ޖެންޑާއިން ވަކިކުރި މުވައްޒިފުންގެ ނޯޓިސް ބާތިލްކޮށް އަލުން ވަޒީފާ ދީފި

ޖެންޑާއިން ވަކިކުރި މުވައްޒިފުންނަށް ޕީޕީއެމްގެ ގާނޫނީ އެހީތެރިކަން ފޯރުކޯށްދިނުމަށް ބައްދަލުކުރުމުގެ ތެރެއިން--

ޖެންޑާއިން ވަކިކުރި މުވައްޒިފުންނަށް ޕީޕީއެމްގެ ގާނޫނީ އެހީތެރިކަން ފޯރުކޯށްދިނުމަށް ބައްދަލުކުރުމުގެ ތެރެއިން--

ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ފޮނުވި ނޯޓިސް ބާތިލްކޮށް އަލުން ވަޒީފާ ދީފި އެވެ.

ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފަކަށެވެ. އެ މުވައްޒަފުންނަށް ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ އެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ރިޒްނާ ޒަރީރު "އަދަދު"އަށް ވިދާޅުވީ ސިވިލް ސާވީސް ކޮމިޝަނުން ވަޒީފާ ދޫކޮށްލުމަށް ދީފައިވާ ނޯޓިސް އެ ކޮމިޝަނުން ބާތިލް ކޮށްފައިވާ ކަމަށެވެ. އެއާއެކު ނޯޓިސް ފޮނުވި މުވައްޒަފުންނަށް ވަނީ ވަޒީފާ އިއާދަކޮށްދީފަ އެވެ.

މުވައްޒަފުންނަށް ވަޒީފާ އިއާދަކޮށްދީފައި ވަނީ ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނުމާ ގުޅިގެން އެ މުވައްޒަފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް ނޯޓިސް ދިނެވެ. އަދި އެމީހުންނަށް ޖެންޑާގައި ހުރި ފުރުސަތުތައް ބުނެދިނުމަށްފަހު ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިވެސް ދީފައިވާނެ ކަމަށް މީގެ ކުރިން ޖެންޑާއިން ވަނީ ބުނެފަ އެވެ.

އެގޮތުން ހިޔާގައި މަސައްކަތް ކުރި 43 މުވައްޒަފުން މިހާރު ވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ތިން މުވައްޒަފަކަށް އަތޮޅުތެރެއިން ވަޒީފާ ދީފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox