މީޑިއާ އިން ލިބޭ މައުލޫމާތަށް ބަަލައި ރިލެކްސްވުން ގޯސް: މޯހަން

Dec 21, 2021, 12:08 PM
މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އިއްޔެގެ މެޗަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އިއްޔެގެ މެޗަށް ފަހު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ނޫނީ ޕްރެޒިޑެންޓްސް ކަޕްގެ ކުރިން އެކަށީގެންވާ ވަރަށް ޕްރެކްޓިސް ކުރި އެއްވެސް ޓީމެއް ނެތެެވެ. އޭގެ ސަބަބުން ގިނަ ޓީމުތަކުން މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރަނީ ސީޒަނަށް އަދި ރަނގަޅަށް ތައްޔާރުނުވެވޭ ވާހަކަ އެވެ. އެ ވާހަކަތައް މީޑިއާ އިން ގެނެސްދޭއިރު، އެ އަށް ބަލައިގެން މާޒިޔާ ކުޅުންތެރިން މެޗުތައް ފަސޭހަކޮށްލުން ރަނގަޅެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ވަނީ 5-0 އިން ކްލަބް ވެެލެންސިއާ ބަލިކޮށްފަ އެެވެ. އިއްޔެ ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މޮޅުވެވުނީ އުނދަގުލުންނެވެ. މެޗުގައި މާޒިޔާ އިން ގޯލު ޖެހީ ދެ ކޯނަރުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި މާޒިޔާގެ ފަހަތަށް ކުޅޭ ސަމޫހު އަލީ (ސަމުއްޓެ) އެ ޓީމަށް ލީޑުނަގައިދިނެވެ. އަދި ދެ ވަނަ ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ.

މެޗަށް ފަހު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ އިއްޔެގެ މެޗުން މޮޅުވެވުނީ އުނދަގުލުން ކަމަށާއި މޮޅުވުމުން ލިބޭ އެ ތިން ޕޮއިންޓްގެ ހިތްހަމަޖެހުން އޮތް ކަމުގައި ވިޔަސް ކުޅުމަށް ބަލާއިރު، އެންމެ ރަނގަޅެއް ނޫން ކަމަށެވެ. އަދި ފުރުސަތު ތަނަވަސް ނުކުރެވުނުއިރު، ކޮމްބިނޭޝަންގެ މައްސަލަ އާއި ރަނގަޅު ގޭމެއް ނުކުޅެވުނުކަން މޯހަން ފާހަގަކުރި އެެވެ.

ހަތް މަސް ކޮށްފައި ހަވީރު ފުރަތަމަ މެޗު ކުޅުމުން އެ މައްސަލަތައް ދިމާވެދާނެނޫންތޯ ނޫސްވެރިއަކު އެހުމުން މޯހަން ބުނީ އުނދަގޫތައް ކުރިމަތިވީ ހަވީރު ކުޅެން ޖެހުމުން ފިޒިކަލް ފިޓްނަސް ދަށްވެގެން ނޫން ކަމަށެވެ. މައްސަލަ އަކީ މާ ބޮޑަށް މެޗު ފަސޭހަކޮށްލެވެނީ ކަމަށް މޯހަން ބުންޏެވެ.

"އިދިކޮޅު ޓީމަށް ބަލާފައި ފަސޭހަކޮށްލެވޭ ކަންތައް މިއީ. މީޑިއާތަކުގައި މި ދެކެވޭ ވާހަކަ އާއި އެ ޓީމު ތައްޔާރު ނުވާ ވާހަކައާ އެ ކަންކަން. މި ކަންތައްތައް އައީމަ ކުޅުންތެރިން ވެސް ކިޔާނެ (މީޑިއާގައި ހުންނަ) ހުރިހާ އެއްޗެއް. އެއަށް މާ ބޮޑަށް ރިލެކްސް ވެވެނީ ހަގީގަތުގައި،" މޯހަން ބުންޏެވެ.

"އެކަން ޖެހޭނީ ބަދަލުކުރަން. އެޓިޓިއުޑް ބަދަލުކުރަން ޖެހޭނީ އެކަން ބަދަލުނުކޮށެއް އުނދަގޫވާނެ މީގެ ޓީމުތަކާ އެކީގައި ކޮންމެ މެޗެއް ވެސް މިހާ އުނދަގޫކޮށް ދާނީ،"

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން 2015 ވަަނަ އަހަރު ހޯދި މާޒިޔާ އިން ދެން އެންމެ އަވަަހަށް ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ކުޅޭނީ އީގަލްސްއާ އެވެ. އީގަލްސް ވަނީ ރޭ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox