އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ޕާޓީގައި ދެމިތިބި މީހުންނާއެކު ކުރިއަށްދާން: މީކާއީލް

މީކާއީލް ނަސީމްގެ ކެމްޕެއިންގެ ތެރެއިން: އޭނާ ވިދާޅުވީ ޕާޓީގެ މަތި ފަޑިއަށް އާ ޒުވާން މޫނުތައް އަދި ޒުވާން ޖީލެއް ބޭނުންވާ ކަމަށް

މީކާއީލް ނަސީމްގެ ކެމްޕެއިންގެ ތެރެއިން: އޭނާ ވިދާޅުވީ ޕާޓީގެ މަތި ފަޑިއަށް އާ ޒުވާން މޫނުތައް އަދި ޒުވާން ޖީލެއް ބޭނުންވާ ކަމަށް

އިދިކޮޅު އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ޕާޓީގައި ދެމިތިބި މީހުންނާއެކު ކުރިއަށްދާން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. 

މީކާއީލްގެ ސަޕޯޓަރުންނަށް ދިން މެސެޖެއްގައި ވިދާޅުވީ އިތުބާރު ކެމްޕެއިން ޓީމުން ދާ ކޮންމެ ރަށަކުން މެންބަރުންގެ ފަރާތުން ލިބޭ މެސެޖަކީ ޕާޓީގައި ދެގޮތެއް ނުވެ ދެމިތިބި މީހުންނާއެކު ކުރިއަށްދާން ބޭނުންވާކަން ކަމަށެވެ. 

"އަޅުގަނޑުމެންނަށް ލިބޭ ޔަގީންކަމަކީ އެމްޑީޕީގެ އާންމު މެންބަރުން ކުރިއަށްދާން ބޭނުންވަނީ މި ޕާޓީއާއެކު ދެ ގޮތެއްނުވެ ދެމިތިބި ފަރާތްތަކާއެކުއޭ. މި ޕާޓީގެ މެންބަރުން ކުރިމަގު ބައްޓަންކުރަން ބޭނުންވަނީ އާ ޒުވާން ޖީލަކާއެކުއޭ،" އޭނާ ވިދާޅުވި އެވެ.

މީކާއީލް އިތުރަށް ވިދާޅުވީ ޕާޓީގެ މަތި ފަޑިއަށް އާ ޒުވާން މޫނުތައް އަދި ޒުވާން ޖީލެއް ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ޕާޓީގެ މުސްތަގުބަލަށްޓަކައި މެންބަރުން ވޯޓުލާން ބޭނުންވަނީ އިތުބާރަށް ކަމަށެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12، ވާ ހުކުރު ދުވަހު އެވެ. އިންތިހާބުގައި މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭނެއް ހިންގަވަމުންނެވެ.

މީގެ ކުރިން ވެސް މީކާއީލް ވަނީ އޭނާ ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީ ހިސާބުތައް އާންމުކުރަން ވެސް ވައުދުވެވަޑައިގެންނެވި އެވެ. 

ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.

މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox