ރައީސްގެ ފާޑުވިދާޅުވުން މުއިއްޒުގެ މެނިފެސްޓޯއަށް: "އަކުރާއި ފިލި ބަދަލުކޮށްގެން އިއުލާންކުރީ ނިންމާފައިވާ ކަންކަން"

ރައީސް ސޯލިހު ބ. ފެހެންދޫގައި ވާހަކަދައްކަވަނީ; ވާދަވެރި ކެންޑިޑޭޓް މުއިއްޒަށް ފާޑުކިއުން އަމާޒުކުރެއްވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހު ބ. ފެހެންދޫގައި ވާހަކަދައްކަވަނީ; ވާދަވެރި ކެންޑިޑޭޓް މުއިއްޒަށް ފާޑުކިއުން އަމާޒުކުރެއްވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރިޔާސީ އިންތިހާބަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި "ތާކުންތާކު ޖެހޭ އެއްވެސް އެއްޗެއް ނެތް" ކަމަށާއި އެއީ އެމްޑީޕީގެ މެނިފެސްޓޯގައިވާ އަކުރާއި ފިލި ބަދަލުކޮށްގެން އިއުލާންކޮށްފައިވާ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބ. ފެހެންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ, ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދާއިރު, ކެންޑިޑޭޓުން ތަފާތު ވައުދުތައް ވަމުންދާނެ ކަމަށެވެ. ނަމަވެސް ކުޑަކޮށް ވެސް ބަލާލަން ޖެހޭ ބަޔަކަށް ތިބޭނީ ޕީއެންސީ ކަމަށް ވިދާޅުވި އެވެ.

"ޕީއެންސީން އެ ހުށަހަޅާ މެނިފެސްޓޯގައި އެ ކިޔާ އެއްޗެއް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ބަލާލަން ޖެހޭނެ. ދެނެއް ނެތް, އަޅުގަނޑަކަށް ނުފެނޭ މާބޮޑު ވިޝަނެއް އޮވެގެނެއް, ސިޔާސަތުތަކެއް އޮވެގެންނެން ކުރިމަތިލައިގެން އުޅޭ ބޭފުޅުންނެއް ތިބިހެންނެއް," ޕީއެންސީއަކީ އަލަަށް އައިސްގެން އުޅޭ ޕާޓީއެއްކަން ކިޔައިދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, މުއިއްޒުގެ މެނިފެސްޓޯގައި އަކީ, އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ބައެއް އަކުރުތަކާއި ފިލިތައް ބަދަލުކޮށްގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. އަދި ހައުސިން ބޭންކު ފަދަ ކަންކަމަކީ އެމްޑީޕީން އިއުލާނުކޮށް ނިންމާފައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވާދަވެރިން ރޭގަ ވިދާޅުވި ހައުސިން ބޭންކެއްގެ ވާހަކަ. ބަލަ އަޅުގަނޑުމެން އިއުލާންކޮށް ނިންމައިފީމޭ އެވާހަކަ. ލުއި ލޯނު ދޭނެ ވާހަކައާ އެއްޗެހި. އޭގަ ހުރި ބައެއް އަކުރު ބަދަލުކޮށްލާފަ, ފިލި ބަދަލުކޮށްލާފަ އެބަ ވިދާޅުވޭ. އެކަމަކު ވެސް އެ ދައްކަވަނީ އަޅުގަނޑުމެން އިއުލާނުކޮށް ނިންމާފައި ހުރި ކަންތައްތަކުގެ ވާހަކަ." ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކަށް ފާޑު ވިދާޅުވުން އަމާޒުކުރައްވައި ރައީސް ވަނީ, އިދިކޮޅު ކެންޑިޑޭޓް މުއިއްޒު މިދިޔަ ހަފްތާގައި ކުޑަހުވަދޫއަށް ވަޑައިގެން ސްކޫލު ބޮޑު ޗުއްޓީ ބަދަލުކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާފަ އެވެ.

"މީގެ ދެތިން ދުވަސްކުރިން ހަމަ ނިކުމެވަޑައިގެން ވިދާޅުވީ ތިމަންނަ ހަމަ އަންނަ ގޮތަށް އައިސް އެ ބަދަލުކޮށްލާނަމޭ. ޖެހިގެން އައި ދުވަހު ވިދާޅުވީ ކުރީގައި އޮތް ގޮތަށް އަނެއްކާވެސް ތިމަންނަ ބަދަލުކުރާނަމޭ. އެއްވެސް ބަދަލެއް ދެން ތިމަންނަ ނުގެންނާނަމޭ," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ހެދީ, ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ބޮޑު ޗުއްޓީގެ އިތުރުން ރައީސް ވަނީ މުއިއްޒު, ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނަވާއިރު. ހަތް އަހަރު ޕްލޭނިން މިނިސްޓަރު ކަމުގައި ހުންނަވާ އެކަން ނުކުރައްވާ ކަމަށް ވިދާޅުވެ ބަހުގެ ހަމަލާ އަމާޒުކުރައްވާފަ އެވެ.

"ކުރިއަކުން ނުފެނޭތޯ މިރަށުގައި ފެނާއި ނަރުދަމާ ނެތްތަނެއް؟ ކަރަންޓުގެ ހިދުމަތް ނުލިބިގެން މީހުންގެ ޓީވީތަކާއި އަައިސްއަލަމާރިތަކާއި, އެއާ ކޮންޑިޝަންތަކާ ފުނޑުފުނޑުވެގެން ދިޔަތަނެއް," ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން; ރިޔާސީ ކެމްޕޭނުގައި ފެހެންދުއަށް ވަޑައިގެން ވާދަވެރި ކެންޑިޑޭޓަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް
ރައީސް ސޯލިހާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން; ރިޔާސީ ކެމްޕޭނުގައި ފެހެންދުއަށް ވަޑައިގެން ވާދަވެރި ކެންޑިޑޭޓަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން; ރިޔާސީ ކެމްޕޭނުގައި ފެހެންދުއަށް ވަޑައިގެން ވާދަވެރި ކެންޑިޑޭޓަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ދެން ރައީސް ފާހަގަކުރެއްވީ ގުޅިފަޅުން މިހާރު ދީފައި ހުރި ގޯތިތަކުގައި ގެ އަޅައިދެއްވުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދެވެ. އެކަމާ ގުޅުވައި ރައީސް ވަނީ, މީގެ ކުރިން ގުޅީފަޅުން ދީފައިވާ ގޯތިތައް މުއިއްޒުގެ މިނިސްޓަރު ކަމުގައި އަތުލިކަން ފާހަގަކުރައްވާފަ އެވެ.

"ކީއްތޯ ކުރެއްވީ އެމަނިކުފާނު ކުރީގައި މިނިސްޓަރު ކަމުގައި ހުންނަވައިގެން. އެތަނުން [ގުޅީފަޅުން] ކުރީ ސަރުކާރުން ދީފައި ހުރި ގޯތިތައް ނެގީއޭ. ނަގާފަ ބަދަލެއް ވެސް ދިނީއަކީ ނޫން. އޭރުގަ އެމްޑީޕީގެ ސަރުކާރުން އެތަން ހިއްކީ ބަޔަކާ ކޮންޓްރެކްޓެއް ހަދައިގެން. އެމީހުންނަށް ދޭން އޮތް ލާރި ވެސް ނުދިން. ނުދީ އޭރު ދޫކޮށްފައި ހުރި ފްލެޓުތައް ވެސް އަނބުރާ ނެގީ." ރައީސް ވިދާޅުވި އެވެ.

ގުޅީފަޅުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް ބަދަލު ދޭން ޖެހުނީ ވެސް މި ސަރުކާރުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, މުއިއްޒު ދައްކާ ވާހަކަ ގަބޫލު ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބާ ދެމެދު ހުރި ދުވަސްތަކުގައި އެކަންކަމާމެދު ރައްޔިތުން ވިސްނުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ފަހަރަކު އެއްޗެއް ފަހަރަކު އެއްޗެއް ކިޔައިލެވިދާނެ. އެއްގޮތަކަށް ވެސް ނެތް އޭގައި ތާކުންތާކު ޖެހޭ ހަމަ އެއްޗެއް. ގަބޫލުފުޅު ނުކުރައްވައްޗޭ," މުއިއްޒުގެ މެނިފެސްޓޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވެސް ރައްޔިތުންނަށް ހެޔޮ ހިތުން ކަމެއް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަން ފާހަގަކުރައްވާފަ އެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ އޭނާ އިންތިހާބަށް ހުށަހަޅާ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ. އެ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި އިސްކަން ދީފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުމަށެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ފަރާތުން ހުށަހަޅާ "އުފާވެރި އަމާންރާއްޖެ" މެނިފެސްޓޯގެ ތިން ސިޔާސަތެއް މިހާތަނާށް ވަނީ ހާމަކޮށްފަ އެވެ. އަދި އިތުރު ދެ ސިޔާސަތެއް އެ ޕާޓީން ރައްޔިތުންނަށް ހުށަހަޅާނެ އެވެ. އެމަނިކުފާނު ސިފަކުރައްވާ ގޮތުގައި މުއިއްޒުއަކީ މި އިންތިހާބުގެ އެންމެ ވާދަވެރި ކެންޑިޑޭޓަށް ވާނެ ބޭފުޅާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox