ފުލުހުންގެ ތުހުމަތު: ގްރޭސް މަރާލީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން!

Dec 16, 2021, 6:00 PM
މާވިން އަދި ލަމްހާ: ފުލުހުން ތުހުމަތު ކުރަނީ ގްރޭސް މަރާލީ އެ ދެ މީހުން ބައިވެރިވެގެން ކަމަށް.

މާވިން އަދި ލަމްހާ: ފުލުހުން ތުހުމަތު ކުރަނީ ގްރޭސް މަރާލީ އެ ދެ މީހުން ބައިވެރިވެގެން ކަމަށް.

އައިޖީއެމްްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް ޕިނޭޑާ މަރާލީ، ފިރިމީހާ އާއި އޭނާ ދިވެހި ލޯބިވެރިޔާ ރާވައިގެން ކަމަށް ފުލުހުން ތުހުމަތު ކޮށްފި އެވެ.

ސުވާލު އުފެދޭ ފަދަ ގޮތަކަށް ގްރޭސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޮކްޓޯބަރު 19، 2021 ގަ އެވެ.

އެ މައްސަލައިގައި ގްރޭސްގެ ފިރިމީހާ މާވިން އެސްވައި، 29، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ޅ. ހިންވަރު މާފިނި، ހާލީމަތު ލަމްހާ އަބްދުއްރަހުމާން، 24، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިއަދެވެ.

ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރި މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"އަދަދަ"ށް އެނގިފައިވާ ގޮތުގައި، މާވިން އާއި ލަމްހާގެ މައްޗަށް ތުހްމަތު ކުރަނީ ގްރޭސް މަރާލުމުގައި އެ ދެ މީހުން ބައިވެރިވާ ކަމާއި މާރާލީ ދުރާލާ ރާވައިގެން ކަމަށެވެ.

ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭ ކަމާއި، މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ވެސް "އަދަދަ" ށް ވަނީ އެނގިފަ އެވެ.

ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

މާވިން އާއި ގްރޭސް
މާވިން އާއި ގްރޭސް

މާވިން އާއި ގްރޭސް

ލަމްހާގެ މައްޗަށް ގިނަ ކުށްތަކެއްގެ ތުހުމަތު ފުލުހުން ކުރެ އެވެ. އެ ކުށްތަކުގެ ތެރޭގައި، ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގެ ހ. ގެ 1، 2 ނަންބަރުގައި ބަޔާންކުރާ ކުށް، 81، 82، އަދި 87 ގެ ހ. ގައި ބަޔާންކުރާ ކުށް، 110 ވަނަ މާއްދާގެ ހ، ށ، ނ، ގެ ވަނަ މާއްދާގައި ބަޔާންކުރާ ކުށް، 114 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ކުށް އަދި ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ކުށް ހިމެނެ އެވެ.

ގާނޫނުލްއުގޫބާތުގެ 87 ވަނަ މާއްދާ އަކީ ކުށްކުރުމުގެ އާލާތްތައް އަތުގައި ހުރުން ބަޔާންކުރާ މާއްދާ އެވެ. ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެއް ކަމެވެ. ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ބަޔާން ކޮށްފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށެވެ.

ގްރޭސްގެ މަރާ ގުޅިގެން، ޕޯސްޓް މޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ ތައިލެންޑަށް ފޮނުވާލައިފަ އެވެ.

ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.

ގްރޭސް އާއި މާވިން ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox