ސެންޓްރަލް ޒޯން: ކިރްގިސްތާން އަތުން ގައުމީ އަންހެން ވޮލީ ޓީމު ބަލިވެއްޖެ

Dec 26, 2021, 7:50 AM
ކިރްގިސްތާނާއި އަންހެން ވޮލީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަދަދު

ކިރްގިސްތާނާއި އަންހެން ވޮލީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ އަންހެން ޓީމު ކުޅުނު ހަތަރު ވަނަ މެޗުން މިއަދު ކިރްގިސްތާން އަތުން ބަލިވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ ސްކޮޑަކާ އެކު ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅޭއިރު، ފުރަތަމަ ތިން މެޗުން ވަނީ އުޒްބެކިސްތާނާއި ނޭޕާލް އަދި ސްރީލަންކާ އަތުން ބަލިވެފަ އެވެ. މި މެޗުތަކުގައި ޖުމްލަ ކުޅުމަށް ބަލާއިރު، ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ޒުވާން ކުޅުންތެރިންތަކަކާ އަޅާކިޔާއިރު، ކުރިއެރުންތަކެއް ފެނެ އެވެ.

މިއަދު ހެނދުނު ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވާން ވޯމްއަޕް ކުރަމުން ދަނިކޮށް ޓީމަށް ރާއްޖޭގެ ޓީމަށް މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިމިނަތު އަފާފް ނިޒާމް ފަޔަށް އަނިޔާވެ، އޭނާ އަށް ނުކުޅެވުނެވެ. އަފާފްގެ އަނިޔާގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް މޯރަލީ އަސަރުކުރި ކަމަށް ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ވަނީ ބުނެފަ އެވެ.

ކިރްގިސްތާނުން މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ގެންދިޔައީ 25-17، 25-11 އަދި 20-25 އިންނެވެ.

މިއަދުގެ މެޗުގެ ކުރިން ގައުމީ އަންހެން ޓީމު ނަގާފައިވާ ފޮޓޯއެއް.--

ފުރަތަމަ ސެޓުގައި ކިރްގިސްތާނުން ބޮޑު ލީޑެއް ނަގާފައިވަނިކޮށް، ރާއްޖޭން ވަނީ 10-09 އިން ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެެވެ. އެކަމަކު، ރާއްޖޭގެ ކުޅުންތެރިންނަށް ރިސީވާއި ބްލޮކް ނުކުރެވި، އަނެއްކާ ވެސް ކިރްގިސްތާނުން 13-09 އިން ލީޑު ބޮޑުކުރި އެވެ. ސެޓުގެ މެދަކާ ހަމައިން ކިރްގިސްތާނުގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނުއިރު، ރާއްޖެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ އައިމިނަތު އަރީޝާގެ އެޓޭކްތަކާ އެކު މުހިއްމު ޕޮއިންޓްތަކެއް އެއްކުރި އެވެ. އެކަމަކު، ސެޓު ގެންދިއުމުގައި ކާމިޔާބު ހޯދީ ކިރްގިސްތާނުންނެެވެ. އެ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-17 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ފުރަތަމަ ޕޮއިންޓް ރާއްޖޭން ނެގި ނަމަވެސް ދެން ފެނުނީ މުޅި ސެޓު ކަހަލަ ގޮތަކަށް އެއްވެސް ޕްރެޝަރެއް ނެތި ކިރްގިސްތާނުން ކުޅެލިތަނެވެ. ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ޑިފެންސް ކުރުމުގައި ބޮޑު ގޯސްތަކެއް ފެނިގެންދިޔަ މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-11 އިންނެވެ.

ކިރްގިސްތާނަށް ފުރަތަމަ ދެ ސެޓު ލިބުމާ އެކު ތިން ވަނަ ސެޓަށް އެ ޓީމުން ނުކުތީ ވަރަށް ކޮންފިޑެންސް ވަރުގަދަ ކޮށެވެ. ކިރްގިސްތާނުން ސެޓުގެ ފަށައިގެން ރާއްޖެ އަށް ޕޮއިންޓެއް ނުދީ ވަރަށް ބޮޑަށް ލީޑުފުޅާކުރި އެވެ. ރާއްޖޭން ވަނީ މި ސެޓުގައި ޓީމުގެ ކެޕްޓަން އަދި ސެޓަރު އައިމިނަތު އިމްތިނާން (ނާން)ގެ ބަދަލުގައި ހައިފާ އިމާދު ކުޅެން އަރުވައިފަ އެވެ.

ބަދަލަކަށް އަރައި ހައިފާގެ އިތުރުން ފާތިމަތު ސަމްހާ ވެސް ރަނގަޅަށް ކުޅުނު މި ސެޓުގައި އަރީޝާގެ އެޓޭކްތައް ވެސް ޖުމްލަ ގޮތެއްގައި ރަނގަޅެވެ. މި ސެޓު ރާއްޖޭން ނިންމާލީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުގެ އެންމެ ސްކޯރިން ރަނގަޅު ސެޓުގެ ގޮތުގަ އެވެ. ކިރްގިސްތާނުން ސެޓު ގެންދިޔައީ 25-20 އިންނެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު ސެޓުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ބަންގްލަދޭޝާއި ރާއްޖެ އަށް އަދި މި ފަހަރުގެ މުބާރާތުގައި މޮޅެއް ނުލިބެ އެވެ. ރާއްޖޭގެ އަންހެން ޓީމުން 2019 ވަނަ އަހަރު ރިހި މެޑަލް ހޯދިއިރު، ވަނީ ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox