ސެންޓްރަލް ޒޯން: ވަރުގަދަ ލަންކާ އަށް އަންހެން ވޮލީ ޓީމު އަތުން މޮޅެއް

Dec 25, 2021, 8:30 AM
ލަންކާ އާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން.--

ލަންކާ އާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން.--

ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ވަރުގަަދަ ސްރީ ލަންކާ އިން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު އަތުން މޮޅުވެއްޖެ އެެވެ.

ފުރަތަމަ ސެޓުގައި ތަފާތު ހިތްވަރެއް ދެއްކި ރާއްޖޭގެ ޓީމު އަތުން ލަންކާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ލަންކާ އަކީ މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ފޭވަރިޓުންގެ ތެރެއިން ޓީމެކެވެ. ލަންކާ ވަނީ ފުރަތަމަ މެޗުން ނޭޕާލް އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ދެން ކުޅުނު މެޗުތަކުގައި ކިރްގިސްތާނާއި ރާއްޖެ ބަލިކޮށްފަ އެވެ. ނޭޕާލް ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެ، ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ލަންކާއާ ދެކޮޅަށް ފުރަތަމަ ސެޓުގައި ގައުމީ އަންހެން ޓީމުން ދެއްކި ކުޅުމަކީ މުބާރާތުގައި މިހާތަނަށް ޓީމުގެ ފަރާތުން ފެނުނު އެންމެ ހިތްވަރުގަދަ ކުޅުމެކެވެ. ކޯޗު މުމްތާޒް އަލީ (މުންތޭ) އިރުޝާދުގެ ދަށުން މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުން އަންނަ ގައުމީ އަންހެން ޓީމުން ލަންކާގެ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. ސެޓުގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ޓީމުން ވަނީ ޑިފެންސް ވެސް ކޮށް، އެޓޭކްގައި ވެސް ތަފާތު ދައްކައިފަ އެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ބަލާއިރު، ފުރަތަމަ ސެޓުގައި ޓީމުގެ އެޓޭކްގައި އައިމިނަތު އަރީޝާ (އަރީ) އާއި އައިމިނަތު ޝަހާ ޝާމިން އަދި އައިމިނަތު އަފާފް ނާޒިމް ވަނީ މޮޅަށް ކުޅެފަ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅުގައި ތަޖުރިބާގެ ބޭނުންކޮށް، ލަންކާ އިން 25-17 އިން ސެޓު ގެންދިޔަ އެވެ.

ދެން ކުޅުނު ދެ ސެޓުގައި ލަންކާ އިން ކުޅުނީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ފުރަތަމަ ސެޓުގައި ކުޅެން ލިބުނު ޖާގަތަކަށް ބަލައި، ލަންކާ އިން ފަހު ދެ ސެޓުގައި އެ ޓީމުގެ އަސްލު ކުޅުން ދައްކަން މަސައްކަތްކުރި އެވެ.

ރާއްޖޭގެ ޓީމުން އެކުގައި ކުޅެފައިވާ މެޗު މަދުވުމުގެ މައްސަލަތައް ފަހު ދެ ސެޓުގެ އެކި ހިސާބުން ފެނިގެން ދިޔައިރު، ލަންކާ އިން އެ ޓީމުގެ މެޗު އެކްޕީރިއަންސް ރަނގަޅުވުމުގެ ބޭނުން ހިފައި ފަހު ދެ ސެޓު ގެންދިޔައީ 25-12 އާއި 25-14 އިންނެވެ.

އަންހެން ވޮލީ ޓީމަށް ބާކީ ދެން އޮތީ ކިރްގިސްތާން މެޗާއި ބަންގްލަދޭޝް މެޗެވެ. އެ ދެ ޓީމު އަތުން ރާއްޖޭން ވަނީ 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން މޮޅުވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި ބަންގްލަދޭޝް ވަނީ ކިރްގިސްތާން، އުޒްބެކިސްތާން އަދި ނޭޕާލް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox