އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގާ ގުޅުވައި، އޭސީސީ މެމްބަރުން ނިންމުން އިންސާފުވެރިއެއް ނޫން: އެމްއެންޕީ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގާ ގުޅުވައި، އޭސީސީ މެމްބަރުން ނިންމުން އިންސާފުވެރިއެއް ނޫން: އެމްއެންޕީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އާއިޝަތު އަބްދުﷲ ވަކިކުރަން ކޮމިޓީން އިއްޔެ ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަަޅަން ފޮނުވާފައި ވަނިކޮށް އެ ބޭފުޅުން މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމުން ބިނާކުރީ މައިގަނޑު ދެ ސަބަބަކަށް ބިނާކޮށް ކަމަށް ވާއިރު އެ ދެ ސަބަބު ވެސް ރަނގަޅުނޫން ކަމަށެވެ. އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ތާއީދު ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެއްކެވީ އެ ދެ ސަބަބެވެ.

އެއީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ލަސްވުމާއި އޭސީސީގެ މެމްބަރުންގެ މަސައްކަތް ބަލަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމެންސް އޮޑިޓްގެ ހޯދުންތަކެވެ.

އެމްއެންޕީގެ ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅުވައި އޭސީސީ ނުނިމި އޮތުން ސަބަބަކަށް ނެގި އިރު، އެ ތަހުގީގަކީ އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަނެއް"ގެ ގޮތުގައި ކުރިއަށް ގެންދިޔަ ތަހުގީގެއް ކަމަށެވެ.

"...ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވައި، ގާނޫނީގޮތުން އޭސީސީއަށް ނުލިބޭ ބޮޑެތި ބާރުތަކެއް ގާނޫނު ނަންބަރު 2019/4 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) އިން ޕްރެޒިޑެންޝަލް ކޮމިޝަންތަކަށް ދީފައިވާއިރު، 17 ނޮވެމްބަރ 2018 އިން ފެށިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ އެހެނިހެން މައްސަލަތައް ބަލަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައި ކަމަށްވާއިރު، ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތްކަމަށްބުނެ، ހަމައެކަނި އޭސީސީގެ މެންބަރުން ޒިންމާދާރުކުރުވުމަށް މަގާމުން ވަކިކުރުމަށް ނިންމުމަކީ އެންމެ އިންސާފުވެރިގޮތެއް ކަމަށް މި ޕާޓީން ނުދެކެމެވެ،" އެމްއެންޕީގެ ބަޔާނުގައި ބުންޏެވެ.

ދެވަނަ ސަބަބަކަށް ޕާފޯމެންސް އޮޑިޓްގެ ހޯދުންތައް ރަނގަޅު ނުވަނީ އެ ޕާޓީން ބުނި ގޮތުގައި އެ އޮޑިޓްގައި ބަލާފައި ވަނީ 31 ޖުލައި 2015 އާ ހިސާބުން ފެށިގެން ކަމަށް ވާތީ އެވެ. އޭސީސީގައި ފަހުން ތިއްބެވި މެމްބަރުން އެ ކޮމިޝަނަށް އައްޔަން ކުރީ ސެޕްޓެމްބަރު 2019 ގަ އެވެ. އެހެންވެ، އެ މެމްބަރުން މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ކަންހިނގާފައިވާ ގޮތުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނުދެކޭ ކަމަށް އެމްއެންޕީން ބުންޏެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ވެސް އެޕާޓީން ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ކުއްލި ގޮތަކަށް އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox