ކާމިޔާބު ހޯދުމުގެ ޗެލެންޖާއި ޕްރެޝަރަށް ކޯޗު މޯހަން އަށް އަލެއް ނޫން

މާޒިޔާ ޕްރެކްޓިހުގެ ތެރެއިން ކޯޗު މޯހަން: އޭނާ ވަނީ ކާމިޔާބީ ހޯދުމުގެ ޗެލެންޖާއި ޕްރެޝަރު އަލެއް ނޫން ކަމަށް ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ޕްރެކްޓިހުގެ ތެރެއިން ކޯޗު މޯހަން: އޭނާ ވަނީ ކާމިޔާބީ ހޯދުމުގެ ޗެލެންޖާއި ޕްރެޝަރު އަލެއް ނޫން ކަމަށް ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކާމިޔާބު ހޯދަން އޮތް ޗެލެންޖާއި ޕްރެޝަރަކީ ކޯޗިން ކެރިއަރުގައި ތަޖުރިބާކޮށްފައިވާ ކަންކަން ކަމަށާއި މާޒިޔާގައި އެކަން އޮތުމަކީ އާ ވެގެން ވަކި ގޮތަކަށް ކަންކަން ކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވި މޯހަންގެ ބެލުމުގެ ދަށުން އެ ޓީމުން ޕްރެކްޓިސް ފެށީ މިދިޔަ މަހު އެއް ވަނަ ދުވަހު އެވެ. އޭރު ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ކުޅެން ދިޔަ ގައުމީ ސްކޮޑުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ އެ ޓީމުގެ ޕްރެކްޓިސްތައް ގެންދިޔައީ މަދު ސީނިއާ ކުޅުންތެރިންނާއި ޔޫތު ކުޅުންތެރިންނާ އެކުގަ އެވެ.

ގައުމީ ޓީމު ކުޅުންތެރިން ރާޖަކަޕްސަ މުބާރާތަށް ފަހު މާޒިޔާ ޓީމާ ގުޅި މިދިޔަ މަހު 23 އިން މި މަހު ހަތަރަކަށް ވަނީ ނ. ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ކެނދިކުޅުދޫގައި 22 ޓްރެއިނިން ސެޝަން ބާއްވައި ހަތަރު މެޗު ކުޅުނެވެ. މޯހަން ވަނީ ކެނދިކުޅުދޫ ޓާފް ދަނޑު ފަދަ "ކޮލިޓީ" ދަނޑެއްގައި ފުލް ޕިޗްގައި ގިނަ ވަގުތު ޕްރެކްޓިސް ކުރަން ލިބުމުން އެއީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބުނެފަ އެވެ.

މޯހަން ބުނީ މާޒިޔާ ފަދަ ވަރުގަދަ ޓީމެއްގައި ހުންނައިރު، ނުކުންނަން ޖެހޭނީ ސީޒަނުގެ ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރަން ކަމަށެވެ. އަދި އެ ފަދަ ޗެލެންޖެއް މީގެ ކުރިން ނިއު ރޭޑިއަންޓްގެ ކޯޗަކަށް ހުރިއިރު، ނަގާފައިވާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"އަޅުގަނޑު މިކަހަލަ ޗެލެންޖެއް ނިއު ރޭޑިއަންޓްގައި ވެސް ނެގިން. ނިއު ރޭޑިއަންޓަކީ އޭރުގައި ހަމަ ނިކުންނަންޏާ ކޮންމެ ތަށްޓެއް ހޯދަން ނިކުންނަން ޖެހޭ ޓީމެއް. މި ޕްރެޝަރަކީ އެހާ އާ ކަމެއް ނޫން. ދެން ކޮންމެހެން އަޅުގަނޑު މި ކުރާ މަސައްކަތަކީ ވަކި މީހަކަށް ނޫނީ ވަކި ބަޔަކަށް އަޅުގަނޑުގެ ހުރި ގާބިލުކަން ދައްކަން ކުރާ މަސައްކަތެއް ނޫން،" ފުރަތަމަ ޑިވިޝަނުގެ ހަ ޓީމަކަށް މީގެ ކުރިން ކޯޗުކޮށްދިން މަޝްހޫރު ކޯޗު، މޯހަން ބުންޏެވެ.

"އަޅުގަނޑުގެ ފޯކަސް އިންނާނީ މާޒިޔާ އަށް ކާމިޔާބު ހޯދައިދެވޭނީ ކިހިނެއްތޯ މާޒިޔާ މޮޅުކޮށްދެވޭނީ ކިިހިނެއްތޯ އެ ފޯކަސްގައި އަޅުގަނޑުގެ ހުރިހާ މަސައްކަތެއް ކުރާނީ. ވަރަށް އުއްމީދު އެބައޮތް. މެނޭޖްމަންޓުން އެ ލިބޭ އެއްބާރުލުމާ އެކީގައި ކުޅުންތެރިން ވެސް ފެންނަނީ ވަރަށް ސަޕޯޓިވް ވަރަށް މަސައްކަތް ކުރާ ގްރޫޕެއްގެ ގޮތުގައި،"

ކޯޗު މޯހަން "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކެނދިކުޅުދޫ ޓްރެއިނިން ކޭމްޕަށް ފަހު މާޒިޔާ ވަނީ މާލޭގައި ޕްރެކްޓިސްތައް ފަށައިފަ އެވެ. މާޒިޔާ އިން އެންމެ އަވަހަށް ކުޅޭނެ މެޗަކީ އަންނަ ބުދަ ދުވަހު ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. އެ މެޗުގައި މާޒިޔާ ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ. ސީޒަނުގެ ފުރަތަމަ މުބާރާތަކީ މި މަހު 19 ވަނަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް އެވެ.

ޓްރެއިނިން ކޭމްޕް ކުރިއަށްދިޔައިރު މޯހަން އަށް ޓީމު އެކުލަވާލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވީ ބައެއް ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކާ ހެދި އެވެ. އެ ގޮތުން ރާކަޕަކްސަ މުބާރާތުގައި ސީޝެލްސްއާ ކުޅުނު މެޗުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް އަނިޔާވިއިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަށް ވެސް ކޭމްޕްގެ ތެރެއިން އަނިޔާގެ ކަންކަން ކުރިމަތިވި އެވެ.

މޯހަން ބުނީ އުއްމީދަކީ އެ ކުޅުންތެރިން ވެސް އަވަހަށް ޓީމާ ގުޅުން ކަމަށެވެ.

ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ނޭޕާލްގެ ކެޕްޓަން، ގޯލްކީޕަރު ކިރަން ކުމާރް ސެމްޝޮން އާއި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން ގައުމީ ޓީމުގެ ތަރި ހައިޝަމް ހަސަން (ބިޑި)ގެ ސޮއި ހޯދައިފަ އެވެ.

މޯހަން ބުނީ މާޒިޔާ އިން ކުރި ޓްރާންސްފާތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެެވެ. އެކަމަކު، ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ އެ ލެވަލްގެ ކުޅުންތެރިން ޓީމާ ގުޅުމުން އެއީ އިތުރު ޕްރެޝަރެއް ކަމަށެވެ.

މޯހަން ބުނީ ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ ޓީމެއްގައި ހުންނައިރު، އެ އޮތް ޕްރެޝަރުގެ ތެރެއިން ބޮޑު ހިތްހަމަ ޖެހުމެއް ވެސް އެބައޮތް ކަމަށެވެ. އެއީ އިންޖަރީގެ މައްސަަލަތައް ކުރިމަތިވާ ހާލަތެއްގައި ބަދަލުގައި ބޭނުންކޮށްލަން ވެސް ރަނގަޅު ކުޅުންތެރިން ތިބުމެވެ.

"އިތުރުވި ކުޅުންތެރިންނަކީ މިސާލަކަށް ގޯލްކީޕަރު މި ސަރަހައްދަށް އެންމެ މޮޅު ގޯލްކީޕަރޭ ބުންޏަސް ދޮގަކަށް ނުވާނެ. ހައިޝަމް ރާއްޖޭގައި އަރަމުން އަންނަ އެންމެ މޮޅު މޮޅު ލެފްޓް ބެކް. އަކުރަމް ގައުމީ ޓީމުގެ ވެސް ކެޕްޓަން ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިއެއް. ބޮޑު ސްކޮޑަކަށް އެހާ މޮޅު ތިން ކުޅުންތެރިން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ޓީމެއް އެކުލަވާލަން ބަލާއިރު އިންޖަރީ ހުރިކަމުގައި ވިޔަސް މާ ބޮޑު އުނދަގޫތަކެއް ނެތި ޓީމެއް ތައްޔާރުކޮށްލަން ފުރުސަތު ލިބޭ ވަރުގެ ސްކޮޑެއް މި އޮތީ،" މޯހަން ބުންޏެވެ.

އާންމު ގޮތެއްގައި އާ ޓީމަކާ ހަވާލުވެ ސީޒަނެއް ފަށައިގެން ޓީމެއް ރަނގަޅަށް ސެޓުކުރަން ދެތިން މެޗެއް ނަގާނެ އެވެ. މޯހަން ބުނީ އޭނާގެ އިރުޝާދުގެ ދަށުން މާޒިޔާ ފުރަތަމަ މެޗުން ވެސް ފެންނާނީ ވަރަށް ލެވަލް ރަނގަޅުކޮށް ކަމަށެވެ. އެކަމަކު، މުޅި ސިސްޓަމަށް ހޭނެއް ފަހެއް ނޫނީ ހަ މެޗެއް ނަގާފާނެ ކަމަށް މޯހަން ވެސް ގަބޫލުކުރެ އެވެ.

މޯހަން އަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް އިރުޝާދުދޭނެ ދިވެހި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އަދި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox