ސަސް ބަލިކޮށް ވެލެންސިއާ ފައިނަލާ ގާތަށް

Jan 8, 2022, 12:58 PM
ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 4-1 އިން ބަލިކޮށް، ކްލަބް ވެލެންސިއާ އިން މުބާރާތުގެ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ފައިނަލުގެ ޖާގަ ހޯދަން ވެލެންސިއާ އިން ބާކީ ދެ މެޗުން ބޭނުންވަނީ ދެ ޕޮއިންޓެކެވެ. އެކަމަކު، ވެލެންސިއާ އަށް އެ ޕޮއިންޓް ނުލިބި ވެސް އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ފައިނަލުގެ ޖާގަ ލިބިދާނެ އެވެ. ވެލެންސިއާ އަށް ބާކީ އޮތީ އީގަލްސް އާއި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު ބުރެއް ކުޅެގެން އެންމެ ކުރިން ނިންމާ ދެ ޓީމަކަށެވެ. ވެލެންސިއާ މިއަދުގެ މޮޅާ އެކު ފަސް މެޗު ވެސް ކާމިޔާބުކޮށް އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އަށް ވުރެ އެއް މެޗު މަދުން ކުޅެ، ހަތަރު މެޗުން 12 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ މާޒިޔާ އެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ސަސް އިން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ރިހާމް އަބްދުލް ގަނީ (ބޮބީ) ފުރަަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަނެއްކޮޅުން ވެލެންސިއާ އިން އެންމެ ފަހުން މެޗުތަކުގައި ބަދަލެއްގެ ގޮތުގައި ބޭނުންކުރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ފުރަަތަމަ އެގާރައިގައި ފަށައިފަ އެވެ.

މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ހުސްކޮށް ލިބުނު ބޯޅައެއް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި، ފުުރުސަތު ގެއްލުނެވެ. އޭގެ ފަހުން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އަތުގައި ބޯޅަ ޖެހުމުން ވެލެންސިއާ އިން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ސިނާން ހުސެއިން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ލީޑުނަގަން މެޗުގެ 19 ވަަނަ މިނިޓްގައި ސަސް އަށް ޕެނަލްޓީއެއް ލިބުނެވެ. ސަސްގެ އައިހަމް އަހުމަދު ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މިއީ ބޮބީ އަށް އޭރިއާތެރެއިން ވެލެންސިއާގެ ހަލީލް ޖަމާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސަސް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެލެންސިއާ އިންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާތެެރެއިން ސެންޓޭ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ސަސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގަން އެ ޓީމުގެ ފޯވާޑް އިބްރާހިމް އަތީގް (އިއްބެ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިއްބެ، މުޅިން ހުސްކޮށް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ވެސް ހުއްޓުވީ ރަނގަޅު ފޯމެއްގައި ހުރި ކީޕަރު ފައިސަލް އެވެ. ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި ވެލެންސިއާގެ ބިޗަޑް އޭރިއާބޭރުން ޖެހި ބޯޅަ ސަސްގެ ގޯލުގައި ހުރި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ހަ މިނިޓް ތެރޭ ލީޑުނަގައިފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ސަސްގެ އަހުމަދު ހަމީދު (އައްމަޑޭ) އަތުން ބޯޅަ ހޯދުމަށް ފަހު ސެންޓޭ ޖައްސާލީ އެ ޓީމުގެ ބިޗަޑް އަށެވެ. އޭރިއާތެެރެއިން ބިޗަޑް ހުސްކޮށްލާފައި ދިނީ ބޯހަސް އަށެވެ. ބޯހަސް ވަނީ ކީޕަރު ޝަފީއު ކައިރިން ނެއްޓޭ ވަރަށް ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ވެލެންސިއާ އަށް ލީޑު ހިފަހައްޓައިލެވުނީ އަށް މިނިޓް ވަންދެނެވެ. ސަސް އަށް ލިބުނު ޕެނަލްޓީ އަކުން ބެންޖޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ ވެލެންސިއާގެ އޭރިއާތެެރެއިން އެ ޓީމުގެ ހުސެއިން ފައިސަލް (ފައިޓޯ). ސަސްގެ ބޮބީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ފަހަރަށް ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގައި އަސްހަދު އަލީ (އަޑޭ) ޖެހި ގޯލުންނެވެ. ބިޗަޑް ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އެއް ފަހަރުން ފޮނުވާލުމުން ކީޕަރު ޝަފީއު އަތުގައި ޖެހިފައި ނުކުތް ވަގުތު އަޑޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު ޝަފީއު އަތުގައި ޖެހިފަ އެވެ.

މެޗުގެ 90 ވަނަ މިނިޓްގައި ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އީސަ (މެސީ) އެވެ. އީސަ އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހުސެއިން ހަނާން ވެސް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ. ހަނާން އޭރިއާތެރެއިން ހުސްކޮށްލާފައި އީސަ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވެލެންސިއާގެ ހަތަރު ވަނަ ގޯލު ޖެހީ ސެންޓޭ އެވެ. މި ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ހަނާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސެންޓޭ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox