މާޒިޔާ އަށް ކާމިޔާބު ހޯދުން ނޫން ގޮތެއް ނޯންނާނެ: މޯހަން

ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ޓީމު މިހާރު ބައްޓަންވެފައި އޮތްގޮތަށް ބަލާއިރު، އެ ޓީމުން ރާއްޖޭގެ ކޮންމެ މުބާރާތަކަށް ނުކުތް ކަމުގައި ވިޔަސް ކާމިޔާބު ހޯދުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މޯހަންގެ ކޯޗުކަމުގައި މާޒިޔާ އިން ފެށީ ރަނގަޅު ޓްރެކުގަ އެވެ. އެ ޓީމުން ވަނީ މިިދިޔަ ބުދަ ދުވަހުގެރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މޮޅު ކުޅުމެއް ދައްކައި 5-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. އެ މެޗު ކުޅުނުތާ ފަސް ވަރަކަށް ދުވަސް ތެރޭ ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ބައްދަލުކުރާނެ އެވެ.

ސަސްއާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ވެލެންސިއާ މެޗާއި ސަސްގެ މެޗާ ދެމެދު މާ ގިނަ ދުވަހެއް ނުލިބުނު ކަމުގައި ވިޔަސް މި މުއްދަތަކީ ރިކަވަރީ އަށް ބަލާއިރު، ރަނގަޅު ވަގުތެއް ކަަމަށެވެ. އެހެން ޓީމުތަކުގެ ޕްރީ ސީޒަން ތައްޔާރީތައް ލަހުން ފެށުމުން ޕްރެޒިޑެންޓްސް ކަޕަކީ ޓީމު ހާނުވާލަން ލިބޭ ރަނގަޅު މެޗުތަކެއްގެ ގޮތުގައި ދެކުނަސް މާޒިޔާގެ ވިސްނުން އޮތީ ކާމިޔާބަށް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"މާޒިޔާ އަށް ކޮންމެ މުބާރާތަކީ ވެސް މުހިއްމު މުބާރާތެއް. މި އޮތް ބޮޑު ސްކޮޑާ އެކީގައި މާޒިޔާ އަށް ކާމިޔާބީ ނޫން ގޮތެއް ނުއެއް އޮންނާނެ. އެހެންވީމަ، އަޅުގަނޑުމެން ދުރާލާ މާޒިޔާ މެނޭޖްމަންޓުން ހުރިހާ ކަމެއް މި ކުރަނީ ވެސް ކާމިޔާބު ހޯދުމުގެ ބޭނުމުގައި. ޓާގެޓަކީ މި މުބާރާތް ކާމިޔާބު ކުރުން،" މޯހަން ބުންޏެވެ.

މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފުރަަތަމަ މެޗަށް ނުކުންނައިރު، ސީޒަނުގައި މެޗެއް ކުޅެފައި (ޗެރިޓީ ޝީލްޑް މެޗު) އޮތުމުން ހިތްހަމަޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ކުޅުން ފެނިފައި، ކުޅުންތެރިންގެ މި ވަގުތުގެ ލެވަލް އެނގުމުގެ އިތުރުން ޕްރެކްޓިހުގައި ކުރި މަސައްކަތާ އެއްވަރަށް މެޗުގައި ކުޅެވުނުތޯ ރަނގަޅަށް ވަޒަންކޮށްލެވޭނެ އެވެ. މޯހަން ބުނީ އެ ހުރިހާ ކަމަކަށް ބަލާއިރު، އެއީ މާޒިޔާ އަށް އެޑްވާންޓޭޖް ކަމަށެވެ.

"ދެން އިދިކޮޅު ޓީމާ (ސަސްއާ) ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ޕްރެކްޓިހެއް ނޫނީ މެޗެއް ނުފެންނާތީ އެ ހުންނަ އުނދަގޫތަކެއް ހުރީ. އަނެއް ހެން މާ ބޮޑު މައްސަލައެއް ކަމަށް ނުދެކެން،" މޯހަން ބުންޏެވެ.

ސަސްގެ ކުޅުން ނުފެނި، އެ މެޗަށް ތައްޔާރުވާން މި ލިބުނު މުއްދަތު މިއީ ގެއްލުމެއްގެ ގޮތުގައި ވެދާނެތޯ އެހުމުން މޯހަން ބުނީ މާޒިޔާ އިން ތައްޔާރުވީ މުޅި ސީޒަން ކަމަށާއި ވަކި މެޗަކަށް ހާއްސަ ގޮތްގޮތަށް ނޫން ކަމަށެވެ.

"ތައްޔާރުވީ ވަކި އެއް މެޗަށް ނޫން، މުޅި ސީޒަނަށް ތައްޔާރު މި ވަނީ ސީޒަންގައި އަޅުގަނޑުމެން ކުޅޭނީ ކިހިނެއްތޯ. ދެން މެޗުތަކަށް އަންނާނީ އިދިކޮޅު ޓީމަށް ބަލާފައި އެ އަންނަ ކުދިކުދި ބަދަލު. އިދިކޮޅު ޓީމުގެ ކުޅުންތެރިން ފެނި އެނގުނީމަ އެނގޭނީ ދެން އެ ޓީމަކާ ދެކޮޅަށް ކުޅޭނެ ގޮތެއް. ދެން މި މެޗަށް ތައްޔާރުވާން މާ ގިނަ ދުވަހެއް ބޭނުމެއް ނުވޭ،" މޯހަން ބުންޏެވެ.

ވެލެންސިއާ ކޮޅަށް ޝީލްޑް މެޗުގައި ލަނޑު ޖެހުމަށް ފަހު އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރީ ސީޒަނުގައި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނުލައި ހުރިހާ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވި އެވެ. ޕްރީ ސީޒަނުގައި ފެނުނު ކަންކަމަށް ބަލާއިރު، ޕްރެކްޓިހުގައި ހުރިހާ ކުޅުންތެރިންގެ މަސައްކަތް ވެސް ރަނގަޅު ކަމަށް މޯހަން ފާހަގަކުރި އެވެ. މާޒިޔާ އިން ޗެރިޓީ ޝީލްޑް މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައިގައި ހިމެނި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއީ ފަހަކަށް އައިސް މާޒިޔާ ޖޯޒީގައި އޭނާ އެންމެ ރަނގަޅަށް ކުޅުނު އެއް ދުވަހެވެ.

މޯހަން ބުނީ އިއްބެ އަށް ދެ މަގާމަކަށް ރަނގަޅަށް ކުޅެވިދާނެ ކަމަށެވެ. އަދި ރަނގަޅަށް ކުޅޭނަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުޅެން ލިބޭ ފުރުސަތު ގިނަވާނެކަން މޯހަން ފާހަގަކުރި އެވެ.

"ކުރިން ބުނިހެން، ކުޅުންތެރިންނަށް ފުރުސަތު ދެމުން، ޕާފޯމްކުރާ ކަމަށް ވަންޏާ ގިނަ ފުރުސަތު ކުޅުންތެރިންނަށް ލިބޭނެ. ވަރަށް ދިގު ސީޒަނަކާ ކުރިމަތިލައިގެން މި ތިބީ. ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދެމުން ހަމަހަމަކަން ބެހެއްޓޭތޯ ބަލަމުންދާނީ،" މޯހަން ބުންޏެވެ.

"ދެން އެ ކުޅުންތެރިއެއްގެ ކަމެއް އެ ލިބޭ ފުރުސަތުގައި ޕާފޯމް ކުރުމަކީ. އިއްބެ ވަހީދު ކުރިން މެޗުގައި ވަރަށް ރަނގަޅު ކުުޅުމެއް ކުޅުނު،"

މޯހަން ބުނީ ކުޅުންތެރިންނާ ވާހަކަ ދައްކައިގެން އެ ކުޅުންތެރިންނާއި ޓީމަށް އެންމެ ރަނގަޅު ގޮތަށް ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މީގެ އެންމެ މުހިއްމީ ޓީމަށް ފައިދާވާ ގޮތަށް ކުޅުންތެރިން "މޯޓިވޭޓް" ކޮށްފައި ބެހެއްޓުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ހުރިހާ ކުޅުންތެރިން ފިޓްކޮށް ބެހެއްޓުމުގެ ޓާގެޓެއްގައި މި މަސައްކަތް ކުރަނީ. އެކަން ކުރެވެން އޮތީ ހުރިހާ ކުޅުންތެރިން ވެސް ކުޅެގެން. ނޫނީ ކުޅެން ފުރުސަތު ލިބިގެން. އެކަމަށް ވިސްނައިގެން މަސައްކަތް މި ކުރަނީ،" މޯހަން ބުންޏެވެ.

ސަސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox