ދުނިޔޭގެ މުބާރާތުން ފުރުސަތު ހޯދައި ނަބާ އާއި ނަބީ ތާރީހުގެ ތެރެއަށް

Dec 2, 2021, 3:31 AM
ބެޑްމިންޓަން ގައުމީ ޓީމުގެ ދެބެން، ނަބާހާ އާއި ނަބީހާ: ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ބެޑްމިންޓަން ގައުމީ ޓީމުގެ ދެބެން، ނަބާހާ އާއި ނަބީހާ: ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)، މި މަހު ސްޕެއިނުގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ހޯދައި ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފި އެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލް ކުރާނެ ފުރަތަމަ ފަހަރެވެ. މި އަހަރު ނަބާ ވަނީ އޮލިމްޕިކްސްގައި ވާދަކޮށް އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

"އެންމެ އުފާވަނީ ދެ މީހުން އެކުގައި މި ވަރުގެ މުބާރާތަކަށް ދެވޭތީ،" ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ވާދަކުރަން މިި ވަގުތު އެ ގައުމުގައި ހުރި ނަބީ، "އަދަދު" އަށް ބުންޏެވެ.

ސްޕެއިނުގައި މި މަހު 12-19 އަށް ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސް ފުރަތަމަ ބުރުން ނަބާ އާއި ނަބީގެ ޕެއާ އަށް ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ދެ ކުޅުންތެރިންގެ ކާމިޔާބީ އަށް ބެލުމަށް ފަހު އެވެ. އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގައި ނަބާ އާއި ނަބީގެ ޕެއާ އޮތީ ދުނިޔޭގެ 117 ވަނައިގަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.

އޭގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ހަތަރު ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑަލާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި 2018 ވަނަ އަހަރު ހޯދި މެޑަލެވެ.

ހަތަރު ލޯ މެޑަލް ހޯދީ މޮރިޝަސް ބެޑްމިންޓަން ސީރީސްގެ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި 2018 ވަނަ އަހަރުގެ ނޭޕާލް މުބާރާތުގަ އެވެ.

ނަބާ އާއި ނަބީގެ ޕެއާ އަކީ އެންމެ ފަހުން ތިން ފަހަރު ވެސް ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަނުންނެވެ. އަދި މި ވަގުތު ނަބާ އާއި ނަބީ ހުރީ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރަން އެ ގައުމުގަ އެވެ. އެ މުބާރާތުގައި އެ ޕެއާ އިން ޑަބަލްސްގައި ވާދަކުރާނެ އެވެ. އަދި ދެ ކުޅުންތެރިން އަންހެން ސިންގަލްސްގައި ވެސް ވާދަކުރާނެ އެެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުުރުގައި ނަބާ އާއި ނަބީގެ ޕެއާ ނުކުންނާނީ ރަޝިއާގެ އެކަޓެރީނާ މަލްކޯވާ އާއި އަލީނާ ޑަވްލެޓޯވާގެ ޕެއާއާ ދެކޮޅަށެވެ. މިއީ ދުނިޔޭގެ 34 ވަނައިގައި އޮތް ޕެއާ އެކެވެ. އެ މުބާރާތުގައި ވާދަކުރަން ނަބީ އާއި ނަބާ ފުރާ ގޮތަށް ހަމަޖެހިފައި އޮތީ މި މަހު 10 ވަަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox