ރަޝިއާ އާއި އެމެރިކާގެ ނިޔުކްލިއާ ހަތިޔާރު މަދުކުރަން ޗައިނާއިން ގޮވާލައިފި

ޗައިނާ އިން ބުނީ އެ ގައުމުގެ ނިޔުކްލިއާ ހަތިޔާރުތައް ޒަމާނީ ކުރަމުން ދާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ

ޗައިނާ އިން ބުނީ އެ ގައުމުގެ ނިޔުކްލިއާ ހަތިޔާރުތައް ޒަމާނީ ކުރަމުން ދާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޖެނުއަރީ 4) - ނިޔުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވަން އެއްބަސްވެ ގައުމުތަކުން ބަޔާނެއް ނެރުމާ އެކު، އެމެރިކާ އާއި ރަޝިއާގެ ހަތިޔާރުތައް މަދު ކުރަން ޗައިނާ އިން ގޮވާލައިފި އެވެ.

އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެޓޮމިކް ހަތިޔާރު ނެތް ދުނިޔެއެއް ބިނާކޮށް، ނިޔުކްލިއާ ހަމަނުޖެހުމަކާ ދުރަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ.

އެޓޮމިކް ހަތިޔާރުތައް އެއްކޮށް ނައްތާލުމުގެ މަސައްކަތް މުސްތަގްބަލުގައި ކުރަން ވައުދުވާ ކަމަށް ވެސް ފަސް ގައުމުން ބުންޏެވެ. ދުނިޔޭގައި މިހާތަނަށް އެޓޮމިކް ހަތިޔާރު ބޭނުން ކުރީ އެންމެ ފަހަރަކު އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު އެމެރިކާ އިން ޖަޕާނަށް ބޮން އެޅުމަށެވެ.

ނިޔުކްލިއާ ހަތިޔާރާ ދުރަށް ދާން ގައުމުތަކުން ވައުދުވި ނަމަވެސް އެކަން އަމަލުން ދެއްކުމަކީ އުނދަގޫ ކަމެއް ކަމަށް އެނެލިސްޓުން ބުނެ އެވެ. އެގޮތުން ޗައިނާ އިން ނިޔުކްލިއާ ހަތިޔާރު ފުޅާ ކުރާ ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ.

ނިޔުކްލިއާ ހަތިޔާރު ފުޅާ ކުރުމުގެ ސިޔާސަތު ދިފާއުކޮށް ޗައިނާ އިން އަންގާރަ ދުވަހު ބުނީ އެންމެ ފުރަތަމަ އަމަލުން މިސާލު ދައްކަން ޖެހޭނީ އެމެރިކާ އާއި ރަޝިއާ ކަމަށެވެ. މި ވަގުތު އެންމެ ގިނަ ނިޔުކްލިއާ ހަތިޔާރު ހުރީ އެ ދެ ގައުމުގަ އެވެ.

"ދުނިޔޭގައި މި ވަގުތު ހުރި ނިޔުކްލިއާ ހަތިޔާރުގެ 90 ޕަސެންޓު ނިސްބަތް ވަނީ އެމެރިކާ އާއި ރަޝިއާ އަށް،" ޗައިނާ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ނިޔުކްލިއާ ހަތިޔާރު ގެންގުޅެނީ އެ ގައުމުގެ ސަލާމަތަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށާއި، ނިޔުކްލިއާ ހަތިޔާރު ބޭނުން ނުކުރުމުގެ ސިޔާސަތެއް އޮންނަ ކަމަށެވެ. ނަމަވެސް ޗައިނާ އިން ދާނީ ނިޔުކްލިއާ ހަތިޔާރު ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox