ޓީމުތަކުން މާޒިޔާއާ ކުޅެން ވަރުގަދަ އަށް ތައްޔާރުވާނެ: މޯހަން

ރޭގެ މެޗަށް ފަހު މޯހަން އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭގެ މެޗަށް ފަހު މޯހަން އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާގެ މައްޗަށް މާޒިޔާ އިން 5-0 އިން ކުރިހޯދުމުން ކުރިއަށް އޮތް ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޓީމުތަކުން ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށް ބެލެވޭ ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ރޭގެ މެޗުގައި މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި އިބްރާހިމް އައިސަމް، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ކޯނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ ގޯލުތަކުން ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި މާޒިޔާގެ އަނެއް ދެ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ.

Advertisement

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މާޒިޔާ އިން ކުރި ޕްރެކްޓިސްތަކުގެ ނަތީޖާ މި މެޗުގައި ފެނިގެންދިޔަ ކަމަށެވެ. އަދި ކުޅުމަށް ބޭނުންވާ ބަދަލުތައް ގެންނަން ބަލާއިރު، މިއީ ފެށުމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް މޯހަން ބުންޏެވެ.

"މުޅި ޖުމްލަކޮށް މިއީ އަދި ފެށުމެއް. ކުރިއަށް އޮތީ، އުނދަގޫ ދުވަސްތައް އަންނާނެ ކޮންމެ ގޮތެއް ވިޔަސް ޓީމުތައް ތައްޔާރުވާން ފަށާނެ. އަޅުގަނޑުމެން ކުޅޭ ކުޅުމަށާއި މި ހުރިހާ އެއްޗެއް ކައުންޓާ ކުރަން މަސައްކަތްކުރާނެ (ވަރުގަދަ އަށް) ތައްޔާރުވާނެ. އެ އަށް ވެސް ވިސްނައިގެން އަދި އިތުރަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ،" މޯހަން ބުންޏެވެ.

"ދިގު ސީޒަނެއްގެ ފެށުން މިއީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ (ފުރަތަމަ މެޗުން) މިހާ ރަނގަޅު ކާމިޔާބެއް ލިބުނީތީވެ،"

މާޒިޔާ އިން މި ވަނީ މި ފަހަރުގެ ޝީލްޑް އުފުލާލައި ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ހަދައިފަ އެވެ. މާޒިޔާ އިން ހަތަރު ފަހަރު ޝީލްޑް އުފުލާލިއިރު، އެ ޓީމާ އެއްވަރަށް އެކަން ހާސިލްކުރި ޓީމެއް ނެތެވެ.

މާޒިޔާ އިން ކޯޗު މޯހަން އުރާލައިގެން: މޯހަން އަކީ ތަފާތު ދެ ޓީމެއްގައި ހުރެ ޖެހިޖެހިގެން ދެ ސީޒަނުގައި ޗެރިޓީ ޝީލްޑް އުފުލާލި ފުރަތަމަ ކޯޗު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ސީޒަނުގައި މާޒިޔާ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވިއިރު، އެ ޓީމުގެ ކޯޗަކަށް ހުރި މޯހަން މި ފަހަރު މި ވަނީ މާޒިޔާ އަށް ޝީލްޑް ހޯދައިދީފަ އެވެ. މޯހަން އަކީ ތަފާތު ދެ ޓީމެއްގައި ހުރެ ދެ ސީޒަނެއްގައި ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.

މޯހަން ބުނީ ދެ ކާމިޔާބީން ފެންނަ އެއް ކަމަކީ އޭނާ އަށް ކުރެވުނު މަސައްކަތް ރަނގަޅުކަން ކަމަށެވެ.

"ދެން، މާޒިޔާ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދަންނަވަން ޖެހެނީ. ޗެއާމަނުން ހިސާބުން ފެށިގެން ބޯޑާއި ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދަންނަވަންޖެހޭނީ. އެ ކޮށްދޭ މަސައްކަތަށް. އަޅުގަނޑަށް ލިބޭ އެއްބާލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ވަރަށް ހިތްހަމަޖެހޭ އެއްވެސް ކަމެއް މެނޭޖްމަންޓުން ކޮށްދޭންޖެހޭ އުނިވެފައެއް ނުވާތީ،" މޯހަން ބުންޏެވެ.

މާޒިޔާ ލައްވައި މޯހަން ކުޅުވަން ބޭނުންވާ ފުޓްބޯޅައިގެ ސިފަތައް ރޭގެ މެޗުގައި ކޮންމެ ވެސް ވަރަކަށް ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މޯހަން ބުނީ ރޭގެ މެޗުގައި އެ ދެއްކުނު ކުޅުމުގެ އެންމެ މުހިއްމު ކަމަކީ ލިބުނު މުއްދަތާ ބަލާއިރު ކުޅުންތެރިން ކުރި ރަނގަޅު މަސައްކަތް ކަަމަށެވެ.

"ބޯޅަ ގެއްލުނީމަ އަދި ޕްރެސްކޮށްލުން އެންމެ ރަނގަޅު ނޫން ކަމުގައި ވިޔަސް ފަހު ހާފުގައި އެކަން ވަރަށް ބޮޑަށް އިމްޕްރޫވްވެގެން ދިޔަތަން ފެނުނު. ބޯޅަ އަތުގައި އޮންނައިރު ގެއްލުވާނުލައި ނުޖަހައި ކޮންޓްރޯލް ކޮށްގެން މެޗެއް ކުޅެން މަސައްކަތް ކުރިތަން ފެނިގެންދިޔަ. ޕާސްތަކާއި މޫވްމަންޓް ރަނގަޅުކަން ވެސް ފާހަގަކުރެވުނު. މި ކާމިޔާބު ލިބިގެން ދިޔައީ ކުރެވުނު މަސައްކަތަށް ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާއޭ ދަންނަވަން ޖެހޭނީ،" ކުޅުމަށް އިޝާރާތްކޮށް މޯހަން ބުންޏެވެ.

މާޒިޔާ ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ޕްރެޒިޑެންޓްސް ކަޕްގައި އަންނަ އާދިއްތަ ހޯމަ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ކުޅޭ މެޗެވެ. މޯހަން މި ފަހަރު މާޒިޔާއާ ހަވާލުވީ ސަސްއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox