ސައިނޯ ހައިޑްރޯއާ ހަވާލުކުރި ހައުސިން ޔުނިޓު އަޅަން ފައިސާ ނުދޭން ބޭންކް އޮފް ޗައިނާއިން ނިންމައިފި

ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް 1،700 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވަނީ: އޭރު ލަފާކުރީ މިދިޔަ އަހަރުގެ ޖޫންގައި މަސައްކަތް ފަށާ، ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް. -- ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން

ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް 1،700 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވަނީ: އޭރު ލަފާކުރީ މިދިޔަ އަހަރުގެ ޖޫންގައި މަސައްކަތް ފަށާ، ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް. -- ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދަން ނިންމި ފުރަތަމަ ހައުސިން މަޝްރޫއު، ހުޅުމާލޭގައި އިމާރާތްކުރަން ނިންމި 1،700 ހައުސިން ޔުނިޓު އަޅަން ހަވާލުކުރި ކޮންޓްރެކްޓަރަށް ފައިސާ ދޭން ބުނި ބޭންކް އޮފް ޗައިނާއިން ފައިނޭންސިން އޮފާ އަނބުރާ ގެންގޮސްފި އެވެ.

މިދިިޔަ އަހަރުގެ މާޗުގައި ބިންގާ އެޅި މި ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން ހިންގަން ފެށި ހިޔާ މަޝްރޫއުއަށް ބައެއް ބަދަލުތައް ގެނެސްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއެކެވެ. މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީ ނިންމާލާފައިވާ ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏެވެ.

ސައިނޯ ހައިޑްރޯއާ ހަވާލުކުރީ 15 އަދި 16 ބުރީގެ 11 ޓަވަރުގައި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓު އަޅާށެވެ.

Advertisement

ޖުމްލަ 308.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަަށް ބެލެވޭ މި މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމުން މަޝްރޫއު ހިންގަން ބޭނުންވާ 85 ޕަސެންޓު ފައިސާ ހަމަޖައްސަން ޖެހެނީ ކޮންޓްރެކްޓަރެވެ.

އަދި، އެ ފަންޑިން ދޭން ބޭންކް އޮފް ޗައިނާ، ލަންޑަން ބްރާންޗާއެކު ސައިނޯ ހައިޑްރޯއިން އެއްބަސްވުމަކަށް އައެވެ. އެކަމަކު މިހާތަނަށް ސާފުނުވާ ސަބަބުތަކަކާ ގުޅިގެން، އެ ބޭންކުން ވަނީ ފައިނޭންސިން އޮފާ ވިތުޑްރޯކޮށްފަ އެވެ.

އެގޮތުން ސަރުކާރުން ހިންގާ އުމްރާނީ މަޝްރޫއުތަކުގެ މައުލޫމާތު ހުންނަ އައިލްސް ވެބްސައިޓުގައި ހުރި މައުލޫމާތު ދައްކާ ގޮތުން، ބޭންކް އޮފް ޗައިނާއިން ފައިނޭންސިން އޮފާ ވިތުޑްރޯ ކުރުމާ ގުޅިގެން، އެ ފައިސާ ހޯދަން އެހެން ބޭންކުތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ދެ އަހަރުގެ މުއްދަތު ހިނގާނެ ކަމަށް ބެލެވޭ މި މަޝްރޫއު އަންނަ އަހަރު ޖެނުއަރީގައި ފަށައިގެން ވެސް، މި ސަރުކާރުގެ ދައުރު ނިމެންވާއިރަށް މަސައްކަތް ނުނިމޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox