ނިއު އާއި ވިކްޓްރީ ނެތުމަކީ ޕްރެޒިޑެންޓްސް ކަޕަށް ފަޅުކަމެއް: އާފިއު

Dec 19, 2021, 5:06 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާފިއު ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާފިއު ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަތަރު އަހަރު ތެރޭ ކުޅޭ ފުރަތަމަ ޕްރެޒިޑެންޓްސް ކަޕް މިއަދު ފަށާއިރު، މި ފަހަރުގެ މުބާރާުތުގައި ރާއްޖޭގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ނެތުމަކީ މުބާރާތަށް ލިބޭ ފަޅުކަމެއް ކަމަށް ކްލަބް ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާފިއު މުހައްމަދު ބުނެފި އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ބޭއްވިއިރު، ޗެމްޕިއަން ޓީމަކީ ނިއު އެވެ. މީގެ ތިން އަހަރު ކުރިން މުސާރަނުދޭ މައްސަލައިގައި ނިއު ސަސްޕެންޑްކޮށްފައިވާއިރު، ވިކްޓަރީ ވެސް ވަނީ މުސާރަ އާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ކްލަބަށް ފީފާ އިން ވެސް ވަނީ އަދަބު ދީފަ އެވެ.

"ޕްރެޒިޑެންޓްސް ކަޕް، ދެން މިހާރު ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް. އެ މުބާރާތް މި ޖެހެނީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ ޓީމު ނުލާ ކުޅެން. އެއީ މިހާރު ރެލިގޭޓްވެފައި އިން ވިކްޓްރީ އާއި ނިއު ރޭޑިއަންޓް. އެ ދެ ޓިމު ނުލައި ކުޅެން ޖެހުން އެއީ މުބާރާތަށް އަންނާނެ ފަޅުކަމެއް،" ކުރިން ނިއު އަށް ކުޅުނު އާފިއު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

މި ފަހަރުގެ ސީޒަން ކަލަންޑަރު ރޭވިފައި އޮތްގޮތުން އަންނަ ފެބްރުއަރީ މަހު ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ބޭއްވުމަކީ ހުރިހާ ޓީމަކަށް "ލިބޭ ރަނގަޅެއް" ކަމަށް އާފިއު ވަނީ ބުނެފަ އެވެ.

މެޗުތަކެއް ލިބުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބުނާ ސަބަބަކީ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ބޭނުންނުވާ ވާހަކަ ނޫން ކަމަށާއި މަސައްކަތް ކުރާނީ ތަށި ހޯދޭ ވަރަށް މެޗަކަށް ފަހު މެޗެއް ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އާފިއު ވަނީ ބުނެފަ އެވެ.

"ކޮންމެ ޓީމެއް ވެސް ބޭނުންވާނެ ތަށި. ތަށި ބޭނުންނުވާނެ ޓީމެއް ނީންނާނެ. މަސައްކަތް ކުރާނަން ތަށްޓާ ހަމައަށް ރީޗް ވުމަށް. ވުމާ ނުވުން އެއީ އެހެން ކަމެއް. މަސައްކަތް ކުރާނަން،" އާފިއު ބުންޏެވެ.

"މައިގަނޑު ކަމަކަށް ލީގަށް ދިއުމުގެ ކުރިން މި މެޗުތައް ލިބުން މުހިއްމޭ މި ބުނަނީ. މިހާރު ޕްރީ ސީޒަން މެޗު ނުލިބުމާ އެކު މި މެޗުތަކުގެ ބޭނުން ހިފޭނެ ޓީމު ރަނގަޅު ޓްރެކަށް ގެންނަން. އެހެން ގޮސް ލީގަށް ދާއިރު ފޯމަކަށް އެޅިފައި އިންނާނީ. އޭގެ މާނަ އަކީ ޕްރެޒިޑެންޓްސް ކަޕްގެ ތަށްޓާ ހަމައަށް ވާސިލްވާން ބޭނުންނުވާ ވާހަކައެއް ނޫން. ތަށްޓާ ހަމައަށް ވާސިލްވާން ބޭނުންވާނެ،"

ޓީމު އެއްކޮށް، މަދު ޕްރެކްޓިސްތަކަކާ އެކު ނުކުމެ، ވެލެންސިއާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން 5-0 އިން ބަލިވެފަ އެވެ. އެ މެޗުގައި އެހާ ބޮޑު ފަރަގަކުން ވެލެންސިއާ ބަލިވީ ވެސް ޕްރެކްޓިސް ރަނގަޅަށް ނުކުރެވިގެންކަން އާފިއު ވަނީ ފާހަގަކޮށްފަ އެވެ.

"އަނެއްކޮޅުން ވާގޮތަކީ މާޒިޔާ އިނީ ވަރަށް ބޮޑަށް ރެޑީވެފައި. އެ މީހުންނަށް ހައްގު މޮޅެއް އެއީ. މާޒިޔާ އޮތީ ޕްރެޕަރޭޝަން ވެސް ހުރިހާ ގޮތަކުން ވެސް ރަނގަޅުކޮށް، އެ މީހުންގެ ސްޓެމިނާ ވަރަށް ހައި، އިންޓެންސިޓީ ވެސް ރަނގަޅު. މާޒިޔާ އިނީ ވެލެންސިއާ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. (އެ މެޗުން) ވެލެންސިއާ ބަލިވުމަކުން އެއީ އެހާ ބޮޑު އެއްޗެއް ނޫން. އެކަމަކު، މާޖިންއާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ،" އާފިއު ބުންޏެވެ.

އެހެން ޓީމުތަކާ އަޅާކިޔާއިރު، މާޒިޔާ އަށް އޮތް އެޑްވާންޓޭޖެއް އާފިއު ވަނީ ކިޔައިދީފަ އެވެ. އާފިއު ބުނީ އެހެން ޓީމުތަކުން މޮޅެތި ކުޅުންތެރިން ލައިގެން ވެސް ޖެހެނީ ކޮންމެ އަހަރަކު ޓީމެއް ހަދަން ކަމަށާއި މާޒިޔާ އިން މިހާރު އެ އޮތީ އެއް ޓީމެއް ދެތިން އަހަރަށް ދަމަހައްޓާފައި ކަމަށެވެ. އަދި އޭގެ ފައިދާ މާޒިޔާގެ ޓީމުން ފެންނާނެ ކަމަށް އާފިއު ބުންޏެވެ.

"މާޒިޔާގައި އެ ގޮތަށް އެއް ޓީމެއް އޮތުމަކީ ވަރަށް ފަސޭހަކަމެއް ޓޯނަމެންޓް ވިން ކުރަން. އެއީ ކަންނޭނގެ ޝީލްޑް މެޗުގައި ވެސް ފެނިގެންދިޔަ ކަމަކީ. އެ މީހުން ޝީލްޑް މެޗުގައި ކުޅުނީ މޮޅު މެޗެއް،" އާފިއު ބުންޏެވެ.

ސީޒަން ފެށުމުގެ ކުރިން ވެލެންސިއާގެ ކޯޗުކަން މިދިޔަ ސީޒަނުގައި ކުރި މުހައްމަދު އާތިފް (އާތީ) ވަނީ އެ ޓީމު ދޫކޮށްލައިފަ އެެެވެ. އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެލެންސިއާ އިން ކުރާއިރު، އެ ޓީމުގެ ވިސްނުން މި ވަގުތު ހުރީ ބިދޭސީ ކޯޗެއް ގެނައުމަށް ކަމަށް އާފިއު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އެންމެ ފަހުން ކުޅުނީ 2015 ވަނަ އަހަރު އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ މެދުގައި ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި މުބާރާތް ބޭއްވިއިރު އެވެ. އޭގެ ފަހުން 2016 އާއި 2017 ގައި ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ ނުކުޅެ އެވެ.

ވެލެންސިއާ އިން ހަ އަހަރު ތެރޭ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox