ފައިސާ ދައްކަން އިތުރު ފުރުސަތުދީ ޖާބިރު ދޫކޮށްލައިފި

ފައިސާ ދައްކަން އިތުރު ފުރުސަތުދީ ޖާބިރު ދޫކޮށްލައިފި

ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައި އެ ކުންފުނީގެ ވެރިޔާ، އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ގދ. ތިނަދޫގައި ހުންނަވަނިކޮށް ފުލުހުން ޖާބިރު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 7:40 ގަ އެވެ. އެއީ މިއަދު ހެނދުނު 10 ޖަހާއިރަށް ސިވިލް ކޯޓުގައި ތާވަލްކޮށްފައިވާ އަޑުއެހުމަކަށް ހާޒިރުކުރުމުގެ ގޮތުންނެވެ.

ޖާބިރު ދޫކޮށްލީ ސިވިލް ކޯޓުގެ މީޑިއ އޮފިޝަލް ވިދާޅުވި ގޮތުގައި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން މިއަދުގެ އަޑުއެހުމުގައި ޖާބިރު ދެއްވުމުން އިތުރު 10 ދުވަހުގެ މުއްދަތެއް އެކަމަށް ދިނުމަށްފަހު އެވެ.

ސިވިލް ކޯޓަށް ޖާބިރު ހައްޔަރުކޮށްގެން ހާޒިރު ކުރުމަށް ނިންމީ، ކޯޓަށާއި ޓްރައިބިއުނަލްއަށް އޭނާގެ ކުންފުނި ހާޒިރު ނުކުރެވުމުންނެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރީ ހެނދުނު ޖޮގިންއަށް ގޮސް އުޅެނިކޮށް ކަމަށެވެ.

"ކޯޓު އަމުރެއް ހިފައިގެން އައިސް އަޅުގަނޑު ދުވަން ހުއްޓަ ހައްޔަރު ކުރީ. ހައްޔަރުން ދޫކޮށްލީ އޮޅުމަކުންނޭ ކިޔާފައި، ބުނީ އަމުރު ބާތިލްވެއްޖެއޯ," ޖާބިރު ވިދާޅުވި އެވެ.

އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މެމްބަރަކު ހައްޔަރުކުރުމަށްފަހު މަޖިލީހުގެ ރައީސަށް އެކަން ފުލުހުން އަންގަންވާނެ އެވެ. އަދި އެ އެންގުން ލިބުމާއެކު އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްވާންޖެހެ އެވެ. ޖާބިރު މިއަދު ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox