ތިން އަހަރަށް ފަހު ސައުދީ އަރަބިއްޔާގެ އަމީރާ މިނިވަންކޮށްފި

ސައުދީ އަރަބިއްޔާގެ އަމީރާ ބަސްމާ ބިންތި ސައުދު.-- ފޮޓޯ: ގެޓީ އިމޭޖަޒްސ

ސައުދީ އަރަބިއްޔާގެ އަމީރާ ބަސްމާ ބިންތި ސައުދު.-- ފޮޓޯ: ގެޓީ އިމޭޖަޒްސ

ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 8) - ސައުދީ އަރަބިއްޔާގައި ބަންދުކޮށްފައި ހުންނެވި އަމީރާ ބަސްމާ ބިންތި ސައުދު އާއި އެކަމަނާގެ ދަރިކަނބަލުން ތިން އަހަރަށް ފަހު މިނިވަންކޮށްފި އެވެ.

ޝާހީ އާއިލާ އަށް ނިސްބަތްވާ ދެ މެމްބަރުން ވެރިރަށް ރިޔާދްގައި ބަންދުކޮށްފައި ތިއްބެވި ސަބަބު ހާމައެއް ނުކުރެ އެވެ. އުމުރުން 57 އަހަރުގެ ބަސްމާ އަކީ އަންހެނުންގެ ހައްގުތަކަށް ގޮވާލާ އެކްޓިވިސްޓެކެވެ.

ބަސްމާ ހައްޔަރު ކުރެއްވީ މާޗް 2019 ވަނަ އަހަރު އެވެ. ސިއްހީ ފަރުވާ އަށް އެކަމަނާ ދޫކޮށްލަން އެދި އޭޕްރިލް 2020 ވަނަ އަހަރު ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަށް ހުށަހަޅާފައި ވެ އެވެ.

"ބަސްމާ ބިންތި ސައުދު އަލް ސައުދު އާއި އެކަމަނާގެ ދަރިކަނބަލުން ސުހޫދު ވަނީ މިނިވަން ކުރައްވާފައި،" އޭއެލްކިއުއެސްޓީ ފޯ ހިޔުމަން ރައިޓްސް ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.

"އެކަމަނާގެ ފުރާނަ އަށް ނުރައްކާވާ ސިއްހީ މައްސަލަ އަށް ފަރުވާ ކުރުމުހެ ހައްގު ފޯރުކޮށްދީފައެއް ނުވޭ. ބަންދުގައި ހުންނެވި މުއްދަތުގައި އެއްވެސް ދައުވާ އެއް ވެސް އުފުލާފައެއް ނުވޭ."

ބަސްމާ އާއި ދަރިކަނބަލުން މިނިވަން ކުރެއްވުމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާ އިން ވަކި އެއްޗެއް ނުބުނެ އެވެ.

އާއިލާގެ ގާތް ބޭފުޅަކު ބުނި ގޮތުގައި ބަސްމާ ހައްޔަރު ކުރެއްވީ ސިއްހީ ފަރުވާ އަށް ސްވިޓްޒަލޭންޑަށް ފުރާވަޑައިގަންނަވަން ތައްޔާރުވަމުން ދަނިކޮށެވެ.

އެކަމަނާ އަށް ކުރިމަތިވެފައިވާ އާލާސްކަންފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރަސްކަން ހިންގެވުމުގެ ކަންކަމާ ވަލީއަހުދު މުހައްމަދު ޖޫން 2017 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ގެންދަވަނީ ގިނަ އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ.

އެގޮތުން އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން އުވާލައި، އަންހެނުންގެ "ބެލެނިވެރި" ފަރާތަކީ ފިރިހެނުން ކަމަށް ކަނޑައަޅާފައި އޮތް އޮތުން އުވާލާފައި ވެ އެވެ.

ނަމަވެސް އިދިކޮޅު ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ސައުދީ އަރަބިއްޔާގައި ވަނީ އިތުރުވެފަ އެވެ. އެގޮތުން ސިޔާސީ މީހުންނާއި، ދީނީ އިލްމުވެރިންނާއި، އެކްޓިވިސްޓުންނާއި ޝާހީ އާއިލާގެ މެމްބަރުންނަށް ވެސް ފިޔަވަޅުތައް އަމާޒުވެފައި ވެ އެވެ.

ބަސްމާ ބަންދުގައި ހުންނެވީ އަލް ހައިރް ޖަލުގަ އެވެ. އެ ޖަލުގައި ގިނަ އަދަދެއްގެ ސިޔާސީ ގައިދީން ބަންދުކޮށްފައި މިހާރު ވެސް އެބަ ތިއްބެވެ.

އެކަމަނާގެ އާއިލާ އިން އދ. އަށް ލިޔުމުން ފޮނުވި ބަޔާނެއްގައި ބުނީ ހައްޔަރު ކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަދެއްކެވުން ކަމަށެވެ.

އޭގެ އިތުރުން ވަލީއަހުދު މުހައްމަދުގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ބިން ނާޔިފްއާ ގާތް ގުޅުމެއް އޮންނެވުމަކީ ވެސް ހައްޔަރު ކުރި ސަބަބެއް ކަމަށް ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox