ވަޒީފާ ލިބިފައިވާކަމުގެ ފޭކު ލިޔުން ދޫކޮށް، ބިދޭސީންނަށް ލަނޑުދޭ ބަޔަކު ހަރަކާތްތެރިވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު: ފޭކު ލިޔުމުގައި އަންނަ ބިދޭސީން މި ކައުންޓަރުން ހުއްޓުވުމަށްފަހު އަނބުރާ ފޮނުވާލަނީ ގައުމަށް -- ފޮޓޯ: އަދަދު ފައިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު: ފޭކު ލިޔުމުގައި އަންނަ ބިދޭސީން މި ކައުންޓަރުން ހުއްޓުވުމަށްފަހު އަނބުރާ ފޮނުވާލަނީ ގައުމަށް -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާކަމުގެ ލިޔުން ދޫކޮށް، ފައިސާ ހޯދުމަށްފަހު ލަނޑުދޭ މައްސަލަތައް ގިނަވާން ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން ޑިޕާޓްމަންޓުން ދޫކުރާ "އެމްޕްލޯއިމަން އެޕްރޫވަލް" ލިޔުމުގެ ފޭކު ހިފައިގެން ރާއްޖެ އަންނަ ބިދޭސީން މިދުވަސްވަރު ގިނަވެފައިވާ ކަމަށް ބިދޭސީންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތަކުން "އަދަދު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

ފޭކު ލިޔުން ދޫކުރާ ފަރާތުން އެމީހުންގެ ސްކޭމް ހިންގުމަށްޓަކައި ވެސްބްސައިޓެއް ވެސް ހަދާފައިވެ އެވެ. އަދި ދޫކުރާ ފޭކު ލިޔުމުގައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ނަމްބަރު ޖެހުމުން ވެބްސައިޓުން އެއީ ސައްހަ އެއްޗެއްގެ ގޮތުގައި ދައްކުވައިދެ އެވެ.

Advertisement
ރާއްޖެއިން ވަޒީފާ ލިބިފައިވާ ކަމަށް ބުނެ ބިދޭސީއަކަށް ދޫކޮށްފައިވާ ލިޔުމެއް: މީގެ ލިޔުމެއް ގަންނަނީ 2600 ޑޮލަރު ދީގެން -- ފޮޓޯ: އަދަދު
ރާއްޖެއިން ވަޒީފާ ލިބިފައިވާ ކަމަށް ބުނެ ބިދޭސީއަކަށް ދޫކޮށްފައިވާ ލިޔުމެއް: މީގެ ލިޔުމެއް ގަންނަނީ 2600 ޑޮލަރު ދީގެން -- ފޮޓޯ: އަދަދު

ރާއްޖެއިން ވަޒީފާ ލިބިފައިވާ ކަމަށް ބުނެ ބިދޭސީއަކަށް ދޫކޮށްފައިވާ ލިޔުމެއް: މީގެ ލިޔުމެއް ގަންނަނީ 2600 ޑޮލަރު ދީގެން -- ފޮޓޯ: އަދަދު

ނަން ނުޖެހުމަށް އެދި މި ނޫހާ ވާހަކަ ދެއްކި، ކަމުގެ މައުލޫމާތު އެނގޭ އެހެން މީހަކު ބުނީ ފޭކު ލިޔުން ލިބިގެން މި ދުވަސްވަރު ގިނައިން އަންނަނީ އިންޑިއާގެ މީހުން ކަމަށެވެ. އަދި އެމީހުން އެ ލިޔުން ގަންނަނީ ގާތްގަނޑަކަށް 2600 ޑޮލަރު ނުވަތަ 40،600ރ. އަށް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ފަގީރު އަވަށްތަކުގެ މީހުންގެ ވާހަކަ މި ދައްކަނީ. އެ މީހުންނަށް މިއީ ވަރަށް ބޮޑު އަދެދެއް. ވަރަށް ގިނަ މީހުންނަށް މި ލަނޑު ލިބޭ އެބަ މިހާރު،" އޭނާ ކިޔައިދިނެވެ.

ފޭކު ލިޔުމުގައި ރާއްޖެ އަންނަ މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ އެވެ.

ނަމަވެސް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެ މައްސަލައިގައި ގުޅުމުން ބުނެފައި ވަނީ ފޭކު ލިޔެކިޔުމުގައި ބިދޭސީން ރާއްޖެ ގެންނަކަން ފާހަގަވެފައިނުވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންގެ 2020 ވަނަ އަހަރުގެ ރިޕޯޓުގައި ރާއްޖެ ހިމަނާފައި އޮތީ ޓިއާ ދޭއްގަ އެވެ. ޓިއާ ދޭއްގައި ހިމަނަނީ ވޮޗްލިސްޓުގައި ހިމެނޭ ނުވަތަ އެ ގައުމަކާމެދު ސަމާލުވާންޖެހޭ ގައުމުތަކެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 234،000 މީހުން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ ކަމަށް ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވިސާއާއެކު މަސައްކަތް ކުރާ 169،000 މީހުންނާއި ރަސްމީ ލިޔުމެއް ނެތް 65،000 ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox