ހަނާން، ވެލެންސިއާ އިން ލިބުނު ފުރުސަތުގެ ބޭނުންހިފަނީ

ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން ހަނާން ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން ހަނާން ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިވެހި ފުޓްބޯޅަ އަށް ހުނަރުވެރި ކުޅުންތެރިން ނެރެދިނުމުގެ ޒަމާންވީ ތާރީހެއް އޮތް ކްލަބް ވެލެންސިއާ އިން މި ސީޒަނުގައި ވެސް އާ ކުޅުންތެރިއަކު ވިދަން ފަށައިފި އެވެ. އެއީ އުމުރުން 23 އަހަރުގެ ހުސެއިން ހަނާން (ޖޯ) އެވެ. ވެލެންސިއާގެ ފުރަތަމަ އެގާރައިގައި ހިމެނިގެންނާއި ބަދަލެއްގެ ގޮތުގައި އަރައި ހަނާން އަންނަނީ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިއާ އިން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. މި މަހު 23 ވަނަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމާ ފިޔަވަޅަކާ ގާތުގައި ކްލަބް ވެލެންސިއާ އޮތްއިރު، ހަނާން އަންނަނީ ޕްރެޒިޑެންޓްސް ކަޕްގައި ލިބޭ ކޮންމެ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ބޭނުން ހިފަމުންނެވެ.

ހަނާން ވަނީ ފަސް މެޗުން ދެ ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިއަކާ ބަލާއިރު، މިއީ ފާހަގަކުރަން ޖެހޭ ކުޅުމެކެެވެ.

ޓީސީގެ ހަމްދޫން (ކ) ކައިރިން ވެލެންސިއާގެ ހަނާން (ވ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަނާން މީގެ ކުރިން ގަލޮޅު ދަނޑުގައި ކުޅެފައިވަނީ ކްލަބް އޭދަފުށީގެ 23 އަހަރުން ދަށުގެ ޓީމަށް، އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. ބ. ކުޑަރިކިލަށް އުފަން ހަނާން އަށް ވެލެންސިއާ އިން ފުރުސަތު ހޯދައިދިނީ އޭދަފުށީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އަދި މިހާރު ކޯޗިންގައި މަސައްކަތްކުރަމުން އަންނަ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

"ބައްޓޭ މި ފުރުސަތު ދިނީ، ވެލެންސިއާގައި ކުޅެން ވަރަށް ފަސޭހަ، އެންމެން ވެސް ވަރަށް ކިޔައިދޭ،" ވެލެންސިއާގައި ކުޅެލަން ލިބުނު ފުރުސަތާ ބެހޭ ގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ހަނާން ބުންޏެވެ. "ވެލެންސިއާ އިން މި ލިބުނު ފުރުސަތަކީ ކުރިއަށްދާން އެޅުނު ބިންގަލެއްގެ ގޮތުގައި ދެކެނީ،"

ހަނާން ބުނީ އޭނާގެ އުފަން ރަށް ކުޑަރިކިލަކީ މޮޅަށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ތިބި ރަށެއް ނަމަވެސް ވަޒީފާ ދޫކޮށްފައި މާލެ އައިސް ކުޅެން ހުރެވެން ގިނަ ކުދިންނަށް ނެތީ ކަމަށެވެ. އެކަމަކު، ވެލެންސިއާ އިން މި ލިބުނު ފުރުސަތުގެ ބޭނުންހިފައި ހަނާން ހުރީ ފަސްބެލުމެއް ނެތި ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ.

"ބޭނުންވަނީ މަސައްކަތް ކޮށްގެން ކުރިއަށް ދާން. ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅަ ކުޅެގެން ނަމެއް ހާސިލްކުރަން ބަލާއިރު ޓާގެޓް ކުރަން ޖެހޭނީ ގައުމީ ޓީމަށް. އެއީ މި ވަގުތަށް ވިސްނުމަކީ، މަސައްކަތް ކުރަނީ ވެސް އެކަމަށް،" ހަނާން ބުންޏެވެ.

ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި އިއްޔެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 4-1 އިން މޮޅުވިިއިރު، މި މެޗުގައި ހަނާން ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ވެލެންސިއާގެ ފަހު ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox