މިއަދަކީ ދިވެހިރާއްޖެއަށް ސުނާމީ އެރިތާ 17 އަހަރު ފުރޭ ދުވަސް

ސުނާމީގެ ރާޅުތަކެއް މާލެއަށް ބިންދާލަނީ: ރާއްޖޭގެ 13 ރަށަކުން މީހުން މަރުވި -- ފޮޓޯ: އެންޑީއެމްއޭ

ސުނާމީގެ ރާޅުތަކެއް މާލެއަށް ބިންދާލަނީ: ރާއްޖޭގެ 13 ރަށަކުން މީހުން މަރުވި -- ފޮޓޯ: އެންޑީއެމްއޭ

މިއަދަކީ ދިވެހިރާއްޖޭގެ ވަރަށް ބޮޑު ބަޔަކަށް ސުނާމީއެއް އަރައި، ބައެއް ރަށްތައް އެކީ ސުންނާފަތިކޮށްލައި، 108 މީހުން މަރުވި ހާދިސާއަށް 17 އަހަރު ފުރޭ ދުވަހެވެ.

އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވުމުގެ އިތުރުން 26 މީހަކު ވަނީ ގެއްލިފަ އެވެ. އެހެންކަމުން ސުނާމީގައި ގެއްލުނު ފުރާނައިގެ އަދަދު 108 އަރަ އެވެ.

އެ ސުނާމީގައި ޖުމްލަ 230،000 އަށްވުރެ ގިނަ މީހުން އެކި ގައުމުތަކުން މަރުވި އެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާގެ ބަންޑާ އަޗޭއިންނެވެ. އެ ރަށުން 100،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި ސްރީ ލަންކާއިން 35،000 މީހުން މަރުވި އެވެ.

ސުނާމީގައި މަރުވި މީހުންގެ އަދަދު:

  1. އިންޑޮނީޝިއާ - 167،540
  1. ސްރީ ލަންކާ - 35،322
  2. އިންޑިއާ - 16،269
  3. ތައިލެންޑް - 8212
  4. ސޯމާލިއާ - 289
  5. ދިވެހިރާއްޖެ - 106
  6. މެލޭޝިޔާ - 75
  7. މިޔަންމާ - 61
  8. ޓެންޒޭނިއާ - 13
  9. ބަންގްލަދޭޝް - 2
  10. ސިޝެލްސް - 2
  11. ސައުތު އެފްރިކާ - 2
  12. ޔެމެން - 2
  13. ކެންޔާ - 1

ދިވެހިރާއްޖެއަށް ސުނާމީގެ އަސަރު 15 މިނެޓު ވަންދެން ކުރި އެވެ. އެކަމަކު އޭގެ އަސަރު އެއްވެސް ވަރަކަށް ނުކުރީ އެންމެ ނުވަ ރަށަކަށެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން 10 ޕަސެންޓު ރަށްތައް ދިރިނޫޅެވޭނެ މިންވަރަށް ހަލާކުވި އެވެ. ރިސޯޓު ހިމެނޭ ގޮތަށް ރާއްޖޭގެ 31 ރަށަކުން މީހުން މަރުވި އެވެ. އެންމެ ގިނައިން މީހުން މަރުވީ ވިލުފުށިންނެވެ. އަދި 1300 މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ.

ސުނާމީގައި ރަށްރަށުން މީހުން މަރުވި އަދަދު:

  1. ތ. ވިލުފުށި - 18
  2. މ. ކޮޅުފުށި - 16
  3. ދ. ގެމެންދޫ - 8
  4. ލ. މުންޑޫ - 7
  5. މ. މަޑުއްވަރީން - 6
  6. ލ. އިސްދޫކަލައިދޫ - 6
  7. މ. މުލި - 6
  8. ލ. ފޮނަދޫ - 4
  9. ކ. ގުރައިދޫ - 4
  10. ރ. ކަނދޮޅުދޫ - 3
  11. ލ. ކަޅައިދޫ - 3
  12. ލ. މާބައިދޫ - 3
  13. ދ. ރިނބުދޫ - 2
  14. ލ. ދަނބިދޫ - 2
  15. މ. މަޑިފުށި - 2
  16. ގދ. ވާދޫ - 2
  17. ވެލާވަރު ރިސޯޓް - 2
  18. ހދ. ނާވައިދޫ - 1
  19. ށ. ކޮމަންޑޫ - 1
  20. ކ. ގުޅި - 1
  21. އދ. ވައިޓް ސޭންޑް - 1
  22. ވ. ތިނަދޫ - 1
  23. މ. ދިއްގަރު - 1
  24. މ. ނާލާފުށި - 1
  25. މ. މުލަށް - 1
  26. ހަކުރާ ކުލަބް - 1
  27. ދ. ވާނީ - 1
  28. ތ. މަޑިފުށި - 1
  29. ގއ. ދާންދޫ - 1
  30. ގއ. ވިލިނގިލި - 1
  31. ފުވައްމުލައް - 1

ދިވެހިރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުން 14 ރަށަކުން މީހުން ބޭލި އެވެ. ގާތްގަނޑަކަށް 12،000 މީހުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 15 ޕަސެންޓު ރަށުން ފެނަށް ޖެހުނެވެ. އަދި 25 ޕަސެންޓު ރަށްތަކުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ބޮޑެތި ގެއްލުންތައްވި އެވެ.

ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ރ. ކަނދޮޅުދޫ އާއި ތ. ވިލުފުށި ހިމެނެ އެވެ. ކަނދޮޅުދުއަކީ އެ ދުވަހުން ފެށިގެން ފަޅު ރަށެކެވެ. އެ ރަށު މީހުން މިހާރު ވަޒަންވެރިވެގެން އުޅެނީ ދުވާފަރުގަ އެވެ. އޭގެ އިތުރުން ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަރަށް ބޮޑަށް ސުނާމީ އެރި އެވެ. ވެރި ރަށް މާލެއަށް ވެސް ފުދޭވަރަކަށް އޭގެ އަސަރު ކުރި އެވެ.

ސުނާމީ އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި ސުނާމީގެ ގެއްލުންތަކަށް އަވަހަށް އެެޓެންޑުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު ހުޅުވި އެވެ.

ސުނާމީއާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމް އެއްކޮށް ހުއްޓުމަކަށް ދިޔަ އެވެ. ރާއްޖެއަށް ގާތްގަނޑަކަށް 470 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox