ގްރާންޑޭ އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ އެއް ވަނަ އަށް

Jan 3, 2022, 5:49 PM
ލަނޑު ޖެހުމަށް ފަހު ހަމްޕު (ކ) އާއި އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ހަމްޕު (ކ) އާއި އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 6-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ސީޒަނުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑް މެޗު ހިމެނޭ ގޮތަށް ސީޒަނުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއް ވަނައިގައި މާޒިޔާ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. މާދަމާ ހަވީރު ޓީސީ އަތުން މޮޅުވެގެން ވެލެންސިއާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅޭނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެކެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުގައި ބަދަލުކުރަން ޖެހުނު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ނުލަ އެވެ. އެކަމަކު، ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު، ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ފުރަތަމަ އެގާރައިގައި ފެށުމެވެ.

މާޒިޔާގެ ފޯވާޑް ކޯނޭ (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ މިނިޓުން ފަށައިގެން މާޒިޔާ އިން ދިޔައީ ދަ ގްރާންޑޭ ހާފުގެ ތެރޭގައި ބޯޅަ ހިފަަހައްޓައިގެން ކުޅެމުންނެވެ. އެ ގޮތުން މެޗުގެ ދެ ވަނަ މިނިޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވޭޓް (ކޯނޭ) ނެގި ބޯޅަ ދަ ގްރާންޑޭގެ ސާބިއާ ޑިފެންޑަރު މާކޯ އިވަނޮވިޗް ވަނީ ސަލާމަތްކޮށްފަ އެވެ.

ދަ ގްރާންޑޭ އިން ފުރަތަމަ ހާފުގައި ފަހަތަށް ފައިބައިގެން ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެމުން ދިޔައިރު، ދެ ފުރުސަތެއް ލިބުނެވެ. އޭގެ ތެެެރެއިން އެއް ބޯޅަ ހުއްޓުވީ މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ޓެކަލް ކޮށްގެންނެވެ.

މާޒިޔާ ލީޑުނެގީ މެޗުގެ ނުވަ މިނިޓްގަ އެވެ. އޭރިއާބޭރުން ކޯނޭ ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަނީ ދަ ގްރާންޑޭގެ ކީިޕަރު އިސްމާއިލް ޝިހާމް އަތުގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާގެ އަހުމަދު އަބްދުﷲ (ލިލީ) ބޮލުން ޖެހި ބޯޅަ ކީޕަރު ޝިހާމް ވަނީ މަތަކޮށްފަ އެވެ. އަދި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ 18 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ މުސްރިފު މޫސާ އަރިމަތިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން ހުރަސްކޮށްލި ބޯޅަ މާޒިޔާގެ ޑިފެންޑަރު ލިލީ ވަނީ ސަލާމަތްކޮށްފަ އެވެ.

މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 21 ވަނަ މިނިޓްގައި ކޯނޭ ޖެހި ބާރު ބޯޅަ ކީޕަރު ޝިހާމް މަތަކުރިއިރު، އޭގެ ތިން މިނިޓް ފަހުން ހަމްޕު ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ހަމްޕު އަތުން ބޯޅަ ކޮންޓްރޯލް ކުރި ކަމަށް ނިންމައިފަ އެވެ.

ދަ ގްރާންޑޭގެ އިވަނޮވިޗް (ކ) ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ހާފުގައި މާޒިޔާގެ ޑިފެންޑަރުން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ހައި ޕްރެސިން ގޭމްގެ ފައިދާނަގައި ދަ ގްރާންޑޭ އިން ވަނީ ގޯލެއް ޖެހޭތޯ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ދަ ގްރާންޑޭގެ އެންމެ ކުރިއަށް ކުޅޭ އިސްމާއިލް ނަޒީހަށް ހުސްކޮށް ލިބުނު ބޯޅައެއްގައި އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭގޮތްނުވީ ރަނގަޅު ވަގުތުގައި މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމްޝޮން ކުރިއަށް އަރައި ބޯޅަ މަތަކުރުމުންނެވެ.

މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ހުސެއިން ނިހާން (ނިހާޓް) ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ އޭރިއާތެރެއިން ހަމްޕު އެވެ. ކީޕަރު ޝިހާމް އަތުން ދޫވެގެން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ހަމްޕު ވަނީ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

ގޯލަށް ފަހު މާޒިޔާ އިން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒު ހަސަން (ދާދު) ވަނީ ކުޅެން އަރުވައިފަ އެވެ. ދާދު އާއި އިއްބެ ކުޅެން އެރީ ކޯނޭ އާއި އަސަދުﷲ އަބްދުﷲ ގެ ބަދަލުގަ އެވެ. ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިއްބެގެ ބައިވެެރިވުން އޮވެގެން މާޒިޔާ އިން ވަނީ މެޗުގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް އިއްބެ ބޮލުން ފޮނުވާލުމުން ގޯލަށް ވަނީ ދަ ގްރާންޑޭގެ ޑިފެންޑަރު އިވަނޮވިޗް ގައިގައި ޖެހިފަ އެވެ.

ދަ ގްރާންޑޭ އިން ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ލަޔާން އަހުމަދު މި ގޯލު ޖެހީ މާޒިޔާ ޑިފެންސް ތެރެއިން ހުސްވި ބޯޅައެއް ހިފައިގެން ގޮސް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ލަޔާނަށް ލިބުނު ބޯޅައެއް ޓީމުގެ އެހެން ކުޅުންތެރިއަކަށް ދިނުމުގެ ބަދަލުގައި އޭނާ އަށް ޖައްސާލެވުނީ މާޒިޔާ ކުޅުންތެރިއަކަށެވެ.

ލަނޑު ޖެހުމަށް ފަހު އިއްބެ (ކ) ހަމްޕު (މ) އަދި ޑުންގާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ އިއްބެ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ޖައްސާލި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ކީޕަރު ޝިހާމް ކުރިއަށް އެރި ވަގުުތުގައި އިއްބެ ވަނީ މަޑުމަޑުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ތިން މިނިޓް ފަހުން އުމެއިރު ވަނީ މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އުމެއިރު ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ވަންއިރު، ކީޕަރު ޝިހާމަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. މެޗުގެ 88 ވަނަ މިނިޓްގައި ދަ ގްރާންޑޭ ފަހަތުން ހުސްވި ބޯޅައެއް ހޯދައި ހަމްޕު ވަނީ ކީޕަރު ޝިހާމް ބޯމަތިން އޮއްސާލައި މާޒިޔާގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު ދަ ގްރާންޑޭ އޮތީ ލީގުގެ އެންމެ ފަހަތުގަ އެވެ. ހަތަރު މެޗުން ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. އެކަމަކު، ގްރާންޑޭ ކޮޅަށް ގިނަ ގޯލު ވަދެފައިވާތީ އެ ޓީމު އަށް ވަނައިގައި އޮތްއިރު، ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ވަނައިގަ އެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ ބަލިކުރި އީގަލްސް އޮތީ ހަ ވަނައިގަ އެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox