ފަހަށް ރައްކާކުރުމަށް ފަސޭހަ ކޮށާރެއް!

Dec 3, 2021, 3:21 AM
ފަހަށް ރައްކާކުރުމަށް ފަސޭހަ ކޮށާރެއް!

ދިވެހި ބަހުގެ ރަދީފުގައި ބުނާ ގޮތުން ކޮށާރަކީ "ހަ ބިތް ނިރޮޅުން ނުވަތަ ގަސްވަކަރުން ހަދައިފައި ހުންނަ ބަނޑަހަގެ އެކެވެ". މިއީ އިހު ޒަމާނުގައި ކާޑުގެ ބާވަތްތަކާއި އާއްމުކޮށް ގެއަށް ބޭނުންވާ އެފަދަ އެހެން ތަކެތި ފަހަށް ރައްކާ ކުރުމަށް ބޭނުން ކުރަމުން އައި ތަންތަނެވެ. ކުރީގެ ބައެއް އާއިލާތަކުން ބޭނުންކުރި މިފަދަ ބައެެއް ކޮށާރުތައް މިހާރު ވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް މި ލިޔުމުގައި މި ބަލާލަނީ ޕެންޝަން އޮފީހުން އިފްތިތާހު ކުރި އެ އޮފީހުގެ ޕެންޝަން ސާވިސަސް ޕޯޓަލް ކޮށާރަށެވެ.

ޕެންޝަން އޮފީހުގެ ކޮށާރަކީ އެ އޮފީހުގެ ހުރިހާ ހިދުމަތްތައް ދުނިޔޭގެ ކޮންމެ ތަނަކުން، މެދުނުކެނޑި 24 ގަޑިއިރު ހޯދޭ ގޮތަށް ތައްޔާރުކޮށް ހިދުމަތް ދޭ އޮންލައިން ޕޯޓަލް އެކެވެ. މި ސިސްޓަމް ފަރުމާކޮށްފައި ވަނީ، ބޭނުން ކުރަން ފަސޭހަ، އެއަށް ބަރޯސާވެ ކޮންމެ ވަގުތަކު ވެސް ހިދުމަތް ހޯދޭނެ ފަދަ ސިސްޓަމަކަށް ވުމުގެ އިތުރުން ޑޭޓާގެ ރައްކާތެރިކަމަށް ވެސް އިސްކަން ދީގެންނެވެ.

ޕެންޝަން އޮފީހުގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ މެންބަރުންނާއި، ޕެންޝަނަރުން އަދި ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަ ހިދުމަތްތައް، މި ޕޯޓަލްގައި ހިމެނިފައިވުމުގެ އިތުރުން ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ހޯދޭނެ ލައިވް ޗެޓް ފީޗާއެއް ވެސް ހިމެނިފައިވެ އެވެ.

މި ޕޯޓަލް އިން ލިބެން ހުރި ވަކިވަކި ހިދުމަތްތަކަށް ބަލާއިރު، ވަޒީފާއަދާކުރާ ފަރާތެއް ނަމަ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ވުމާ ހަމަ އިން، އެ މީހަކަށް ބޭނުންވާ ހިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯޓްފޯލިއޯ ބަދަލު ކުރުމާއި، ސްކީމުން ލިބޭ ފައިދާތަކުގެ ތަފްސީލު ބެލުމާއި، ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓަރު ފަަދަ ޓޫލްސްތައް ބޭނުންކުރެވޭނެ އެވެ.

ޕެންޝަނަރެއް ނަމަ ކަރުދާސް ފޯމު ޕްރިންޓްކޮށް އިނގިލީގެ ނިޝާން ޖަހައި، ސްކޭންކޮށް ކިއުގައިޖެހި ފޯމު ހުށަހެޅުމުގެ ބަދަލުގައި ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅުމުގެ އިތުރުން އެމީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫންވެސް މަޢުލޫމާތު ވަގުތުން ވަގުތަށް ބަދަލު ކުރެވޭނެ އެވެ.

މީގެ އިތުރުން، މި ސިސްޓަމުގެ މުހިންމު އެއްބައި ހާއްސަ ކުރެވިފައި ވަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް ލާޒިމްވާ ޕެންޝަން ކޮންޓްރިބިއުޝަންގެ މަސައްކަތްތައް ކުރުމަށެވެ. އެ ގޮތުން ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމާއި ގުޅޭ ސްޓޭޓްމަންޓްތައް ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތެއް މި ސިސްޓަމް މެދުވެރިކޮށް ކުރެވޭނެ އެވެ.

ގިނަބަޔަކު އަބަދުމެ އަަވަދިނެތި އުޅެންޖެހިފައިވާ މި ޒަމާނުގައި ޕެންޝަން އޮފީހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހޯދައި ދެވުނު މި ފަސޭހައިގެ ސަބަބުން އެތައް ބައެއްގެ ފައިސާ އާއި ވަގުތު ސަލާމަތްވެ، އަގު ނުކުރެވޭހާ ފައިދާ މުޅި މުޖުތަމަ އަށް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox