ޓާގެޓްތަކަކާ އެކު ގްރީސްގެ ކޯޗު އަލުން ރާއްޖޭގެ ޓީޓީ ޓީމަށް

Jan 7, 2022, 10:53 AM
ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ): އޭނާ ވަނީ އަލުން ޓީޓީ ޓީމާ ހަވާލުވެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ): އޭނާ ވަނީ އަލުން ޓީޓީ ޓީމާ ހަވާލުވެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) އަލުން ގައުމީ ޓީޓީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ)، "އަދަދު" އަށް ވިދާޅުވީ ކޯޗު ކޮސްޓޯ، މިއަދު ރާއްޖެ އަތުވެފައިވާ ކަމަށާއި މާދަމާ އިން ފެށިގެން ޓީޓީ ޓީމުގެ ޕްރެކްޓިސްތައް ފަށަން ނިންމާފައިވާ ކަމަށެވެ.

"ކޯޗަށް އޮތް ޓާގެޓަކީ މި އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ މުބާރާތާއި ކެޑޭޓް ޗެމްޕިއަންޝިޕްގެ އިތުރުން ރާއްޖޭން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ގައުމީ ޓީމު ރަނގަޅަށް ތައްޔާރުކުރުން. މިއަދު އައިސް މާދަމާ އިން ފެށިގެން ކޯޗުގެ ޓްރެއިނިންތައް ފަށާ ގޮތަށް ރޭވިފައި އޮތީ،" އައްޔަ ވިދާޅުވި އެވެ.

ކޯޗު ކޮސްޓޯ، ގައުމީ ޓީޓީ ޓީމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، އޭނާ ވަކި މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު ދާން ޖެހުނީ އެވެ. އަލުން، ކޮސްޓޯ ގެނައިކަން އިއުލާނުކުރުމަށް ފަހު ޓީޓީ އެސޯސިއޭޝަނުން ވަނީ އަލުން ކޯޗު ގެންނަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކޮށްފަ އެވެ.

ޓީޓީއޭއެމް އާއި ކޯޗު ކޮސްޓޯ ގުޅިގެން ވަނީ ގްރީސްގެ ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސްގެ ސެޝަނެއް ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއަށް ގެންގޮސްފަ އެވެ. ޓޯކިޔޯ އޮލިމްޕިކްސް ނިންމާލުމަށް ފަހު ޖިއޯނިސް ރާއްޖެ އަށް ކުރި ދަތުރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާ އެކު ސެޝަނެއް ގެންދިޔައީ ހުޅުމާލޭ ޓީޓީ ހޯލުގަ އެވެ.

ކޯޗު ކޮސްޓޯ ހުރެގެން، މި އަހަރަކީ ރާއްޖޭގެ ޓީޓީ އަށް އިތުރު ކާމިޔާބީތަކެއް ހޯދިދާނެ އަހަރެކެވެ.

މި އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ސްރީ ލަންކާގަ އެވެ. އެކަމަކު، ލަންކާ އިން މިހާރު ނިންމާފައިވަނީ އެ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދިނުމަށެވެ.

މިހާރު އޮތްގޮތުން ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ހޯސްޓްކުރާނެ ތާރީހަކަށް ކަނޑައަޅާފައިވަނީ މާޗް މަހުގެ 20 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަމާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެެއިން ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުމުގެ ވާހަކަ ވެސް އަންނަނީ ދެކެވެމުންނެވެ. ބޭރު ގައުމުތަކުގެ ކުޅުންތެރިންނަށް ދައުވަތުދީގެން ބާއްވާ އެ މުބާރާތް ބޭއްވޭތޯ މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހުގަ އެވެ. މީގެ އިތުރުން ވެސް ގައުމީ ޓީޓީ ޓީމުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި މި އަހަރު ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox