އިރުވަޔާއެކު އުތުރު އިންޑިއާގެ ހިރަފުސްގަނޑު ރާއްޖެ މަތީގައި

މާލެއިން މިއަދު ހުޅުމާލެ ފެންނަ ގޮތް: ހިރަފުސްގަނޑު ރާއްޖެއިން ބޭރުވާނީ ރަނގަޅަށް ވިއްސާރަވެހުމުން ކަމަށް މެޓުން ބުނޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެއިން މިއަދު ހުޅުމާލެ ފެންނަ ގޮތް: ހިރަފުސްގަނޑު ރާއްޖެއިން ބޭރުވާނީ ރަނގަޅަށް ވިއްސާރަވެހުމުން ކަމަށް މެޓުން ބުނޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އުތުރު އިންޑިއާގެ ޖައްވުގައި އުފެދިފައި ހުރި ހިރަފުހާއި ބަންގާޅު ކަނޑުގެ ލޮނު، އިރުވަޔާއެކު ރާއްޖެއާ ހިސާބަށް ދަތުރުކޮށް އުތުރާއި މެދުރާއްޖެތެރެ ފުސްކޮށްލައިފި އެވެ.

މި ހިނގާ ޑިސެމްބަރު 10، ގައި މުލަ ނަކަތުން އިރުވައި މޫސުން ފެށުމާއެކު އުތުރުގެ ބައެއް ރަށްތަކާއި މެދުރާއްޖެ ތެރެ ވަނީ ވަރަށް ބޮޑަށް ފުސްވެފަ އެވެ. މާލެ މަތި ވެސް ފެންނަނީ އާދަޔާ ހިލާފަށް ފުސްކޮށެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސްގެ އޮފިޝަކަލު ބުނީ މިއީ ކޮންމެ އަހަރަކު ވެސް ދިމާވާ ކަމެއް ކަމަށާއި ނަމަވެސް މިދުވަސްވަރު އުތުރު އިންޑިއާގެ ޕޮލިއުޝަން ބޮޑުކަމުން އޭގެ އަސަރު ރާއްޖެއަށް ބޮޑަށް ކުރާ ކަމަށެވެ.

Advertisement

"އާންމުކޮށް ވެސް ވާ ކަމެއް މިއީ. އެކަމަކު މިހާރު އުތުރު އިންޑިއާގައި ޕޮލިއުޝަން މައްސަލަ ބޮޑު. އެހެންވީމަ ކުރިއަށްވުރެ [ރާއްޖެއިން ފެންނަ] ފުސްކަން ބޮޑު މިހާރު. މެދުރާއްޖެތެރެއަށް ފުރަތަމަ މިއަހަރު ފުސްކަން އައީ. އެކަމަކު މިހާރު އުތުރުން ވެސް ފާހަގަ ކުރެވޭ،" މޫސުމާ ބެހޭ އޮފީހުގެ އޮފިޝަލަކު ބުންޏެވެ.

މާލެ ކައިރީގައި އޮތް ސިފައިންގެ އުޅަނދެއް: މެދުރާއްޖެތެރެ އަދި އުތުރުގެ ސަރަހައްދުތަކުގައި ހިރަފުސްގަނޑުގެ އަސަރު ބޮޑު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާލެ ކައިރީގައި އޮތް ސިފައިންގެ އުޅަނދެއް: މެދުރާއްޖެތެރެ އަދި އުތުރުގެ ސަރަހައްދުތަކުގައި ހިރަފުސްގަނޑުގެ އަސަރު ބޮޑު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ކައިރީގައި އޮތް ސިފައިންގެ އުޅަނދެއް: މެދުރާއްޖެތެރެ އަދި އުތުރުގެ ސަރަހައްދުތަކުގައި ހިރަފުސްގަނޑުގެ އަސަރު ބޮޑު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހދ. ވައިކަރަދުއިން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ ފުސްގަނޑުގެ ސަބަބުން އެ ރަށުގެ އަތިރިމަތިން މިހާރު ކައިރި ރަށްތައް ނުފެންނަ ކަމަށެވެ. އަދި ބުނީ ރޭގަނޑު ރަށު ތެރެއަށް ވެސް ވަރަށް ބޮޑަށް ފުސްގަނޑު އަރާ ކަމަށެވެ.

"މިވަގުތު ވެސް އެހެން ރަށެއް ނުފެނޭ. ދެން ރޭގަނޑަށް ވަރަށް ފިނިވޭ. ގާތްގަނޑަކަށް ބުނާ ނަމަ 200 ފޫޓު ދުރުގަ ހުންނަ މީހާ ވެސް ނުފެނޭ،" އަތިރިމަތީގައި ހުރެ، އެ ރަށުގެ ކުރީގެ ކައުންސިލަރު އަހުމަދު ނަސީމު ވިދާޅުވި އެވެ.

.އިންޑިއާގެ ދިއްލީގައި ނަގާފައިވާ ފޮޓޯއެއް: ހިރަފުހުގެ މައްސަލަ ބޮޑުވެގެން މިދިޔަ ނޮވެމްބަރު މަހު ދިއްލީ ލޮކްޑައުން ކުރި -- ފޮޓޯ: ފައިލް
.އިންޑިއާގެ ދިއްލީގައި ނަގާފައިވާ ފޮޓޯއެއް: ހިރަފުހުގެ މައްސަލަ ބޮޑުވެގެން މިދިޔަ ނޮވެމްބަރު މަހު ދިއްލީ ލޮކްޑައުން ކުރި -- ފޮޓޯ: ފައިލް

އިންޑިއާގެ ދިއްލީގައި ނަގާފައިވާ ފޮޓޯއެއް: ހިރަފުހުގެ މައްސަލަ ބޮޑުވެގެން މިދިޔަ ނޮވެމްބަރު މަހު ދިއްލީ ލޮކްޑައުން ކުރި -- ފޮޓޯ: ފައިލް

މެޓު އޮފީހުން ބުނީ އާންމުކޮށް އެގޮތަށް އުފެދޭ ފުސްގަނޑު ދަނީ ވާރޭ ވެހިގެން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ ވެހުމުގެ ފުރުސަތު ކުޑަކަމުން، ފުސްގަނޑު ރާއްޖެ މަތިން ދާން ދުވަސްކޮޅެއް ނަގާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރެ އެވެ.

"ހަފްތާ ބަންދާއެކީ ފުސްކޮށް އޮންނާނެ ކަމަށް އަޅުގަނޑުމެން ލަފާ ކުރަނީ މި،" މެޓުން ވާހަކަ ދެއްކި އޮފިޝަލު ބުންޏެވެ.

އުތުރު އިންޑިއާގެ ދިއްލީގެ ވައިނުސާފުވާ މައްސަލަ ބޮޑުވެގެން އެ ސިޓީގެ ބައެއް ހިސާބުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ލޮކްޑައުންއަކަށް ގޮސްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އިންޑިއާއަކީ ދުނިޔޭގެ އެންމެ ވައިނުސާފު ގައުމެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އިންޑިއާގެ ވައި ރައްތާކެރި މިންގަނޑަށްވުރެ ހަތް ގުނަ ނުސާފެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox