ވިމެންސް އިންވިޓޭޝަން ކަޕް: އެޕެކްސް ބަލިކޮށް ޑޮޓްކޮމް އިން ޗެމްޕިއަންކަން ހޯދައިފި

Jan 8, 2022, 1:49 PM
ޑޮޓްކޮމްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޑޮޓްކޮމްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އެޕެކްސް ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޑޮޓްކޮމް ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ވެސް ބާއްވަން ނިންމައިފަ އެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެ އެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ. ޅ. އަތޮޅުގައި ބޭއްވި އިންވިޓޭޝަން ކަޕް ކާމިޔާބުކޮށް، ފައިނަލް ބުރުގެ ފުރަތަމަ ޖާގަ ހޯދީ ޑޮޓްކޮމް އިންނެވެ.

ޅ. އަތޮޅުގެ މުބާރާތުގެ ލީގު ބުރުގައި އެޕެކްސް އިން ވަނީ ޑޮޓްކޮމްގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.

ނައިފަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗަށް ނުކުމެ، އެޕެކްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލު ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، އެ ޓީމުން ގޯލު ޖަހަން ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ.

ޑޮޓްކޮމް އިން މިއަދުގެ މެޗުން މޮޅުވީ މެޗުގެ ފަހު މިނިޓްގައި ގޯލު ޖަހައިގެންނެވެ. ކޯނަރަކުން ޝަހުލާ ތައުފީގު ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޕެކްސްގެ ފާތިމަތު މިއުޝާ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

ލީގު ބުރުގެ ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ޑޮޓްކޮމް އިން މުޅި މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ ލީގު ބުރުގައި އެޕެކްސް އަތުން އެކަންޏެވެ. އޭގެ ބަދަލުހިފައި ފައިނަލުން ޑޮޓްކޮމް މޮޅުވީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޮޓްކޮމް އަށް ކުޅޭ ގައުމީ ޓީމުގެ ޝަހުލާ އެވެ. އެންމެ ގިނަ ގޯލު ޖެހީ އެޕެކްސްގެ މިއުޝާ އެވެ. މިއުޝާ ވަނީ މުބާރާތުގައި ޖުމްލަ އެއްކޮށް 11 ގޯލު ޖަހައިފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކުރެންދޫ އެފްސީ އެވެ. ކުރެންދޫ އަށް ފައިނަލުގެ ޖާގައެއް ކެޓީ ލަނޑުގެ ތަފާތުންނެވެ.

ނައިފަރުގައި ކުރިއަށް މިދިޔަ އިންވިޓޭޝަން ކަޕް އެންމެ ފުރަތަމަ ރޭވީ ހިންނަވަރު ވެސް ލައިގެންނެވެ. އެކަމަކު، ފަހު ވަގުތު ހިންނަވަރުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެ ޓީމަށް ޖެހުނީ މުބާރާތުން ވަކިވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox