ވޯލްޑް ޝެފްސް ކޮންގްރެސްއަށް ބެސްޓްބައި ގެ އެހީގައި ހަ ދަރިވަރަކު ފޮނުވަނީ

ވޯލްޑް ޝެފްސް ކޮންގްރެސްއަށް ބެސްޓްބައި ގެ އެހީގައި ހަ ދަރިވަރަކު ފޮނުވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގައި އަންނަ މޭމަހު ބާއްވާ ބޮޑު ކަލިނަރީ ހަރަކާތެއް ކަމަށްވާ "ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022" ގައި ހަ ޝެފަކު ބައިވެރިކުރަން، ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ސްޕޮންސާ ދީފި އެވެ.

ބީބީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަބޫދާބީ ގައި ބާއްވާ އެ އެކްސްޕޯގައި ބައިވެރިވާން އެ ކުންފުނިން ސްޕޮންސާ ދިނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ކިޔަވާ ހަ ދަރިވަރަކަށް ކަމަށެވެ.

ވޯލްޑް ޝެފްސް ކޮންކްރެސް އަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން ޝެފުން އެއްތަނަކަށް އެއްވެ، މަސައްކަތުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރާ ބޮޑު މަހާސިންތާ އެކެވެ. ކަލިނަރީ އިންޑަސްޓްރީގެ އެންމެ ނަގާކިޔާ ޝެފުން އެ މަހާސިންތާގައި ވޯކްޝޮޕްތައް ހިންގައި ހުށަހެޅުންތައް ހުށަހަަޅާނެ އެވެ. އެ ދާއިރާއިން ތަމްރީނުވާ ދަރިވަރުންނަށް ތައުލީމީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ކުރާ ގޮތަށް ކުރިއަށް ގެންދާ ވޯލްޑް ޝެފްސް އެޑިއުކޭޓާސް ފޯރަމް އަކީ ވެސް އެ މަހާސިންތާގެ ބައެކެެވެ.

ޝެފުންގެ އާ ޖީލަށް ބޮޑު ކުރިއެރުމެއް ގެނެސްދޭ "ބިލް ގަލަގާ ޔަންގް ޝެފްސް ފޯރަމް އަދި ގްލޯބަލް ޝެފްސް ޗެލެންޖް ކަލިނަރީ ކޮމްޕެޓިޝަން ފަދަ ބައިނަލް އަގުވާމީ ބޮޑެތި އެގްޒިބިޝަންތައް ވެސް އެހަރަކާތުގައި ހިމެނޭނެ އެވެ.

މީގެ 92 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ އެހަރަކާތް މިހައިތަނަށް 38 ގައުމެއްގައި ބާއްވާފައި ވާއިރު، އެއީ ކަލިނަރީ އިންޑަސްޓްރީގެ އެހާރާއި މިހާރުގެ ތަޖުރިބާ ހޯދަން ބޭނުންވާ ޝެފުންނަށް ރަނުގެ ފުރުސަތެކެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ސަޕްލައިކުރާ ބީބީއެމްއިން އަންނަނީ މޮޅެތި ޝެފުން އުފެއްދުމަށް ޓަކައި ބައިނަލް އަގުވާމީ ތަފާތު ގިނަ ހަރަކާތްތަކުގައި ރާއްޖޭގެ ޝެފުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދެމުންނެވެ. ބައިނަލް އަގުވާމީ ކޮންފަރެންސްތަކާއި އެކްސްޕޯތަކާއި ތަމްރީނުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ކުންފުނީގެ އެހީގައި ދިޔަ ޝެފުން ވަނީ އެ ދާއިރާއިން އެތައް ފަހަރަކު ރާއްޖެ ފަޚުރުވެރިކޮށްދީފަ އެވެ.

ޔުނިލިވާ، އައިއާރްއީކޭއެސް، ލޭމްބް ވެސްޓަން، ޓީ ޑަބްލިއުޖީ ޓީ، ސެން ބެނެޑެޓޯ، ރާވީ ފްރުޓް ފަދަ ބްރޭންޑްތައް ރާއްޖެއަށް އެތެރެކުރަނީ އެކުންފުނިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox