އޭސީސީން ދެއްކީ އެއް ވާހަކައެއް، ކޮމިޓީން ފާސްކުރީ ވަކިކުރަން

އޭސީސީން ދެއްކީ އެއް ވާހަކައެއް، ކޮމިޓީން ފާސްކުރީ ވަކިކުރަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި ތިން މެމްބަރުން ވެސް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޭސީސީގެ ތިން މެމްބަރުން ވަކިކުރަން ތަޅުމަށް ހުށަހަޅަން ފާސްކުރީ ކޮމިޓީގެ އަދި މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ އެމްޑީޕީގެ ފަސް މެމްބަރުންގެ ވޯޓުންނެވެ. ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމާއި އިސްދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހަމީދު އެކަމަށް ތާއީދެއް ނުކުރައްވަ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ތަޅުމަށް ފޮނުވަން ފާސްކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމް އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ތަޅުމަށް ފޮނުވަން ތާއީދުކުރެއްވި މެމްބަރުން ވިދާޅުވީ ކޮމިޓީއަށް ޖަވާބުދާރީ ވާން އޭސީސީގެ މެމްބަރުންނަށް ދިން ފުރުސަތުގައި ދައްކަވާފައި ހުރީ އެކޮމިޓީގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ އޭސީސީއަށް 2019 ވަނަ އަހަރު މެމްބަރުން އައްޔަންކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށެވެ. އޭގެ ފަހުން ދެއަހަރާ ތިންމަހަށް ވުރެ ގިނަ ދުވަސް ވީއިރު، އެތައް ފަހަރަކު ކަންތައްތައް ސާފުކުރަން ކޮމިޓީއަށް ގެނައި ކަމަށާއި އެގޮތަށް ގެނައި އިރު، އެކިފަހަރު އެކި ވާހަކަ ދައްކަވާ ކަމަށާއި ދައުލަތަށް ގެއްލފައިވާ ފައިސާ ތަކުގެ މައްސަލަ ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުން މަސައްކަތްކުރި ގޮތް ޕާފޯމެންސް އޮޑިޓުން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެ ރިޕޯޓުގެ ހޯދުންތަކަށް ބިނާކޮށް، މެމްބަރުން ވަކިކުރަން ފާސްކުރަން ހުށަހަޅުއްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހަސަންޓޭގެ އެ ހުށަހެޅުމަށް ތާއީދު ނުކުރައްވައި އުޝާމާއި އަލީ ހަމީދު ވިދާޅުވީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވާން ދިން ފުރުސަތުގައި ދެއްވި ޖަވާބުތަކާއި އޮޑިޓް ރިޕޯޓް ވެސް ދިރާސާކުރަން އެކަށީގެންވާ ވަގުތު ދޭން ޖެހޭ ކަމަށެވެ.

"ބަަލަންވާ މިންވަރަށް ބަލައި މިކަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމަށް ޓަކައި މި ލިޔެކިއުންތައް ދިރާސާކުރާނެ އެކަށީގެންވާ ވަގުތު ބޭނުންވާކަން، މި ކޮމިޓީގެ ސަމާލުކަމަށް ޓަކައި މުގައްރިރުގެ ސަމާލުކަމަށް ޓަކައި ހަމަ ދަންނަވައިލަން،" ހަމީދު ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ތާއީދުކުރައްވައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އޭސީސީއަށް ކުރިމަތިވި ދަތިތަކަށް ކޮމިޓީން ރިއާޔަތްކޮށްފައިވާ ކަމަށާއި އެކަމަށް ވަގުތު ވެސް ދީފައިވާ ކަމަށެވެ.

"އެހެން ނޫން ނަމަ އަޅުގަނޑުމެންގެ މި މި މެޖޯރިޓީއާ އެކީ އަޅުގަނޑުމެން މާކުރިން އެބޭފުޅުން ވަކިކުރީސް،" އޭނާ ވިދާޅުވި އެވެ.

މެމްބަރުން ވަކިކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވަނީ ހަމަ އެކަނި ޕާފޯމެންސް އޮޑިޓަށް ބައްލަވައިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކޮމިޝަނުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox