ސުޕްރިމް ކޯޓު ޓިނު ނެގީ ފަނޑިޔާރުން ތަހުގީގަށް ހާޒިރު ކުރެވޭނެ ގޮތެއް ނެތިގެން: ޔާމީން

ކުރީގެ ރައީސް ޔާމީން "ކޮތަރުކޮށި" ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

ކުރީގެ ރައީސް ޔާމީން "ކޮތަރުކޮށި" ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

މީގެ ތިން އަހަރު ކުރިން އެކެއް ފެބުރުއަރީގެ އަމުރު ސުޕްރިމް ކޯޓުން ނެރުމާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރިމް ކޯޓުން ޓިނު ނަގަން ޖެހުނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ގާނޫނީ މާއްދާއަކުން ލިބިފައިވާ ނުބައްދަލު ބާރުތައް ނިމުމަކަށް ގެނައުމަށް ކަމަށް، އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރިމް ކޯޓުން ހުކުމް ކުރީ އޭރު ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި، ޔާމީންގެ "ބާރުގަދަ ވެރިކަމަށް" ލޮޅުން އަރައިގެންދިޔަ އެކެއް ފެބުރުއަރީގެ ހުކުމް އެ މަނިކުފާނު ސިފަކުރެއްވީ ޖުޑީޝިއަރީ ތެރެއިން ހިންގި "ޝާހީ ބަގާވާތެއް"ގެ ގޮތުގަ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސްކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ދަނޑިވަޅުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވި ކަމަށާއި، ގާނޫނު އޮތް ގޮތުން އެކަންކަން ބެލުމަށް ދަތިތަކެއް ހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހުޅުމާލޭގައި ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކެއް. މެލޭޝިއާގެ ކުލަލަމްޕޫރުގައި އެބޭފުޅުން ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކެއް ހުރި. އެބޭފުޅުންގެ ތަނަވަސްކަމާ ނުބައްދަލުން ހޯއްދަވައިފައި ހުރި އެޕާޓްމަންޓްތަކެއްގެ މައްސަލަ. މި ހަގީގަތް އޭރު ފުލުހުން ހާމަކުރެއްވި." ފަނޑިޔާރުންގެ މައްސަލަ ބަލަން ޖެހުނު ގޮތް ކިޔައިދެއްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ގަބޫލުކުރައްވާ ގޮތުގައި ސުޕްރިމް ކޯޓުން އެ އަމުރު ނެރުނު ނިޔަތް ކަމަށް ބެލެވެނީ އޭރުގެ އުއްތަމަ ފަނޑިޔާރަށާއި، އަލީ ހަމީދުއަށް ލިބުނު "އަގު ބޮޑު ހަދިޔާ" ތަކެވެ. އެއީ ރިޝްވަތުގެ އަމަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރު މަނީ ލޯންޑްރިންގެ ގާނޫނު އޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަނަށް މީގެ ތެރެއަށް ފެތޭނެ" ޔާމީން ވިިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވި ނަމަވެސް، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު އެކުލަވާލީ އެ މަނިކުފާނުގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. ގާނޫނު ތަސްދީގު ކުރެއްވީ ވެސް އެ މަނިކުފާނެވެ.

ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ބަލަން މަޖުބޫރިވެވަޑައި ގަތް ކަމަށާއި ނަމަވެސް ގާނޫނުގައި ބާރުތައް ކަނޑައަޅާފައި އޮތީ ފަނޑިޔާރުންގެ "ހަށި ރައްކަލަށް" ކަމަށެވެ.

"މި ބޭފުޅުން، މި ބޭފުޅުންގެ ވަށައިގެން ސެކިއުރިޓީ ޕެރިމީޓާއެއް މި ދަމާލީ ތިމަންނަމެން ހާޒިރު ނުކުރެވޭނެއޭ، ތިމަންނަމެންގެ މަޖިލީހަކުން ފާސްކޮށްގެން ނޫނީ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ކާކުތޯ؟ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ސުޕްރިމް ކޯޓުގެ އިސް ފަނޑިޔާރު. ކޮރަޕްޝަންގެ މައްސަލަ ހުށަހެޅިފައި މިއޮތީ ކާކަށްތޯ؟ ކޮރަޕްޝަންގެ މައްސަލަ ހުށަހެޅިފައި މިއޮތީ އަބްދުﷲ ސައީދަށް. ފަނޑިޔާރަކަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ވަކާލާތުކުރަން ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ޑިފެންޑެންޓްއަކަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު،" ޔާމީން ވިދާޅުވި އެވެ.

އެއްވެސް ބޭފުޅަކު އިންނަވާ ބެންޗަކުން އެމީހެއް އަމިއްލަ ނަފްސު ތަހުގީގީ އިދާރާއަށް ގެންދަން ބޭނުންނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ، ރިޝްވަރުގެ ތުހުމަތު ކުރެވުނު ފަނޑިޔާރުންގެ މައްސަލަތައް ބަލަން ގާނޫނުގައި ހުރި ހުރަސްތައް ނައްތާލުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭނެކަމަށް ފާސްކުރުމަކީ ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށް ޔާމީން ސިފަކުރެއްވި އެވެ.

"ހަމައެކަނި އެ މާއްދާ އުވާލުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ. އެނޫން ގޮތެއް ނެތް އެބޭފުޅުން ހާޒިރުކުރާކަށް"

ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރުނުކުރެވޭ ގޮތަށް މާއްދާއެއް އޮތް ކަމެއް އޭރަކު އެނގިވަޑައެއް ނުގަންނަވަ އެވެ. ފަނޑިޔާރު ގޭގައި ހިނގާ ކަންކަން އެހާ ވަރަށް ސަރުކާރުން އޭރު ބަލަމުން ނުދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ސުޕްރިމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ކުރުން ލަސްވެގެން އިންޑިއާގެ ހާރިޖީ ވަޒީރު ސޮއިކުރައްވާ ރާއްޖެއަށް ތިން ސިޓީއެއް ފޮނުވި ކަމަށްވެސް ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ސިޓީއަށް ވަރަށް ޑިޕްލޮމެޓިކްކޮށް ޖަވާބު ދެއްވި ކަމުގައި ވީނަމަވެސް ދެވަނަ ސިޓީއަށް ރައްދެއް ދޭން އުނދަގޫވި ކަމަށާއި، ތިންވަނަ ސިޓީއަށް ޖަވާބު ނުދެއްވާކަން ފާހަގަކުރެއްވި އެވެ.

"ނިއު ދިއްލީން ސިޓީ އައީ. ތިން ސިޓީގައި ވެސް އޮތީ ކީއްވެހޭ ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރެވިގެން ތިއުޅެނީ. ފުރަތަމަ ސިޓީއަށް ވަރަށް ޕޮލައިޓްކޮށް ޑިޕްލޮމެޓިކްކޮށް ކިޔައިދިނިން. ދެވަނަ ސިޓީއަށް ޖަވާބު ދޭން އުނދަގޫވި. ތިން ވަނަ ސިޓީއަށް އަޅުގަނޑުމެން ޖަވާބެއް ނުދެން. އެއީ ޖަވާބު ދިނުމުގެ ބޭނުން ނެތީ،" އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމަށް އެހާ ބޮޑަށް މަސައްކަތްކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ފެބުރުއަރީ 1، 2018 ގައި ނެރުނު ވަރުގަދަ ހުކުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ފެބްރުއަރީ 5، 2018ގަ އެވެ. އެއަށް ފަހު އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އެ ދެ ފަނޑިޔާރުން ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވިކަން ސާބިތުވެ، ދެ ބޭފުޅުުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މޭ 10، 2018 ގަ އެވެ.

އެ ހުކުމް ރަނގަޅު ކަމަށް ޖޫން 18، 2018 ގައި ސުޕްރީމް ކޯޓުން ނިންމުމާއެކު އަބްދުﷲ ސައީދާއި އަލީ ހަމީދަށް ފަނޑިޔާރުކަމުގެ މަގާމު ގެއްލިގެން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox