ސޯޝަލް ސެންޓަރު ބަންދުކޮށް ތާޖުއްދީން ސްކޫލުގައި ސާމްޕަލް ސެންޓަރެއް

ސޯޝަލް ސެންޓަރު ސަރަހައްދުގައި ސާމްޕަލް ނެގުމަށް ކިޔު ހަދާފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސޯޝަލް ސެންޓަރު ސަރަހައްދުގައި ސާމްޕަލް ނެގުމަށް ކިޔު ހަދާފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސޯޝަލް ސެންޓަރުގައި ގާއިމް ކޮށްފައިވާ ސާމްޕަލް ނަގާ ސެންޓަރު ބަންދުކޮށް މާލޭގެ ތާޖުއްދީން ސްކޫލުގައި ކޮވިޑަށް ޓެސްޓް ކުރުމަށް ސެންޓަރެއް ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭން ބުނީ ތާޖުއްދީން ސްކޫލްގައި ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރުގައި ހުރި ސާމްޕަލް ސެންޓަރު ކަމަށެވެ. ސަބަބަކީ ސޯޝަލް ސެންޓަރުގައި އެކަށީގެންވާ ޖާގަ ނެތުމާއި އެ ތަނުގައި ގިނަ އިރު ކޮޅަށް ތިބެން ޖެހޭތީ ކަމަށް އެޗްޕީއޭން ބުނެ އެވެ.

އެގޮތުން ތާޖުއްދީންގައި މިއަދު 2:00 އިން ފެށިގެން އެ ސްކޫލް އިން ޓެސްޓް ހެދޭނެ ކަމަށާއި އެކަމަކު ދެން ސޯޝަލް ސެންޓަރުން އެ ހިދުމަތް ނުލިބޭނެ ކަމަށްވެސް އެޗްޕީއޭން ބުންޏެވެ. ތާޖުއްދީން ސްކޫލުން ހިދުމަތް ދޭނީ ކުރިން ސޯޝަލް ސެންޓަރުން ވެސް ހިދުމަތް ދިން ގަޑިތަކާއި ދުވަސްތަކުގަ އެވެ.

އެގޮތުން އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ހޮނިހިރު ދުވަހަަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި 3:00 އިން 6:00 އަށެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 12:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ސޯޝަލް ސެންޓަރު ބަންދުކޮށްފައި ވާއިރު މާލެ ސަރަހައްދުގައި މިހާރު ވަނީ އިތުރު ސެންޓަރެއް ވެސް ގާއިމް ކޮށްފަ އެވެ.

އެއީ މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާތީ މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދަން އެޗްޕީއޭއިން މަޖުބޫރު ކޮށްފައިވާ ދަނޑިވަޅެއްގައި ސޯޝަލް ސެންޓަރުން ޕީސީއާރް ޓެސްޓް ކުރެވޭ ވަގުތު ދެ ގަޑިއިރަށް ކުޑަކޮށްފާ ވާތީ ގިނަ ބަޔަކަށް ދަތިވެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭޭއިން އިއްޔެ ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށްފަިއވާ އިރު، މިހާރު މާލެ ސަރަހއްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ކޮވިޑު ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox