ދެ އިންތިހާބު އެއްކޮށްލައި ގާނޫނުއަސާސީ ބަދަލުކުރަނީ ބާރުތައް މުއިއްޒުގެ މުށުތެރެއަށްލާން: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: އޭނާ ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކުރަނީ ބާރުތައް މުށުތެރެއަށް ލުމަށް ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: އޭނާ ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކުރަނީ ބާރުތައް މުށުތެރެއަށް ލުމަށް ކަމަށް --- ފޮޓޯ: އަދަދު

މައި ދެ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނުއަސާސީއަށް އެތައް ބަދަލެއް ގެންނަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ބާރުތައް ގެންނަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މިއީ އެހެން މަގުސަދެއްގައި ގެންނަ ބަދަލެއް ކަމަށެވެ.

މީގެ އިތުރުން ވެސް މިދިޔަ ދެ އަހަރު ތެރޭ ގާނޫނުއަސާސީ އަށާއި މުހިންމު އެތައް ގާނޫނަކަށް ސަރުކާރުން ހުށަހަޅައިގެން ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލުތަކުގެ މަގުސަދަކީ ބާރުތައް ޖަމާކުރުން ކަމަށް ފައިސަލް މިއަދު ވިދާޅުވެފައިވެ އެވެ.

"ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި، ގާނޫނު ތަކަށް ގެންނަމުންދާ ބަދަލު ތަކަކީ، ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަގިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެން ދޭ،" ފައިސަލް ލިޔުއްވާފައިވެ އެވެ.

އަދި، ސަރުކާރުގެ އަމަލުތައް ބަހައްޓަން ވާނީ ގައުމަށާއި މުޅި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދީގެން ކަމަށާއި މި ސަރުކާރާއި މަޖިލީހުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވާނެ މޮޅެއް ނުފެންނަ ކަމަށް ވެސް ފައިސަލް ލިޔުއްވާފައިވެ އެވެ.

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދުކުޑަކުރަން ކަމަށް މުއިއްޒު އާއި ޕީއެންސީގެ އިސް އޮފިޝަލުން ވިދާޅުވާތީ، އެކަމަށް ވެސް ފައިސަލް ވަނީ ރައްދު ދެއްވާފަ އެވެ.

އެގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރަންވި ކަމަކީ ބޭކާރު ހަރަދުތައް ހުއްޓާލުން ކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ފައިސަލް ވިދާޅުވި އެވެ.

"ހާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަގާމު ތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ،" ފައިސަލް އެކްސްގައި ލިޔުއްވާފައިވެ އެވެ.

ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ގޮވާލައި ފައިސަލް ވަނީ މުއިއްޒުގެ އަރިހުން 10 ކަމެއް ކުރެއްވުމަށް ވެސް އެދިލައްވާފަ އެވެ.

އޭގެތެރޭގައި ހިމެނެނީ؛

• ރައްޔިތުންގެ މަޖިލީހުގެ މުސްތަގިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުން. މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، އެއީ މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުން.

• މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުން.

• ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ފަހި ކުރުން.

• ދައުލަތުގެ މަގާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާ އަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް އޮތުން. ވަކި އާއިލާ އަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބެލުން.

• އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުން.

• އާންމުންގެ ހައްގު ތަކަށް އިޙުތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ޙައްޤު އަދާ ކޮށްދިނުން.

• ދުވާލަކު ގޮތަކަށް ގައުމީ ތަރައްގީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.

• ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ހާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަޤާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.

• ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.

• ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް އިސްކަން ދިނުން. ހާއްސަކޮށް ސިއްހީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.

• ގާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާ އެކު މިފަދަ މަސައްކަތް ކުރުން. އަދި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުން.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox