މަންޓާ އެއާއާ އެކީ "އުދުހިލަން" 10 ޒުވާނަކަށް ފުރުސަތު ދީފި

ނައިބު ރައީސް ފައިސަލް ނަސީމް މަންޓާ ވިންގްސް ޕްރޮގްރާމުގެ ބައިވެރިއަކާ ސެޓްފިކެޓް ހަވާލުކުރަނީ، އަރިހުގައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް: މި ޕްރޮގްރާމުގެ ފުރުތަމަ ބެޗުން ޖާގަ ލިބުނީ އަށް އަންހެން ކުއްޖަކަށާއި ދެ ފިރިހެން ކުއްޖަކަށް. -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް މަންޓާ ވިންގްސް ޕްރޮގްރާމުގެ ބައިވެރިއަކާ ސެޓްފިކެޓް ހަވާލުކުރަނީ، އަރިހުގައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް: މި ޕްރޮގްރާމުގެ ފުރުތަމަ ބެޗުން ޖާގަ ލިބުނީ އަށް އަންހެން ކުއްޖަކަށާއި ދެ ފިރިހެން ކުއްޖަކަށް. -- ފޮޓޯ: ރައީސް އޮފީސް

އޭވިއޭޝަން ދާއިރާއަށް ދިވެހި ޒުވާނުން ބިނާކުރުމުގެ ބޭނުމުގައި މަންޓާ އެއާ އިން ފެށި "މަންޓާ ވިންގްސް" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަތަމަ 10 ބައިވެރިންނާއެކު މިއަދު އިފްތިތާހުކޮށްފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ހަފުލާއެއްގައި މި ޕްރޮގްރާމު އިފްތިތާހުކުރުމުގެ ގޮތުން މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނާ އެންރޯލްމަންޓް ސެޓިފިކެޓްތައް ވަނީ ހަވާލުކޮށްފަ އެވެ.

މަންޓާ އެއާ އިން ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ އޭވިއޭޝަނުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުން ކަމަށް އެ އެއާލައިނުން ބުނެ އެވެ.

Advertisement

އެގޮތުން ހަ މަސް ދުވަހަށް ދެމިގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ފުރިހަމައަށް ހިދުމަތް ދޭން ބޭނުންވާ ފަންނުތައް ކިޔައިދީ، ދާއިރާއަށް އަހުލުވެރިކުރެވިގެން ދާނެ އެވެ. އަދި ކްލާސްރޫމް ޓްރެއިނިންތައް ހިމެނޭ ގޮތަށް ދާއިރާގެ އަމަލީ ތަޖުރިބާ ސީދާ މަސައްކަތުގެ މާހައުލުން ލިބިގެންދާނެ އެވެ.

ކްލާސްރޫމް ޓްރެއިންނިންތަކުގައި ހިމެނޭ ބައިތައް

  • ލީޑާޝިޕް އިން އިންފޮމޭޝަން އޭޖް
  • ސާވިސް ކަލްޗާ
  • ޑިޖިޓަލް ޓޫލްސް ފޯ މޮޑާން ޑޭ ވާކްފޯސް
  • އެކްސެލް އިން ޕްރެޒެންޓޭޝަން ސްކިލްސް

މަންޓާ ވިންގްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ، މިއީ މި ސިނާއަތަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކުރަން އެ އެއާލައިނުން ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އޭވިއޭޝަން ސިނާއަތަށް ބޭނުންވާ ގާބިލު ދިވެހި ޒުވާނުން ނެރެން ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި އިފްތިތާހުކުރާ މަންޓާ ވިންގްސް ޕްރޮގްރާމަކީ ޒުވާނުން މި ސިނާއަތަށް ނެރުމަށްޓަކައި ހުޅުވިގެންދާ އާ ދޮރެއް. މި ޕްރޮގްރާމުން އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ އިހުލާސްތެރި ހީވާގި މަސައްކަތްތެރި ކެރޭ ޒުވާނުންތަކެއް އުފައްދާ، ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އިލްތިމާސްކުރަމުން ހަލީލު ވިދާޅުވީ މި ދާއިރާއިން ތަމްރީނު ހޯދާ، މި ދާއިރާއިން ކުރިޔަށްދާން މުސްތަގުބަލު ރާވާ ބިނާކުރަން ނަސޭހަތްތެރިވާ ކަމަށެވެ. އަދި މިއީ ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ފުރުސަތު ހުރި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ހިމެނޭ ދާއިރާތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އޭވިއޭޝަނަކީ ހަމައެކަނި ޕައިލެޓުންނާއި ކެބިން ކްރޫއިން ނޫން ކަމަށާއި، އިންޖިނިއަރުންނާއި ގްރައުންޑް ހޭންޑްލިން އާއި ސޭފްޓީ އެންޑް ސެކިއުރިޓީގެ އިތުރުން ކަސްޓަމާ ސާވިސަސް ދާއިރާއިން ވެސް އޭވިއޭޝަނުގައި ފުރުސަތުތައް ހުރިކަމަށް ހަލީލު ވިދާޅުވި އެވެ.

މަންޓާ ވިންގްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗު ފެށީ ދެ ފިރިހެން ކުދިންނާއި، އަށް އަންހެން ކުދިން ހިމެނޭ ގޮތަށެވެ. މި ޕްރޮގްރާމު ކާމިޔާބުކަމާއެކީ ނިންމާ ކުދިންނަށް މަންޓާއެއާއާއެކީ އޭވިއޭޝަން ކެރިއަރެއް ފަށަން ފުރުސަތު ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ހަގު އެއާލައިން ކަމުގައިވާ މަންޓާ އެއާ އިން މި ދާއިރާއިން ދިވެހިން ބިނާކުރުމަށާއި، ދިވެހިންނަށް ފުރުސަތު ދޭން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރު ވެސް އެ ކުންފުނީގައި ވަޒީފާ އަދާކުރާ 400 އެއްހާ މުވައްޒަފުންގެ ތެރެއިން 75 ޕަސެންޓަކީ ދިވެހިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox