ރާއްޖޭގެ ބީޗްވޮލީ ޓީމަށް ދުނިޔޭގެ ފެންވަރު ކޯޗެއް

Jan 9, 2022, 6:17 AM
ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ގެނައި ކޯޗު ވިނީޝިއުސް (ވ) އާއި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ކ).

ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ގެނައި ކޯޗު ވިނީޝިއުސް (ވ) އާއި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ކ).

ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ގެނެސްފި އެވެ.

ވިނީޝިއުސް، 37، އިއްޔެ ރާއްޖެ އަތުވެފައިވާއިރު، އޭނާ އަކީ ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް މިހާތަނަށް އިރުޝާދުދޭނެ އެންމެ މަތީ ފެންވަރުގެ ކޯޗެވެ. ރާއްޖެ އަށް މަތީ ލެވަލްގެ ބީޗް ވޮލީބޯޅަ ކޯޗެއް ހަމަޖައްސައިދިނީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީންނެވެ. މިއީ ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ކަމެކެވެ.

ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި އެރޮބިކްސް އާއި ޖިއު ޖިޓްސޫ އުނގަނައިދިނުމުގައި ވެސް ވިނީޝިއުސް ބައިވެރިވެ އެވެ.

ކުޅުމުގެ ކެރިއަރަށް ބަލާއިރު، ވިނީޝިއުސް ވަނީ ބްރެޒިލްގެ ގިނަ ކްލަބްތަކަށް އިންޑޯ ވޮލީ ކުޅެފަ އެވެ. ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ޓީމުގައި ވިނީޝިއުސް ހިމެނެ އެވެ.

ކޯޗެއްގެ ގޮތުގައި ވިނީޝިއުސްގެ ތަޖުރިބާ އަށް ބަލާއިރު، އޭނާ ވަނީ އިންޑޯ ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ އަދާކޮށްފަ އެވެ. އޭނާ ވަނީ ބީޗް ވޮލީބޯޅަ ހެޑް ކޯޗެއްގެ ގޮތުގައި ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައި ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.

ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފަ އެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފަ އެވެ.

ވީއޭއެމް އިން ގެނައި ކޯޗު ވިނީޝިއުސް (މ) އާއި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސޫޒަން (ވ) އަދި ހަޒާންދާރު ރާމިޒް.

މި އަހަރަކީ ބީޗް ވޮލީބޯޅައިގައި ރާއްޖެ އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. އެެހެން ކަމުން ބްރެޒިލްގެ ކޯޗު ވިނީޝިއުސްއާ އެކީގައި ވީއޭއެމުން ތައްޔާރުވަމުން މި އަންނަނީ ބޮޑު މަސައްކަތަކަށެވެ.

ބީޗްވޮލީ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ މި އަހަރުގެ އޮކްޓޫބަރު 13-16 އަށެވެ. މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރާށެވެ. ބީޗް ވޮލީބޯޅައިގައި ކުރިއަށްދަނީ ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16 އެވެ. މީގެ ތެރެއިން ރާއްޖޭގައި ބާއްވާނީ ޗެލެންޖާސްގެ ބަޔެެވެ. އެ ބައި ކުރިއަށް ގެންދާއިރު، ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ވީއޭއެމުން އޭރު "އަދަދު" އަށް މައުލޫމާތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox