ގަވާއިދާ ހިލާފުވެގެން ހަތް ރިސޯޓެއްގެ މަނީ ޗޭންޖާ ހުއްދަ ހިފަހައްޓައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް އަމަލުކުރުން ލާޒިމުކުރާ ގަވާއިދުތަކާ ހިލާފުވެގެން ހަތް ރިސޯޓެއް ހިމެނޭ ގޮތަށް 16 ވިޔަފާރިއަކަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފި އެވެ.

މަނީ ޗޭންޖާ ހުއްދަ ބާތިލުކުރި ރިސޯޓުތަކުގެ ތެރޭގައި މަތީފަންތީގެ ސޮނޭވާ ބްރޭންޑުގެ "ސޮނޭވާ ފުށި" އަދި "ޖާނީ" އާއި ފިޔަވަޅު އަދި ރެޑިސަން ބްލޫ ރިސޯޓު ހިމެނެ އެވެ. ހުއްދަ ބާތިލުކުރި އެހެނިހެން ވިޔަފާރިތަކުގެ ތެރޭގައި ހިމެނެީ ފިހާރައަކާއި ކެފޭއަކާއި ކުންފުނިތަކެކެވެ.

މި ހުއްދަތަށް ބާތިލުކުރި ސަބަބާ ގުޅިގެން ސުވާލުކުރުމުން އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ، އެ ހުރިހާ ތަނެއްގެ ހުއްދަ ބާތިލުކުރީ ގަވާއިދާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށެވެ. އަދި، ވިދާޅުވީ އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހުކުރުމުން އަލުން ހުއްދަ ދޫކުރާނެ ކަމަށެވެ.

Advertisement

އެމްއެމްއޭގެ "މަނީ ޗޭންޖާ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގޮތުގެ ގަވާއިދު" ބުނާ ގޮތުން، އެ ހުއްދަ ބާތިލުކުރެވޭނެ އޮންނަނީ އެންމެ ހާލަތެކެވެ. އެއީ، އެ އުސޫލުގެ އަށް ވަނަ މާއްދާގައި ބުނާ ކޮންމެ މީލާދީ މަހެއްގެ ގަނެ ވިއްކި ފައިސާގެ ހިސާބުތައް ބަޔާންކުރާ ރިޕޯޓު ހުށަނާޅާ ނަމަ އެވެ.

މި ރިޕޯޓަކީ ކޮންމެ މީލާދީ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ. މި ރިޕޯޓު ހުށަނާޅާ ޖެހިޖެހިގެން ތިން މަސް ވެއްޖެ ފަރާތެއްގެ މަނީ ޗޭންޖާ ލައިސެންސް ބާތިލުކުރުމުގެ އިހުތިޔާރު އެ އިދާރާއަށް ލިބެ އެވެ.

މިތަންތަނުގެ ލައިސެންސް ހިފެހެއްޓުމުން މިހާރު ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮންނަނީ 279 ފަރާތަކަށެވެ. އޭގެ ތެރެއިން 90 ޕަސެންޓާ ގާތްކުރާ އަދަދަކަށް ހުއްދަތައް ދީފައި ހުރީ ރިސޯޓުތަކަށާއި އެހެނިހެން ޓޫރިޒަމް ވިޔަފާރިތަކަށެވެ.

މިހާ ގިނަ އަދަދަކަށް މަނީ ޗޭންޖާ ހުއްދަތައް ދޫކޮށްފައި ހުރި ނަމަވެސް، އާންމުކޮށް ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކަނީ މަދު ވިޔަފާރިތަކަކުންނެވެ.

މަނީ ޗޭންޖާ ހުއްދަތައް ދޫކޮށްފައިވާ ވިޔަފާރިތައް ގިނަ ކަމަށް ދެކިގެން، އެމްއެމްއޭ އިން ވެސް ވަނީ އޮކްޓޫބަރު 2020 އިން ފެށިގެން އިތުރު ފަރާތްތަކަށް މަނީ ޗޭންޖާ ހުއްދަ ދިނުން ހުއްޓާލާފަ އެވެ.

އޭގެ އިތުރުން އެމްއެމްއޭ އިން އަންނަނީ މަނީ ޗޭންޖާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިހާރު އަމަލުކުރަމުންދާ މަނީ ޗޭންޖާ ގަވާއިދަކީ 1987 ވަނަ އަހަރު އެކުލަވާލާ އަމަލުކުރަން ފެށި ގަވާއިދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox