ލަންކާ މެޗަކީ ގައުމީ ވޮލީބޯޅައިގެ އާ ފެށުން: ރަނޭ

Dec 8, 2021, 4:44 AM
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގައި މި މަހު ކުރިއަށްދާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސްރީ ލަންކާގެ ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަކީ ގައުމީ ވޮލީބޯޅައިގެ އާ ފެށުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އޭޕްރީލް މަހު ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ރަނޭ އަށް ވޮލީބޯޅައިގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދެވުނު ސަބަބަކީ އޭރު ދިމާވެފައި އޮތް ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކަންކަން މަޑުޖެހިފައި އޮތުމެވެ. އެކަމަކު، ފާއިތުވި މަސްތަކުގައި ވޮލީބޯޅައިގެ މުސްތަގުބަލަށް ވިސްނައި ރަނޭގެ ލީޑަޝިޕުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ގައުމީ ފިރިހެން ވޮލީޓީމުން މާދަމާރޭ އާއި ހުކުރު ދުވަހުގެރޭ އަދި އާދިއްތަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ރަނޭ ދެކިލައްވާ ގޮތުގައި ހަމައެކަނި މެޗުތަކުގެ ނަތީޖާ އަށް ބެލުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން ވެސް ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ މެޗެކެވެ.

"މިހާރު ކޮވިޑަށް ފަހު އަޅުގަނޑުމެން މި ފެށި އާ ދަތުރުގައި، އަޅުގަނޑުގެ ދައުރާ އެއްކޮށް ފެށިގެން ދިޔައިރު މި ލަންކާ މެޗަކީ ވޮލީބޯޅައިގެ އާ ފެށުން. ދެން މި މެޗަކީ ވަރަށް މުހިއްމު މެޗަކަށް ވެގެންދާ އެއް ސަބަބަކީ އަޅުގަނޑުމެންގެ ގައުމީ ޓީމު ވަރަށް ގިނަ ދުވަހު މެޗުތަކެއް ނުކުޅެ އޮވެފައި ނުކުންނަ ފުރަތަމަ ފަހަރުވީމަ،" ލަންކާ މެޗާ ބެހޭގޮތުން ރަނޭ "އަދަދު" އަށް ވިދާޅުވި އެވެ.

ކުރިން ރަސްމީ މެޗަކީ 12 ވަނަ ދުވަހު ކުޅޭ މެޗު ކަމަށް ކަނޑައެޅި ނަމަވެސް މިހާރު އެންމެ ފޯރިގަދަ މެޗަކީ މާދަމާރޭ ކުޅެން ހަމަޖެހިފައިވާ މެޗެވެ. މާދަމާރޭގެ މެޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ.

ލަންކާއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ވެސް މާލޭގައި ތިން މެޗެއް ކުޅުނެވެ. ތިން މެޗުން ވެސް ގައުމީ ޓީމު ބަލިވިއިރު، މެޗަކަށް ފަހު މެޗެއް ރަނގަޅަށް ކުޅުނެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން ވެސް ލަންކާ އިން ރާއްޖެ ބަލިކުރީ 3-1 ސެޓުންނެވެ. މި ތިން މެޗަށް ވެސް ނިސްބަތުން ގިނަ ސަޕޯޓަރުންތަކެއް ވަނެވެ.

ރަނޭ ވިދާޅުވީ ކުރިން ފަހަރު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ދިމާވި ކަމަކީ އަމިއްލަ ގައުމުގައި އެ ގޮތަށް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބޭ މެޗު މަދުވުމުގެ ޕްރެޝަރު ކުރިމަތިވުން ކަމަށެވެ. އެކަން މި ފަހަރު ކުރިން އެ ދިމާވި ގޮތަށް ކުރިމަތިނުވާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

ސެންޓްރަލް ޒޯނުގެ މި ރީޖަނަށް ބަލާއިރު މިއީ ގިނަ ޓީމުތަކެއްގައި ޓްރާންސިޝަން ޕީރިއަޑަކާ ދިމާވެފައި މި އޮތް ދަނޑިވަޅެއް ކަމަށް ރަނޭ ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ގިނަ ގައުމުތަކުން ޒުވާން ކުޅުންތެރިން ލައިގެން މަސައްކަތްތައް ކުރަން އުޅޭކަން ރަނޭ ފާހަގަކުރެއްވި އެވެ.

"އެންމެ ސީނިއާ ކުޅުންތެރިންތައް ލަންކާ ޓީމުގައި ވެސް ރިޓަޔާކޮށްފައި ޖޫނިއާ ލެވަލްގެ އެހާ އެކްސްޕީރިއަންސް ޓީމަކާ އެކު ލަންކާ ޓީމާ ކުޅެލަން މި ލިބެނީ. ހަމައެއާ އެކު އަޅުގަނޑުމެންގެ ޖޫނިއާ ޓީމުގެ ތިން ކުދިން ހިމެނިފައި އޮތް ޓީމަކަށް ވާތީ މި މެޗަކީ ވަރަށް ފޯރިގަދަ ވަރަށް ވާދަވެރި މެޗަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރެވެނީ،" ރަނޭ ވިދާޅުވި އެވެ.

މި މަހު 22-29 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ލަންކާ މެޗުގެ ބޭނުން ހިފޭނެ އެވެ. އޭގެ އިތުރުން ވެސް މި މެޗުން ހާސިލްކުރެވޭނެ މުހިއްމު ކަންތައްތައްތަކެއް އެބައޮތެވެ.

"އަޅުގަނޑަށް މި މެޗުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަޅުގަނޑުމެން ފަށާފައި މި އިން އެކްސްސެލެންސް ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ 30 ޖޫނިއާ ކުދިންނަށް އަޅުގަނޑުމެންގެ ފަސްގަނޑުގައި ކުޅޭ އިންޓަނޭޝަނަލް މެޗެއް، ނޫނީ ދިވެހި ރާއްޖޭގެ ސީނިއާ ޓީމު ކުޅޭގޮތް ބަލައިލަން ލިބުން. އެއީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވި ދުވަހެއް. މި މެޗާ އެކު އެ ލިބެނީ އެ ފުރުސަތު،" ރަނޭ ވިދާޅުވި އެވެ.

"ދެން، ޓީމުގައި ތިބި ޖޫނިއާ ތިން ކުޅުންތެރިންނަށް ވެސް އިންޓަނޭޝަނަލް މެޗެއްގައި އުޅެންވީ ގޮތުގެ ޕްރޮޓޮކޯލާ ކަންކަން ދަސްވާނެ. ގާތްގަނޑަކަށް ޖޫނިއާ 35 ކުޅުންތެރިން ވެސް މީގަ ހިމެނޭ ގޮތަށް މި ކުޅެލަން ލިބުމުގެ ހިތްހަމަ ޖެހުން ބޮޑު،"

އެކްސެލެންސް ޕްރޮގްރާމަކީ ވޮލީބޯޅައިގެ މުސްތަގުބަލަށްޓަކައި ރަނޭގެ ލީޑަޝިޕުން ފަށާފައިވާ މުހިއްމު ކަމެކެވެ. ސީނިއާ ޓީމަށް ކުޅުންތެރިން ސްކައުޓްކޮށް އެކަށޭނެ ރަނގަޅު ޓްރެއިނިން ތަކެއް ދީގެން ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތަމްރީންކުރުމުގެ މަސައްކަތެވެ.

ރަނޭ ވިދާޅުވީ މި ވަގުތަށް ބަލާއިރު، ވެސް ފެންނަ މަންޒަރުތަކަކީ ވޮލީބޯޅައިގެ މުސްތަގުބަލަށް ބޭނުންހިފޭނެ މުހިއްމު ކަމެއް ކަމަށެެވެ.

"އެކްސެލެންސް ޕްރޮގްރާމުން ފެށިގެން ސީނިއާ ޓީމަށް ދާން މިހާރު އެ ފެންނަ ވާދަވެރިކަން ހަގީގަތުގައި ވޮލީ އަށް ފައިދާކުރާނެ. އެ (ޒުވާން) ކުދިންނަށް މިހާރު އިންޓަނޭޝަނަލް އެއްވެސް ތަޖުރިބާއެއް ނެތީމަ އާ ވާނެ. އެކަމަކު، މުސްތަގުބަލުގައި ފުރުސަތުތައް ފަހިކޮށްދީގެން އެކަން ބަދަލުކުރެވޭނެ،" ރަނޭ ވިދާޅުވި އެވެ.

ސީނިއާ ޓީމަށް އޮތް ޗެލެންޖަކީ ގައުމީ ޓީމުގައި ތިބެން ބޭނުންވެއްޖިއްޔާ މީގެ އެބަޖެހޭއޭ އިތުރު މަސައްކަތެއް ކުރަން. އެ ހެލްތީ ކޮމްޕެޓިޝަން އެކްސެލެންސް ޕްރޮގްރާމާއި ގައުމީ ޓީމުގައި އޮތުން މުހިއްމު،"

ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވީ ސައުތު އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ. ކޮވިޑް-19ގެ ތެރޭގައި މިލޮރަޑްގެ ކޮންޓްރެކްޓް މިދިޔަ އަހަރު ހަމަވުމުން އޭނާ ވަނީ ޓީމު ދޫކޮށްލައިފަ އެވެ. ލަންކާ މެޗާއި ކުރިއަށް އޮތް ސެންޓްރަލް ޒޯނުގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox