ތަފާތު ބޮޑުކޮށް ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ފުރަތަމަ މޮޅު

Dec 19, 2021, 7:54 PM
ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) އަތުން 5-0 އިން މޮޅުވެ، ކްލަބު ވެލެންސިއާ އިން ސީޒަނުގެ ފުރަތަަމަ މޮޅު ހޯދައިފި އެވެ.

މި މެޗަށް ވެލެންސިއާ އިން ކުރިމަތިލިއިރު، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-0 އިން ބަލިވެފަ އެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވެ، ޕްރެޒިޑެންޓްސް ކަޕްގައި ފެށުން ރަނގަޅުކުރުމަކީ އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

ޒުވާން ޓީމަކާ އެކު، މިރޭގެ މެޗަށް ނުކުތް ޔޫވީން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. އެކަމަކު، މެޗުގައި ފެނިގެންދިޔައީ ވެލެންސިއާގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތެވެ.

ވެލެންސިއާ އިން މިރޭގެ މެޗަށް ނިކުތްއިރު، ޗެރިޓީ ޝީލްޑް މެޗުގައި ފުރަތަމަ 11 ގައި ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) މިރޭގެ މެޗުގައި ނުކުޅެ އެވެ. އަނިޔާގެ ސަބަބުން ދަގަނޑޭ ކުޅުމާ ދުރުގައި ހުރިއިރު، ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާފިއު މުހައްމަދު ވަނީ މެޗަށް ފަހު ބުނެފަ އެވެ.

ޔޫވީ ކޮޅަށް ވެލެންސިއާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން، ދެ ލަނޑު ޖަހައިދިނީ ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެންޓޭ އަކީ މި ފަހަރު ވެލެންސިއާގެ ކެޕްޓަނެވެ. މިދިޔަ ސީޒަނު ބޭންޑް އަޅައިގެން ކުޅުނީ ދަގަނޑޭ އެވެ.

ވެލެންސިއާ އަށް ދެން ލަނޑު ޖަހައިިދިނީ ސްޕެއިންގެ ފޯވަޑް ބޯހާސް މާޓިން ގޮންޒާލޭޒާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެންއެރި ހުސެއިން ހަންނާނެވެ.

ވެލެންސިއާގެ ސެންޓޭ (ވ) ޔޫވީ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ވެލެންސިއާ އިން ލީޑު ނެގުމާ ހަމައަށް، ޔޫވީން ރަނގަޅު ކުޅުމެއް ދައްކައި، ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދި އެވެ. މެޗުގެ 27 ވަނަ މިނިޓުގައި ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކޮންޓުރޯލް ކޮށްލުމަށް ފަހު، ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ހުރަހަކަށްވީ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. ދެ ވަނަ ފަހަރަށް އެ ބޯޅަ ލިބުނު ބައްސާމް އޭރިޔާ ތެރޭގައި ހުރި އަލީ ހައިޝަމް (ޗުމްޕު) އަށް ބޯޅަ ޖައްސާލި ނަމަވެސް، ޗުމްޕު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން، ޔޫވީގެ މުހައްމަދު ރީހާން ވެސް އޭރިޔާ ތެރެއިން ރަނގަޅު ބޯޅައަކަށް އަރައި، ގޯލާ ދިމާލަށް ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ފައިސަލް ވަނީ ހުށިހާރުކަމާ އެކު އެ ބޯޅަ ދިފާއުކޮށްފަ އެވެ. އަދި މެޗުގެ 31 ވަނަ މިނިޓުގައި ޗުމްޕު އަށް ވެސް ޔޫވީ އަށް ލީޑު ހޯދައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗުގެ 42 ވަނަ މިނިޓުގައި ވެލެންސިއާ އަށް ލީޑު ހޯދައިދިނީ ސެންޓޭ އެވެ. އޭރިޔާ ބޭރުން ބޯހާސްއާ އެކު "ވަން ޓޫ"އެއް ކުޅެލުމަށް ފަހު، އޭރިޔާ ތެރެއިން ހުސް ޖާގައެއް ހޯދައިން ސެންޓޭ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ވެލެންސިއާ އިން ލީޑު ނެގިތާ މިނިޓެއްހާއިރު ތެރޭގައި، ޔޫވީގެ ބައްސާމް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިބުނު ހުސް ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. އޭރިޔާ ތެރެއިން ބައްސާމް އަށް ލިބުނު ބޯޅަ، ރަނގަޅަށް ޖަހާލަން ފުރުސަތު ނުލިބެނީސް ކީޕަރު ފައިސަލް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާގެ ދެވަނަ ލަނޑު ވެސް ޖެހީ ސެންޓޭ އެވެ. މި ފަހަރު ވެސް، ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީ ބޯހާސް އެވެ.

ވެލެންސިއާ އިން ލީޑު ފުޅާކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެވެ. އިތުރު ވަގުތުގައި ވެލެންސިއާގެ މިޑްފީލްޑަރު ހަލީލް ވަނީ އޭރިޔާ ރޮނގުމަތިން، ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އަދި މެޗުގެ ފަހު މިނިޓުގައި، ވެލެންސިއާގެ ހަންނާން ވަނީ ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފައި، ވެލެންސިއާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ތަފާތަކަށް ފެނުނީ ވެލެންސިއާގެ އިންޑިވިޖުއަލް ކުޅުންތެރިންގެ މޮޅުކަން ކަމަށެވެ. މަދުވެގެން ޕޮއިންޓެއްގެ ޓާގެޓާ އެކު މެޗަށް ނުކުމެ ތަފާތު ބޮޑުކޮށް ބަލިވުން އެއީ ބޭނުންވި ގޮތެއް ނޫން ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މާދަމާ ރޭ ކުޅޭ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނަނީ ޓީސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox