މާޒިޔާ ހަތަރު މެޗުން މޮޅުވިޔަސް މޯހަން ބުނީ ރަނގަޅު ކުރަންޖެހޭ ކަމަށް

Dec 31, 2021, 4:15 AM
މާޒިޔާގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު މޯހަން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު މޯހަން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެފައިވީ ނަމަވެސް އެ ޓީމުގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ގިނަ ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ ވެލެންސިއާ 5-0 އިން ބަލިކޮށް ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މާޒިޔާ ވަނީ 2-0 އިން މޮޅުވެފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ދެ ވަނަ މެޗުގައި އީގަލްސް އަތުން 2-1 އިން މޮޅުވިއިރު، ރޭ ޓީސީގެ މައްޗަށް މާޒިޔާ ކުރިހޯދީ ވެސް 2-1 އިންނެވެ.

ރޭގެ މެޗަށް ފަހު މޯހަން ބުނީ ކާމިޔާބު ލިބޭތީ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރާ ކަމަށާއި އެކަމަކު ކޮންމެ ދުވަހަކު ބޭނުންވާ ލެވަލަށް ނުކުޅެ މޮޅުވެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"މިއަށް ވުރެ އަޅުގަނޑުމެން ކުޅުންތެރިން ފެންވަރު ހިއްލަންޖެހޭ. އަނެއްކާ ފަހު ހައެއްކަ މިނިޓްގައި މި ވަންނަ ގޯލަކީ، އަމިއްލަ އަށް ދީގެން (ކަހަލަ ގޮތަކަށް) ބައިކޮޅަށް މި ވަންނަ ގޯލާ އެކު މި ޕްރެޝަރަކަށް އަބަދު ނުވެސް ދެވޭނެ،" މޯހަން ބުންޏެެވެ.

މާޒިޔާއާ އެކު ކޮންމެ ޓީމެއް ވެސް ކުޅޭނެ ގޮތަކީ ފަހަތަށް ފައިބައިގެން ކައުންޓަ އެޓޭކަށް ވިސްނައިގެން ކަން މާޒިޔާ ކުޅުންތެރިން ވެސް ދަންނަން ޖެހޭނެ ކަމަށް މޯހަން ގަބޫލުކުރެ އެވެ. މާޒިޔާގެ ކުޅުންތެރިން ސިކުނޑީގައި ބަހައްޓަން ޖެހޭނީ މުޅި މެޗަށް އެއްކޮށް ކޮންސަންޓްރޭޝަން ބަހައްޓައިގެން ކުޅުމަށް ކަމަށް މޯހަން ބުންޏެވެ.

"މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައި މި ހެދޭ މިސްޓޭކްތައް މައްސަލަ އަކީ. އެކަންތައް (ހެދޭ ގޯސްތައް) ކުޑަނުކޮށް، ނޫނީ މަދުނުކޮށް ކުރިއެރުމެއް ނުލިބޭނެ. ލިބޭ އެއްޗެހި ގޯލަށް ވެސް ހަދަން އެބަޖެހޭ. އެހެން ނޫނީއްޔާ ކުރިއަށް އޮތްތާ ޕްރެޝަރު ބޮޑުވާނެކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން،" މޯހަން ބުންޏެވެ.

މާޒިޔާ އަށް ވަނީ ޑިފެންސްގެ މަގާމުތަކަށް ކުޅޭ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައް ބޮޑުވެފަ އެވެ. މޫސާ ޔާމީން (ޔާމްބެ) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަނިޔާގައި ހުއްޓައި ރޭ ސަމޫހު އަލީ (ސަމުއްޓެ) ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.

"ފަހަތް ވަރަށް ހާލު ބޮޑުކޮށޭ ދަންނަންވަންޖެހޭނީ މި ވަގުތަށް، ދެން އެސެސް ކުރަމުން މި ދަނީ. ކައިރި ކައިރީ މެޗު ކުޅޭއިރު އެބަޖެހޭ އިންޖަރީ އަށް ވިސްނަން ވެސް. ރިކަވަރީ ވެސް މަސައްކަތް ކުރަން އެބަޖެހޭ. އުއްމީދުކުރަނީ އަނިޔާގައި ތިބި ކުޅުންތެރިން ވަރަށް އަަވަހަށް އަނބުރައި ކުޅުމަށް އަންނާނެ ކަމަށް،" މޯހަން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް ވެލެންސިއާ އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތަރެއްގައި އޮތް ސަސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓީސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. އީގަލްސް ފުލުގައި އޮތީ ތިން މެޗުން ބަލިވެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

މާޒިޔާ ވަނީ 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނީ ލީގު ބުރުގެ އެންމެ ކުރި ހޯދާ ދެ ޓީމެވެ. މާޒިޔާ އަށް ދެން އޮތީ ހޯމަ ދުވަހުގެެރޭ ދަ ގްރާންޑޭއާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox