ކޯޓުން ދޫކުރިޔަސް ޖޮކޮވިޗަށް މުބާރާތް ނުކުޅެވިދާނެ

Jan 12, 2022, 3:28 AM
އޮސްޓްރޭލިއާގައި ޖޮކޮވިޗް ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގައި ޖޮކޮވިޗް ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 12) - އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން ކާމިޔާބު ހޯދި ނަމަވެސް އޭނާ އަށް މުބާރާތުގައި ކުޅެވިދާނެކަމާ މެދު އަދިވެސް އޮތީ ސުވާލުއުފެދިފަ އެވެ.

ކޮވިޑް-19ގެ ވެކްސިން މައުލޫމާތު ނުދޭތީ އޮސްޓްރޭލިއާ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލައިގައި ކޯޓުން ވަނީ ޑިޓެންޝަނުގައި ޖޮކޮވިޗް ބެހެއްޓިއިރު، އޭނާ އަތުން ދިޔަ ހަރަދުގެ ބަދަލުދޭން އޮސްޓްރޭލިއާ ސަރުކާރަށް އަންގައި އޭނާ ވަގުތުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

ކޯޓުގެ އެންގުމާ އެއްގޮތަށް ޖޮކޮވިޗް ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ހަފްތާގެ ތެރޭ ފަށާ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އަންނަނީ ތައްޔާރުވަމުންނެވެ.

މި މަހު 17-30 އަށް ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާގައި އިއްޔެ ޕްރެކްޓިސް ފަށައިފަ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ނޫނީ އެހެނިހެން މަގުބޫލު ސަބަބަކާ ހެދިކަން ސާބިތުކޮށްދީގެންނެވެ. އެކަން ކުރެވެން އޮތީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ލިބިގެންނެވެ.

ޖޮކޮވިޗަށް މެޑިކަލް އެގްޒެމްޕްޝަން ދޭން ނިންމީ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅުމުންނެެވެ. އެކަމަކު، ކޮވިޑް-19 ވެކްސިން މައްސަލައިގައި ޖޮކޮވިޗަށް އޮސްޓްރޭލިއާ އިމިގްރޭޝަނުން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. ޖޮކޮވިޗް ވަނީ އޭނާ ވެކްސިން ޖެހިކަން ސާބިތުކޮށްދޭން ކުރާ ސުވާލުތަކަށް ސީދާ ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް ވަނީ ވަރަށް އަވަހަށް ޖޮކޮވިޗްގެ ވިސާ މައްސަލައިގައި އިމިގްރޭޝަނުން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނެ ކަމަށް ބުނެފަ އެވެ.

ޖޮކޮވިޗަށް ދީފައިވާ ވިސާ ދަމަހައްޓަން ކޯޓުން ނިންމި ނަމަވެސް އޮސްޓްރޭލިއާ އިމިގްރޭޝަނުން ބޭނުންވެއްޖެނަަމަ އަދިވެސް ވެކްސިން ދެ ޑޯޒު ފުރިހަމަކުރި ކަމުގެ މައުލޫމާތު ނުދޭތީ ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަަލް ކުރުމުގެ ބާރު އެބައޮތެވެ.

އެކަމަކު، އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ އިމިގްރޭޝަނުން މިހާރު ބަލަމުން އަންނަނީ ޖޮކޮވިޗް ވިސާ އަށް ހުށަހެޅި މައުލޫމާތު ސައްހަތޯ ކަށަވަރުކުރުމުގެ ކަންކަމެވެ.

ޖޮކޮވިޗް ވިސާ ހޯދަން ހުށަހެޅި ލިޔުން ނޫސްވެރިއަކު ބަލަނީ.: މިއީ ކޯޓުން އާންމުކުރި ބަޔާނެއްގައި ހިމަނާފައިވާ ޖޮކޮވިޗްގެ ވިސާ ފޯމުގެ ކޮޕީއެއް.-- ފޮޓޯ: އޭއެފްޕީ

ޖޮކޮވިޗް ވިސާ އަށް ހުށަހެޅި މައުލޫމާތާ ހިލާފުވީތަ؟

އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަން ހުށަހެޅިއިރު، ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާ އަށް އައުމުގެ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިވޭތޯ މައުލޫމާތު ދޭން ބުނެފައިވާ ބައިގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިނުވާ ކަމަށް ބުނެފަ އެވެ.

އެކަމަކު، މޮންޓެ ކާލޯގައި ދިރިއުޅޭ ޖޮކޮވިޗް ވަނީ ޑިސެމްބަރު މަހު 25 ވަަނަ ދުވަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޖޮކޮވިޗް ސްޕެއިނުގެ މާބެލާ އަށް ވެސް ވަނީ ގޮސްފަ އެވެ. ބެލްގްރޭޑާއި މާބެލާ އަށް ޖޮކޮވިޗް ދިޔަ ފޮޓޯޓައް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކޮށްފައިވާއިރު، މިއީ އޭނާ އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަނަށް މައުލޫމާތު ދިން ފަހުން ކޮށްފައިވާ ދަތުރުތަކެކެވެ.

އެހެންކަމުން، އޮސްޓްރޭލިއާ އިިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ މައުލޫމާތު އަލުން ބަލާއިރު، އޭނާގެ ބެލްގްރޭޑާއި މާބެލާ ދަތުރުގެ މައްސަލަ ފެންމަތިވުމުގެ ފުރުސަތު އެބައޮތެވެ. އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން ވިސާ އަށް ހުށަހަޅާއިރު، ދޮގު މައުލޫމާތެއް ދީފިނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޮސްޓްރޭލިއާ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ މައްސަލައިގައި ގޮތެއް ނިންމާނެ އެވެ.

ޖޮކޮވިޗް ވަނީ އޭނާގެ ކެރިއަރިއަރުގައި ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ތިން ފަހަރު ވެސް އޮސްޓްރޭލިއަން އޯޕަން ތަށި އުފުލާލި ޖޮކޮވިޗަކީ އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox