އަރަބިއްޔާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީނަށް ބަދަލުކުރަނީ

އިއްޒުއްދީން ސްކޫލް: އަރަބިއްޔާ ސްކޫލުގެ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ބަދަލުކުރާނީ މި ސްކޫލަށް. -- ފޮޓޯ: އަދަދު

އިއްޒުއްދީން ސްކޫލް: އަރަބިއްޔާ ސްކޫލުގެ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ބަދަލުކުރާނީ މި ސްކޫލަށް. -- ފޮޓޯ: އަދަދު

ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާއި ގުޅިގެން އަރަބިއްޔާ ސްކޫލު އިމާރާތުގައި މި ވަގުތު ހާލަތު ހުރި ގޮތުން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމާ ކުދިން ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދަން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ދެކޮޅު ހަދާފަ އެވެ.

އެކަމަކު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދަން އަރަބިއްޔާ ސްކޫލުގައި ކިޔަވާ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އިމާރާތްކޮށް ނިމުނުތާ ނުވަ އަހަރު ނުވާ އަރަބިއްޔާ އިމާރާތުގައި ރެނދުލާ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މިނިސްޓްރީން އެންމެ ފަހުން ބުނީ މިކަމާ މެދު ގޮތެއް ނިންމާނީ ޖެނުއަރީއަށް ނިންމަން ހަވާލުކޮށްފައިވާ ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު ކަމަށެވެ. އެކަމަކު މިނިސްޓްރީން ވަނީ އެސެސްމަންޓުގެ ކުރިން މި ފިޔަވަޅުތައް އަޅަން ނިންމާފަ އެވެ.

އެގޮތުން އެޑިޔުކޭޝަނުގެ ބަޔާނުގައި ބުނީ އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ބަލާ ހައްލުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އިއްޒުއްދީނަށް ކުދިން ބަދަލުކުރުން ދިފާއުކޮށް އެޑިޔުކޭޝަނުން ބުނީ، ދަރިވަރުން ބަދަލުކުރެވޭނީ ކިޔަވައި ދޭން ހާއްސަކޮށްގެން ފަރުމާކުރެވި، ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވިފައިވާ ތަނަކަށް ވާން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީން ވަނީ ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ ތިން ސްކޫލުގެ ތެރެއިން ސްކޫލެއް އަރަބިއްޔާއަށް ހާއްސަކުރަން ނިންމާފަ އެވެ. އެކަމަކު އެއީ އޭގެ ތެރެއިން ކޮން ސްކޫލެއް ކަމެއް އަދި ނުނިންމަ އެވެ.

ވަގުތީ ގޮތުން ދަރިވަރުން ބަދަލުކުރި ނަމަވެސް އެޑިޔުކޭޝަނުން ބުނީ އަރަބިއްޔާގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސްޓްރަކްޗަރަލް އެސެސްމަންޓުގެ ރެކޮމެންޑޭޝަނުގައި ބުނާ ކަންކަން ކުރާނެ ކަމަށެވެ. އަދި އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުން މިނިސްޓްރީން ބުނީ އެ އިމާރާތް އަބަދުވެސް ހާއްސަވާނީ އަރަބިއްޔާއަށް ކަމަށެވެ.

އަރަބިއްޔާ ސްކޫލަކީ އަރަބި މީޑިއަމަށް ކިޔަވައިދޭން މާލޭގައި ހުންނަ ހަމައެކަނި ސްކޫލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox