ފެހެންދޫގެ އިންގިލާބީ ބަނދަރު: ތިމާވެއްޓަށް ލިބުނު މޮޅެއް

ފެހެންދޫގައި ރަށާ ވަކިން ހެދި ބަނދަރު: މި ބަނދަރު ރަށާ ގުޅުވާލާފައިވަނީ ދަށުން އޮއިދެމޭ ފާލަމަކުން-- ފޮޓޯ: އެމްޓީސީސީ

ފެހެންދޫގައި ރަށާ ވަކިން ހެދި ބަނދަރު: މި ބަނދަރު ރަށާ ގުޅުވާލާފައިވަނީ ދަށުން އޮއިދެމޭ ފާލަމަކުން-- ފޮޓޯ: އެމްޓީސީސީ

މާ ސިންގާ ބިޔަ ކަނޑުގައި، ބ. އަތޮޅުގައި ވަކިން އޮތް ތިލަ ފަޅެއްގައި އުފެދިފައިވާ ތިން ރަށުގެ ތެރެއިން، އެއް ރަށަކީ މަޑި ކައްޓެއްގެ ބައްޓަމަށް އޮތް ހިތްގައިމު ފެހެންދޫ އެވެ. މީސްކޮޅު ވަރަށް މަދު ގުދުރަތީ ވެއްޓަށް ގެއްލުމެއް ނުލިބި ވަށައިގެން މޫދު އޮތް، ސާފު ރަށެކެވެ.

ފެހެންދޫ މިހާރު ހާއްސަ ވެގެން ދަނީ އެރަށާއި މުޅިން ވަކިން ހަނދު ފަޅިއެއްގެ ބައްޓަމަށް ހެދި މުޅިން އާ ބަނދަރުގެ ސަބަބުންނެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ރަށާއި ވަކިން އޮންނަ ގޮތަށް ހެދި ފުރަތަމަ ބަނދަރެވެ. ރަށުގެ ގުދުރަތީ ވެށި ހިމާޔަތް ކުރެވޭ ގޮތަށް ޕްލޭނިން މިނިސްޓްރީން ތައްޔާރުކުރި ހާއްސަ ކޮންސެޕްޓަކަށް، މި ބަނދަރު ތަރައްގީކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެވެ.

ރަށުގެ ހުޅަނގު ކޮޅުގައި ހިތްގައިމު ތުނޑިއެއް އޮތް ފެހެންދޫ އަކީ މީގެ ކުރިން ލަފާފުރުން އިންތިހާ އަށް ދަތި ރަށެވެ. ރަށަށް އަންނަ ކުދި އުޅަނދުފަހަރު ވެސް ތިލަ ފަޅުގައި ބީހި، ދޯނިން ފޭބޭނެ ގޮތެއް ނެތިފައި ފަސް، ހަ ގަޑިއިރު ހޭދަކުރަން ޖެހިފައި އެބަހުއްޓެވެ. ރަށުގައި އަޅާފައި އޮންނަ ފާލާމާ ހަމައަށް ނާދެވި، ދޯނީގައި އެތައް ގަޑިއިރެއް ބައެއް ފަހަރު މަޑުކުރަން ޖެހެ އެވެ.

ބ. ފެހެންދޫ ތިލަ ފަޅު ތެރޭގައި ބަޔަކު ހިނގާފައި އަންނަނީ: ހިކި ދިޔާގައި ކުދި ދޯނިފަހަރު ވެސް ފަޅަށް ބީހޭ -- ފޮޓޯ ފެހެންދޫ އެފްބީ ޕޭޖް

"އެހެން ރަށެއްގައި ކިޔަވަން ހުރިއިރު، ރަށަށް ދިޔަ ކިތަންމެ ދުވަހަކު، ހަވީރު ހައެއް ޖަހާއިރު ގޮސް ރޭނގަޑު އެގާރަ ޖަހަންދެން ވެސް ފަޅުގައި ތާށިވެފައި ތިބިން،" ފެހެންދޫ ކައުންސިލް އިދާރާގެ މުވައްޒަފަކު އެނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

ފެހެންދޫގައި ދަރިވަރުން މަދުވުމުން އެ ރަށުގެ ކުދިން ކޮންމެ ދުވަހަކު ވެސް ކިޔަވަން ދަނީ ތިން މިނިޓުން ދެވޭ ހިސާބުގައި އޮންނަ ގޮއިދޫ އަށެވެ. ރަށުގައި އެކަށީގެންވާ ހިދުމަތް ތަކެއް ލިބެން ނެތުމުން ބޭސް ފަރުވާ އާއި އެ ނޫން ގިނަ ބޭނުންތަކުގައި ވެސް ރަށުން ބޭރަށް ދާންޖެހެ އެވެ. އާބާދީގެ ބޮޑު ބައެއް އެހެން ރަށް ރަށުގައި ދިރިއުޅޭ އިރު، ރަށް ދޫކޮށް، ލަފާފުރަން ފަސޭހަ ރަށަކަށް ހިޖުރަ ކުރުމުގެ ވިސްނުން ފެހެންދޫ މީހުންގެ އޮތެވެ.

ބ، ފެހެންދޫ އަށް މީހުން އަރާ ފޭބުމަށް ހަދާފައިވާ ފާލަމެއް: ހިކި ދިޔާގައި ދޯނި ފަހަރަށް ފާލަމާ ހަމައަކަށް ނޭދެވޭ-- ފޮޓޯ/ ފެހެންދޫ އެފްބީ ޕޭޖް

"ހިތަށް ގެންނަވާ، ތިލަ ފަޅެއްގަ އޮތް، ބަނދަރެއް ނެތް ރަށަކަށް މީހުން ފައިބާނެ ގޮތެއް، ދިޔަވަރު ހިކިފައި އޮވެގެން ބަލި މީހުން ވެސް ދޯނިން ނުބޭލި އެތައް ގަޑިއިރަކު ތިބެން ޖެހުނު،" ފެހެންދޫ ކައުންސިލުގެ ރައީސް ޖާދުއްﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށަށް ބަނދަރެއް ލިބުމާއި އެމްޓީސީސީން އެ ރަށުގަ ހެދި ބަނދަރަކީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ ގޮތަށް ރަށާއި މުޅިން ވަކިން ހާދާފައިވާ ބަނދަރަކަށް ވުމުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަޅުގަނޑަށް ވެސް ފެނޭ ބަނދަރު ކަމުގޮސްގެން މީހުންކޮށްފަ ހުންނަ ޕޯސްޓްތައް،" އޭނާ ވިދާޅުވި އެވެ.

ފެހެންދޫގެ ގޮނޑުދޮށާއި ފަންސާހަކަށް ފޫޓު ދުރުގައި އެމްޓީސީސީން އެ ރަށުގެ ބަނދަރު ހަދާފައި ވަނީ ހަނދު ފަޅިއެއްގެ ބައްޓަމަށް ފުޓްބޯޅަ ދަނޑެއްވަރުގެ ތަނެއް ވަކިން ހިއްކައި، ދަށުން އޮއި ދެމޭ ގޮތަށް ކޮންކްރީޓް އެޅި ފާލަމަކުން ގުޅާލައިގެންނެވެ.

ޕްލޭނިން މިނިސްޓްރީން ފަރުމާކުރި ކޮންސެޕްޓަށް ތައްޔާރުކުރި އެ ބަނދަރުން ރަށުގެ ވެށްޓަށް ނޭދެވޭ ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. ޒަމާނުއްސުރެ ހަދަމުންދާ ބަނދަރުތަކުން ރަށުގެ ދައުރުވާ އޮޔަށް ބަދަލު އާދެ އެވެ. ނަމަވެސް، ފެހެންދޫގައި ތަރައްގީކުރި ބަނދަރުން، ރަށް ވަށައިގެން އޮއި ދައުރުވާ އޮޔަށް ބަދަލެއް ނައިސް އެގޮތުގައި ދައުރު ވޭވެ ހުންނާނެ އެވެ.

ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ސަމާލުކަން ފެހެންދޫ ބަނދަރަށް ލިބެމުން އަންނައިރު، ރަށާ ވަކިން އޮންނަ ގޮތަށް އެ ބަނދަރު ހެދުނީ އެކަމަށް ރައްޔިތުންގެ އެއްބާރުލުން ލިބުމުން ކަމަށް އެމްޓީސީސީން ފާހަގަ ކުރެ އެވެ.

"މިރަށުގެ މީހުން ކޮމިޔުނިޓީގެ ނިންމުމަށް ވަރަށް ތާއީދު ކުރާނެ، އެންމެންނަށް ފައިދާ ހުރި ކޮންމެ ކަމަކަށް ރައްޔިތުން އެއްބާރުލުން ދޭނެ،" ރަށު ކައުންސިލް ރައީސް ޖާދުއްﷲ ވިދާޅުވި އެވެ.

"މަސް މާރުކޭޓާއި ކެފޭ އާ ތަންތަން ހަދާ، ބަނދަރަށް ހިއްކާފައިވާ ސަރަހައްދު ތަފާތު ގޮތަކަށް ތަރައްގީ ކުރަން އެބަ ވިސްނަން. ލޭންޑް ޔޫސް ޕްލޭން ހަދާއިރު އެކަންކަން އަންނާނެ."

ބ. ފެހެންދޫ ބަނދަރު: އެމްޓީސީސީން މި ބަދަރު ހަދާފައިވަނީ ރަށުގެ ވަށައިގެން އޮއި ދައުރުވުމަށް ބުރުލެއް ނާންނާނެ ގޮތަށް-- ފޮޓޯ އެމްޓީސީސީ

ރާއްޖޭގެ ގިނަ އެހެން ރަށްރަށުގަ ބަނދަރު ހަދާފައިވަނީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުމަށް މާބޮޑު ބެލުމެއް ނެތި އޮޑިވެރިންނާއި ނުފޫޒު ގަދަ ވިޔަފާރިވެރިން ނުވަތަ ސިޔާސީ އެހެން ފަރަތަކުން ބޭނުންވާ ގޮތަށް ބޭނުންވާ ތަނެއްގަ އެވެ. ބަދަރު ހަދައި، ވަރަށް ގިނަ ރަށްރަށުގެ މޫދު އެއްކޮށް ނެތިކޮށްލާފައިވާއިރު ވަރަށް ގިނަ ރަށްތަށުގެ ގުދުރަތީ ހިތްގައިމުކަން ވަނީ ގެއްލުވާލައިފަ އެވެ.

ތަރައްގީއާއެކު ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސިކްސް ސެންސަސް ރިސޯޓުގެ ސަސްޓެއިނިބިލިޓީ މެނޭޖަރު އާދަމް ތަލްހަތު، ފެހެންދީ ބަނދަރަށް އިޝާރަތް ކުރައްވާ ވިދާޅުވީ، ރަށް ވަށައިގެން ވެލިގަނޑު ދައުރުވާން ފުރުސަތު ލިބޭ ގޮަތަށް ހެދުމުން ބަނދަރު ހެދިއަސް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ކަމެވެ.

ގާތްގަނޑަކަށް 45.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ތަރައްގީ ކުރި ފެހެންދޫ ބަނދަރުގައި 214 މީޓަރުގެ އެއްގަމު ތޮއްޓަކާއި 130 މީޓަރު ދިގު، ބޭރު ތޮއްޓެއް ލާފައިވެ އެވެ. އަދި 317 މީޓަރުގެ ރިވެޓްމަންޓަ ޖަހާފައިވާރިއު، 908 އަކަ މީޓަރުގެ ސަރަހައްދެއްގައި ވަނީ ޕޭވްމަންޓް އަޅާފަ އެވެ. ބަނދަރާ ހަމައަށް އޮޑިފަހަރު ދާނޭ މަގު ހެދުމަށް ބައި ކިލޯމީޓަރު ހުންނަ ވަރުގެ ދިގު ނެރެއް ފުންކޮށްފައިވެ އެވެ.

ފެހެންދޫ ކައުންސިލުން ބުނީ ބަނދަރުގަ ނުނިމިހުރި ބައެއް ކުދިކުދި މަސައްކަތްތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އުންްމީދު ކުރާ ކަމަށެވެ.

ބ. ފެހެންދޫ ހިތަގައިމު ތުނޑީގައި ކުޑަ ކުއްޖަކު ދުވެލާފައި ދަނީ-- ފޮޓޯ/ ފެހެންދޫ އެފްބީ ޕޭޖް

"ސައްބީސް ހެކްޓަރު ހުންނައިރު މި ރަށުގައި މީހުން ދިރިއުޅެނީ 17 ވަރަކަށް ހެކްޓަރުގަ ވަރަށް ކުޑަ ތަންކޮޅެއްގަ، ބަނދަރު އައުމާ ގުޅިގެން އިތުރު ވިޔަފާރީގެ ފުރުސަތުތައް އަނާނެ ކަމަށް ބެލެވޭ، ވިސްނުން އެބައޮތް ގެސްޓު ހައުތަކަށް ފުރުސަތު ހުޅުވާލަން،" ޖާދުއްﷲ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު އަތޮޅުގަ އޮތް ފެހެންދޫގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ކުރަނީ ފަރުމަހުގެ މަސްވެރިކަމެވެ. ނަމަވެސް މިހާރު އެ ރަށުގައި ހަތަރު ހެސްޓް ހައުސް އެއްގައި 60 އެނދު ހިންގަމުން ގެނދެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަތަކުގެ ތެރެއިން ހަނިދިގު ފެހެންދޫ އަކީ، މޫދާއި ގޮނޑުދޮށް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ދެމި އޮތް މަދު ރަށެއްގެ ތެރެއިން އެއް ރަށެވެ. އަލަށް ލިބުނު ހިތްގައިމު ބަދަރާ އެކު، ފެހެންދޫ އަކީ ތިމާވެށި ހަލާކު ނުކޮށްލަ ޖަޒީރާ ވަންތަ ގޮތެއްގައި ތަރައްގީ ކުރަން އެންމެ އެކަށީގެންވާ އެއް ރަށެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox