ސެންޓްރަލް ޒޯން: ދެ ވަނަ މެޗުގައި ގައުމީ އަންހެން ވޮލީ ޓީމު ނޭޕާލް އަތުން ބަލިވެއްޖެ

Dec 24, 2021, 7:23 AM
ދެ ވަަަނަ މެޗުގައި ގައުމީ އަންހެން ޓީމުން ނޭޕާލާ ދެކޮޅަށް ކުޅުުނު މެޗުގެ ތެރެއިން: ރާއްޖޭގެ އަފާފް ނިޒާމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ވީއޭއެމް

ދެ ވަަަނަ މެޗުގައި ގައުމީ އަންހެން ޓީމުން ނޭޕާލާ ދެކޮޅަށް ކުޅުުނު މެޗުގެ ތެރެއިން: ރާއްޖޭގެ އަފާފް ނިޒާމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ވީއޭއެމް

ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި މިއަދު ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ކުޅުނު މެޗުން ނޭޕާލް އަތުން ތިން ސެޓުން ބަލިވެއްޖެ އެވެ.

ނޭޕާލާއި ރާއްޖެ ޓީމަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. އެ ފަހަރު އޮތް ޓީމާއި މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ދެ ޓީމަށް. ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ރާއްޖޭން އެ މުބާރާތުން ރިހި މެޑަލް ހޯދިއިރު، އެ ޓީމަށް ކުޅުނު ހަތަރު ކުޅުންތެރިން ފިޔަވައި މި ފަހަރު ގިނައީ ޒުވާން ކުޅުންތެރިންނެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ވަނީ އުޒްބެކިސްތާން އަތުން ވެސް ބަލިވެފަ އެވެ. އެ މެޗުގައި ރާއްޖޭން ފަހު ސެޓުގައި ދެެއްކި ރަނގަޅު ކުޅުން މިއަދު ނޭޕާލާ ދެކޮޅަށް ފުރަތަމަ ސެޓުގައި ވަނީ ތަކުރާރުކޮށްފަ އެވެ. އެކަމަކު، ފަހު ދެ ސެޓުގައި ނޭޕާލްގެ ކުޅުންތެރިންގެ މެޗު ތަޖުރިބާ ރަނގަޅުވުމާއި ކޮންފިޑެންސްގެ ތަފާތާ އެކު މެޗުން މޮޅުވީ އެވެ. ނޭޕާލުން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-11، 25-09 އަދި 25-05 އިންނެވެ.

ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅަށް ފަށައި އާމިނަތު އަރީޝާ އާއި ޝަހާ ޝާމިންގެ އެޓޭކްތަކާ އެކު ނޭޕާލަށް ކޮންމެ ވެސް ވަރަކަށް ޕްރެޝަރު ކުރި އެވެ. ސާވިސް އާއި ޑިފެންސްގައި ވެސް ސެޓު ފަށައިގެން ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުނެވެ. މެޗު ފެށިގެން 10-4 އިން ނޭޕާލުން ލީޑުނެގިތަނުން ރާއްޖޭގެ ޓީމުން ޓައިމްއައުޓެއް ނަގައިގެން ހަމަޔަކަށް އެޅުވޭތޯ ބެލި ނަމަވެސް ނޭޕާލްގެ އެޓޭކް ފެނުނީ ފަހަރަކަށް ވުރެ ފަަހަރެއް ވަރުގަދަކޮށެވެ. ނޭޕާލް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުންހިފައި އެ ޓީމުން ވަނީ ފުރަތަމަ ސެޓު 25-11 އިން ގެންގޮސްފަ އެވެ.

ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން.

ދެ ވަނަ ސެޓުގައި ވެސް ރާއްޖޭން ވަނީ ރަނގަޅަށް ފަށައިފަ އެވެ. އެކަަމަކު، ވަކި ހިސާބަކުން ނޭޕާލް ޓީމުން ގާތްގާތުގައި ގިނަ ޕޮއިންޓްތަކެއް އެއްކޮށް ބޮޑު ލީޑެއް ނެގީ އެވެ. ނޭޕާލުގެ ސާފިޔާ ޕުން އާއި ކެޕްޓަން އަރޫނާ ސާހީ އަދި ލިބަރޯ ޝާލިނާ ޝްރެސްތާގެ މޮޅު ކުޅުމާ އެކު އެ ޓީމުން މި ސެޓުތަކުގައި ތަފާތު ދެއްކި އެވެ.

ތިން ވަނަ ސެޓުގައި ނޭޕާލާއި ރާއްޖޭން ވެސް ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ނޭޕާލުން ސެޓު ފަށައި ވަރަށް ބޮޑު ލީޑެއް ނެގި އެވެ. މި ސެޓުގައި ނޭޕާލްގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ޕްރަތީބާ މާލީ ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. އަނިޔާއިން ރިކަވާވެގެން މި ފަހަރުގެ މުބާރާތުގައި ކުޅޭ ޕްރަތީބާގެ އެންމެ މޮޅު ކުޅުން އަދި ނުފެނެ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގެ އެވްރެޖް އުމުރަކީ 21 އެވެ. ފުރަތަމަ ދެ މެޗަށް ބަލާއިރު، ގައުމީ އަންހެން ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ) އަންނަނީ ހުރިހާ ކުޅުންތެރިންނަށް މެޗުތަކުގައި ފުރުސަތު ދީ ޓީމު އެކުލަވާލުމުގައި މުހިއްމު ބަދަލުތަކެއް ގެންނަމުންނެވެ.

ނޭޕާލް މެޗާ ބެހޭގޮތުން މިއަދު މުންތޭ ބުނީ މެޗަށް ނުކުތްއިރު ކުޅުންތެރިންނަށް ވިސްނައިދިނީ މި މެޗު އެހާ ބޮޑު ޕްރެޝަރެއްގެ ގޮތުގައި ނުނެގުމަށް ކަމަށާއި މިއީ ލިބޭ ވަރަށް ރަނގަޅު ޕްރެކްޓިސް މެޗެއްގެ ގޮތުގައި ބަލައިގެން ކުޅުމަށެވެ.

"ދެން ފެށިއިރު ފުރަަތަމަ ސެޓުގައި ރަނގަޅަށް ކުޅެވުނީމަ ދެން ފަހު ދެ ސެޓު (ކުޅުންތެރިން) މި ހިފީ މާ ބޮޑަށް މެޗު ގެންނަ ކަހަލަ ވިސްނުމުގައި ޕޮއިންޓަކަށް ފަހު ޕޮއިންޓެއް އަޅުވަން މާ ބޮޑަށް ހިފީ. ނޭޕާލް ޓީމު ކައިރީގައި މި އޮތް ރާއްޖޭގެ ޖޫނިއާ ޓީމަކަށް މާ ބޮޑު ކަމެއް ނުވާނެ އަދި،" މުންތޭ ބުންޏެވެ.

"އެކަމަކު، ވެސް ކުޅެން އަރާނީ ކޮންމެ ކުއްޖަކު ވެސް ކަމެއް ވޭތޯ. ހަގީގަތަށް ބުނާއިރު ޓީމުގައި މި ފަހަރު މަދު، އެކަމަކު ޖޫނިއާ ކުޅުންތެރިންނަށް ބަލާއިރު، (ނޭޕާލް ކައިރީގައި) ފުރަތަމަ ދެ ސެޓުގައި ރަނގަޅު،"

ރާއްޖެ އަށް މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ދެން އިން ތިން މެޗަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ލަންކާގެ އިތުރުން ކިރްގިސްތާން އަދި ބަންގްލަދޭޝް މެެޗެވެ. ރާއްޖޭން ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގައި ކިރްގިސްތާނާއި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

މުންތޭ ބުނީ ލަންކާއާ ކުޅޭއިރު ވެސް މެޗު ދާނީ ނޭޕާލް މެޗުގައި ދިޔަ ކަހަލަ ގޮތަކަށް ވަރުގަދަ ކޮށް ކަމަށާއި މޮޅުވާން ޓާގެޓް ކުރަނީ ކިރްގިސްތާނާއި ބަންގްލަދޭޝް މެޗު ކަމަށެވެ. މާދަމާ ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox