބާކީ ކުޅެން އޮތް ވެލެންސިއާ މެޗު އޮއްވައި، ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. މާޒިޔާގެ ކޯޗު މޯހަން ހުރީ އެ ފުރުސަތުގެ ބޭނުން ހިފުމުގެ އަޒުމުގަ އެވެ.

"ފައިނަލް ޖާގަ ހޯދަން މި މެޗު (ގްރީން ސްޓްރީޓްސް މެޗު) ނަގައިފިއްޔާ އޭނީ ޔަގީންވެފައި. އޭރުން ފައިނަަލަކަށް އިތުރަށް ވިސްނާކަށް ނުޖެހޭނެ. ނޫނީ އިތުރު ގޮތެއް ވޭތޯ ބަލާކަށް ނުޖެހޭނެ. އެގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް މިއީ ފައިނަލެކޭ ދެންނެވިޔަސް ގޯހަކަށް ނުވާނެ،" މޯހަން ބުންޏެވެ.

މާޒިޔާ މެޗެއްގެ ތެރެއިން އެ ޓީމުގެ ހައިޝަމް (ކ) އާއި ހަމްޕު ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯހަން ވަނީ ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އެ ޓީމު ގޮވައިގެން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އަކީ ރީތި އެޓޭކިން ފުޓްބޯޅަ ކުޅޭ ޓީމެއް ކަމަށާއި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ވެސް ތިބި އުނދަގޫ ޓީމެއްގެ ގޮތުގައި މޯހަން ވަނީ ބުނެފަ އެވެ.

"ގްރީން ސްޓްރީޓްސްއާ ކުޅޭއިރު ވަރަށް ގިނަ ކަންތައްތަކަށް ވިސްނަން ޖެހޭނެ. އެކަން އެނގިގެން ރެސްޕެކްޓް ދީގެން އަޅުގަނޑުމެން ތައްޔާރުވާނީ،" މޯހަން ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކުން ވެސް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބި ކަމެވެ. މޯހަން ބުނީ ހަގީގަތަކީ މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމު ކުޅުންތެރިން ކަމުގައި ވިޔަސް މީގެ ނަތީޖާތައް ބިނާވަނީ ދަނޑު މައްޗަށް އެ އަރާ 11 ކުޅުންތެރިން ކުރާ މަސައްކަތަށް ކަމަށެވެ. އެގޮތަށް ބަލާއިރު، ގްރީން ސްޓްރީޓްސްގައި ވެސް ގައުމީ ޓީމަށް ނިސްބަތްވާ ނޫނީ ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށް މޯހަން ބުންޏެވެ.

"މީގެ މާ ބޮޑު ފުރުސަތެއް (މާޒިޔާ އަށް) އިނޭ އަޅުގަނޑު ނުދަންނަވާނަން. އެ ދުވަހަކު ދަނޑަށް އަރައި ރަނގަޅަށް މަސައްކަތްކުރާ، ބުނާ ގޮތަށް ކުޅޭ ޓީމެއް އިންނާނީ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޓީމާ ދޭތެރޭ ވަރަށް އުއްމީދު އެބައޮތް. އިރާދަކުރެއްވިއްޔާ މޮޅުވެގެން ފައިނަލަށް ދިއުމުގެ އުއްމީދު އެބައޮތް،" މޯހަން ބުންޏެވެ.

"ނަމަކީ އެއްވެސް އެއްޗެއް ނޫން، ދަނޑުމަތީގައި އެ ދުވަހެއްގައި އަރާ ކުރާ މަސައްކަތް ހުރިހާ އެއްޗަކަށް ވާނީ. އެކަން އެ ކުޅުންތެރިން ސާބިތުކޮށްދޭން ޖެހޭ މަސައްކަތް ދަނޑުމަތީގައި ކުރަން ޖެހޭނީ،"

ވެލެންސިއާ ބަލިކޮށް މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމަށް ފަހު މާޒިޔާ އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ މި ވަގުތު އޮތްއިރު، މޯހަން ބުނީ ކޮންމެ ދުވަހަކު އެންމެ ބޭނުންވާ ކުޅުން ނުދެއްކުނު ކަމުގައި ވިޔަސް ޖުމްލަކޮށް ނަތީޖާތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެންމެ ބޮޑު އެއް އުފަލަކީ މި ސީޒަނުގައި މިހާތަނަށް މާޒިޔާ އިން 21 ގޯލު ޖަހާފައިވާއިރު، އެ ޓީމުގެ އެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިން ގޯލު ޖަހާފައި ހުރުމެވެ.

"ގިނަ ކުޅުންތެރިންތަކެއް ގޯލު ޖަހާތީ ވަރަށް ހިތްހަމަޖެހޭ، (ގޯލު ޖަަހަން) އެންމެ ކުޅުންތެރިއަކަށް ޑިޕެންޑްވާން ނުޖެހުން އެއީ ވެސް ހިތްހަމަޖެހުމެއް،" މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox