ހުޅުމާލޭގެ ސްވިމިން ޕޫލަކަށް ހަތަރު އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
އޯޝަން ފްރޮންޓް ރެޒިޑެންސް ސްވިމިންގް ޕޫލަށް ގދ. ތިނަދޫއަށް ނިސްބަތްވާ އެ ކުއްޖާ ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 17:10 އެވެ. ސީޕީއާރު ދެމުން ދަނިކޮށް، އެ ކުއްޖާ މަރުވީ އޭގެ ބައި ގަޑީރު ފަހުން ކަމަށް ހުޅުމާލެ ހޮސްޕިޓަލަށް ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ކުއްޖާއަކީ ދެމަފިރިއަކަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ދޮށީ ފިރިހެން ދަރި އެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުނެވެ.













