ބައިބައިވުމާއި ނަފުރަތުން ދުރުވެ ތިބުމަށް އެމްޑީޕީއަށް ނަޝީދު ގޮވާލައްވައިފި

ބައިބައިވުމާއި ނަފުރަތުން ދުރުވެ ތިބުމަށް އެމްޑީޕީއަށް ނަޝީދު ގޮވާލައްވައިފި

ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމުން ދުރުވެތިބުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައި ކުރީގެ ރައީސް ނަޝީދު ލިޔުއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި އެޕާޓީއާ ވާދަވެރި ފަރާތްތަކުން ވެސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ދެމިތިބުމަށް ގޮވައިލައްވާ ކަމަށެވެ.

"އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިން ވެސް ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވާލަން،" އެެ،މަނިކުފާނު ވިދާޅުވި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައި ނަޝީދު މިހެން ވިދާޅުވިއިރު، މީގެ ދުވަސްތަކެއް ކުރިން ފެށިގެން، އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި، ދެ ފެކްޝަނެއް އުފެދުނެވެ. އެއް ފެކްޝަނަކީ، އެމަނިކުފާނަށް ތާއީދުކުރާ އަދި ރާއްޖޭގެ ވެރިކަންކުުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރާ މެމްބަރުންނެވެ. އަނެއް ފެކްޝަނަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ، އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުނުކުރާ މެމްބަރުންނެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދަން ނަޝީދު ސަޕޯޓަރުން އެންމެ ވަރުގަދައަށް ކެމްޕޭންކުރި ދުވަސްވަރު އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ވެސް ބަދަލުކުރި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ވެސް އޭރު ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އުފެދުމަށް ފަހު، އެ މައްސަލަ ފަހުން ވަނީ ހައްލު ވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި މެދުގައި ވެސް އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދުނެވެ.

ގައުމީ އެއްބައިވަންތަކުގެ ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ ވަރަށް ބޮޑު ބަޔަކަށް ސުނާމީއެއް އަރައި، ބައެއް ރަށްތައް އެކީ ސުންނާފަތިކޮށްލައި، 108 މީހުން މަރުވި ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގައި 82 މީހުން މަރުވުމުގެ އިތުރުން 26 މީހަކު ވަނީ ގެއްލިފަ އެވެ. އެހެންކަމުން ސުނާމީގައި ގެއްލުނު ފުރާނައިގެ އަދަދު 106 އަރަ އެވެ.

އެ ސުނާމީގައި ޖުމްލަ 230،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާގެ ބަންޑާ އަޗޭއިންނެވެ. އެ ރަށުން 100،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ސްރީ ލަންކާއިން 35،000 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox