"ވެއްޓުމުން ތެދުވެ" ނަޝީދު ދުވެލި ބާރުކުރައްވަނީ

Jan 5, 2022, 1:14 PM
2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ބޭއްވި ކުޅިވަރު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންވަނީ. --ފޮޓޯ: ރާއްޖެ އެމްވީ

2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ބޭއްވި ކުޅިވަރު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންވަނީ. --ފޮޓޯ: ރާއްޖެ އެމްވީ

ކިތަންމެ ބުރަކޮށް އުޅުއްވިޔަސް ރައީސް މުހައްމަދު ނަޝީދު ދޫކޮށްނުލައްވާ އެއް ކަމެއް އޮވެ އެވެ؛ ކަސްރަތު ކުރެއްވުމެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ އެންމެ ބުރަ ދުވަސްވަރު ވެސް ގަވާއިދުން ދުވަން ނުކުމެވަޑައިގަންނަވަ އެވެ. އެއީ، ކުޅިވަރުގެ އާއިލާއަކަށް އުފަން ނަޝީދު 1980 ގެ އަހަރުތަކުގައި އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުއްވި އިރު ހަރުލައްވާފައިވާ އާދަ އެކެވެ.

ނަޝީދު އަވަހާރަކޮށްލުމުގެ މަގުސަދުގައި މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާގެ ކުރިއާ ހަމަޔަށް ވެސް އެމަނިކުފާނު ގަވާއިދުން ފަތިހު މާލެ ވަށައި ދުވެ އެވެ. އޭރު އެމަނިކުފާނު މާލެ ވަށައި ބުރެއް ނުވަތަ ފަސް ކިލޯމީޓަރު ޖައްސަވަނީ 26 މިނެޓުންނެވެ.

އެކަމަކު ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކާއި ގުޅިގެންނާއި ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮންނަވަން ޖެހިވަޑައިގަތުމުން ކަސްރަތާ ދުރުވާން ޖެހި ފިޓްނަސް ދަށްވި އެވެ. އެ ހިސާބުން އެމަނިކުފާނު އަމިއްލަފުޅަށް އަމާޒެއް ކަނޑައެޅުއްވި އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުވާ ހޯއްދަވަން ޖަރުމަނު ހޮސްޕިޓަލުގައި އޮވެ އަމިއްލަ ނަފުސަށްވީ ވައުދަކީ އަނެއްކާ ވެސް 30 މިނެޓަށް ވުރެ ދަށުން ފަސް ކިލޯ މީޓަރު ދުވުން ކަމަށެވެ.

މިއަދު ހެނދުނު އެމަނިކުފާނު ވަނީ ފަސް ކިލޯމީޓަރު 34 މިނެޓުން ދުވެފަ އެވެ. އެ ދުވުމުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި ޓްވީޓުގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ މިކަން ވާނެ" ކަމަށެވެ.

ހަމަލާގެ ކުރިން ނަޝީދު ހުންނެވި ފިޓްނަސް އަށް ވާސިލްވުމަށް އަދި އަށް މިނެޓު އަވަސްކުރައްވަން ޖެހޭނެ އެވެ.

"ތިޔަކަން އިރާދަކުރެއްވިއްޔާ އިސާހިތަކު ވާނެ،" ގަވާއިދުން ދުވާ ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ޓްވީޓަކުން ނަޝީދަށް ހިތްވަރު ދެއްވި އެވެ.

މިއަދު އެމަނިކުފާނު ދުވީ، ބެލެވޭ ގޮތުގައި ދުވާމެޝިނުގަ އެވެ. އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކަމުން މަގުމަތީގައި ދުވެލެވޭވަރު ވާނެ ކަމަށް ނުބެލެވެ އެވެ.

"ފަތިސް ނަމާދުން ފައިބައިގެން މާލެ ވަށައި ރ.ނ ދުވެވަޑައިގަންނާ މަންޒަރު މިހާރު ނުފެންނާތީ ވަރަށް ދެރަވޭ. އުއްމީދު ކުރަން އަދި ރ.ނ ފަތިހު ޖެއްސެވި ބުރުތައް އަލުން ފަށްޓަވާނެކަމަށް،" ފަތިހު ދުވަން ނުކުންނަ އަމީން ފައިސަލް ޓްވީޓްކުރި އެވެ.

ފަސް ކިލޯމީޓަރުގެ ރާސްތާއެއް 30 މިނެޓުން ކަޑައްތުކުރެވޭ ނަމަ، އެ މީހަކީ ފިޓް މީހެއްގެ ގޮތުގައި ބެލެވޭނެ އެވެ. އެހެންވެ ކަސްރަތަށް ދުވާ ގިނަ މީހުންގެ އެންމެ އާއްމު އަމާޒަކީ އެއީ އެވެ. އުމުރުފުޅުން 54 އަހަރުގެ ނަޝީދު، ހަމަލާގެ ކުރިން 26 މިނެޓުން ފަސް ކިލޯމީޓަރު ކަޑައްތުކުރައްވާފައިވާތީވެ އެމަނިކުފާނު ބެލެވެނީ އުމުރާ ބަލާއިރު ވަރަށް ފިޓް ބޭފުޅެއްގެ ގޮތުގަ އެވެ. ދެން އޮތީ އަނެއްކާ ވެސް އެ އަމާޒަށް ވާސިލްވުމެވެ.

"އުއްމީދު ކަނޑާނުލައި އަމިއްލަ ނަފުސަށް އިތުބާރު ކުރައްވާ. އިންޝާﷲ،" އެހެން މީހަކު ވެސް ހިތްވަރު ދިނެވެ.

ނަޝީދަކީ ވަރަށް ހީވާގި ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ވެސް ބުނެ އެވެ. ހާއްސަކޮށް ކެމްޕެއިންތަކުގައި އެމަނިކުފާނަކީ ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށް ނޫސްވެރިން ބުނެ އެވެ. ފުރާނަ ނުރައްކަލަށް ވެއްޓުނު ހަމަލާއަށް ފަހު އަލުން ކުރީގެ ދިރިއުޅުމަށް ފަސޭހައިން ވާސިލްވީ އެމަނިކުފާނުގެ ކަށީގައި ހުންނަ އެ މުރާލިކަމުގެ ސަބަބުން ކަމަށް އަރިސް ބޭފުޅުން ވިދާޅުވެ އެވެ.

"ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވެ ދުއްވައިގަންނާނެ ރައީސް،" އެމަނިކުފާނުގެ ސިޔާސީ ބުނުމަކުން އެމްޑީޕީގެ ހަރަކާތްތެރިޔަކު އެކަން ސާބިތުކޮށްދޭން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox