ވެކްސިން މައުލޫމާތު ނުދީ ހާއްސަ ހުއްދައަކާ އެކު ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން އަށް

Jan 5, 2022, 4:40 AM
ވެކްސިން މައުލޫމާތު ނުދީ ހާއްސަ ހުއްދައަކާ އެކު ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން އަށް

ބެލްގްރޭޑް، ސާބިއާ (ޖެނުއަރީ 5) - ހާއްސަ މެޑިކަލް ހުއްދައަކާ އެކު ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗަށް މި މަހު ފަހު ކޮޅު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި އުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅަން ޖެހޭނެ އެވެ. ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ.

އެ އުސޫލުގެ ތެރެއިން އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވާން 26 ކުޅުންތެރިއަކު ލިޔެކިޔުން ހުށަހަޅާފައިވާއިރު، މިހާތަނަށް އެ ފުރުސަތު ދިނީ ޖޮކޮވިޗް ހިމެނޭ ގޮތަށް މަދު ކުޅުންތެރިއަކަށެވެ.

އޮސްޓްރޭލިއަން އޯޕަންގެ ޗީފް، ކްރެއިގް ޓައިލީ ވިދާޅުވީ ޖޮކޮވިޗް ބައިވެރިކުރަން ވަކިން ހާއްސަކަމެއް ނުކުރާ ކަމަށާއި ހުރިހާ ކަމެއް ދަނީ އުސޫލުގެ ތެރެއިންކަން ކަށަވަރު ކުރާނެ ކަަމަށެވެ.

"ޖޮކޮވިޗް ވެގެން ވަކި ހާއްސަ ގޮތަކަށް އަހަރެމެން ކަންތައް ކޮށްދީފައެއް ނޯންނާނެ. އެއް އުސޫލެއް ކޮންމެ ޓެނިސް ކުޅުންތެރިއަކަށް ވެސް އޮންނާނީ. އޭގެ ބޭރުން އެއްވެސް ކަމެއް ނުކުރާނަން،" ޓައިލީ ވިދާޅުވި އެވެ.

ޓައިލީ ވިދާޅުވީ ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ކުޅުންތެރިން ވެސް އޮސްޓްރޭލިއަން އޯޕަންގައި ކުޅޭނެ ކަމަށެވެ. އެކަމަކު، އޭގެ ތެރޭގައި ޖޮކޮވިޗް ހިމެނޭތޯ ސުވާލުކުރުމުން ޓައިލީ ބުނީ ވަކިވަކި ކުޅުންތެރިންގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ އުސޫލުގެ ތެރެއިން ނުކުރެވޭނެ ކަމެއް ކަމަށެވެ.

ދާދި ފަހުން ކޮވިޑަށް ވެސް ޕޮޒިޓިވްވި އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ހާއްސަ މުބާރާތަކަށް ހެދިދާނެ އެވެ. އޮސްޓްރޭލިއަން އޯޕަން ތަށި ހޯދައިފިނަމަ ޖޮކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބު ކުރުުމުގެ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.

މެލްބަން ޕާކުގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން އޮތީ މި މަހު 17-30 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox