އަދިވެސް އެންމެ ކޮރީ އަދުލުގެ ނިޒާމު: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

މި ރާއްޖޭގައި އަދިވެސް އެންމެ ކޮރީ އަދުލުގެ ނިޒާމު ކަމަށާއި އަދުލުއިންސާފުގެ ދާއިރާ އިސްލާހުކުރެވިގެން މެނުވީ މި ގައުމަށް ކުރިއެރުމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުން މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބު ކުރައްވަމުން ޕީޕީއެމް ޖަގަހާގައި ބޭއްވި "ޝުކުރިއްޔާ ރައްޔިތުން" ޖަލްސާގައި ޔާމީންގެ ވާހަކަފުޅުގެ ބޮޑު ބަޔެއް އަމާޒުކުރެއްވީ އަދުލުއިންސާފަށެވެ.

އެ މަނިކުފާނުގެ ވާހަކައިގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަނޑިޔާރުގެއަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވިއިރު، އަނބުރާ ޖަލަށް ލިޔަސް އެ ވާހަކަތައް ދެއްކުން ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންސާފުވެރި ޝަރީއަތެއް ހިންގައިގެން ކުށެއް ސާބިތުނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ، އެކަން ސާބިތުވެގެން ގޮސްފި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް، އަދުލު އިންސާފުގެ ދާއިރާގެ ކަންކަން ހުރީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި، މިއަދު ވެސް ރައްޔިތުން އެންމެ އުދާސް ކުރުވާ ކަމަކީ އިންސާފު ނުލިބުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ މައްސަލަތަކުގައި ޝަރީއަތްކުރަން ތިބި ފަނޑިޔާރުންނަށް އަމާޒުކޮށް، ހުވަޔާއި އެއްގޮތަށް އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކީ އެކަން ކުރަމުން ދާކަމަށް ބުނެ ދިފާއުކުރަން ކެރޭނީ ކިތައް ފަނޑިޔާރުންނަށްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ދިފާއުކުރަން ކެރޭނެ މާ ގިނަ ބަޔަކު ނެތް ކަމަށް ގޮންޖައްސަވާފައި ވިދާޅުވާން ކެރޭނެ ކަމަށެވެ.

ޖަލު ހުކުމް އިއްވި މައްސަލައިގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހުކުމްކުރި ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާ ދޭތެރޭ ވެސް ޔާމީން ސުވާލުއުފެއްދެވި އެވެ.

މީގެ ތެރެއިން ތިން ފަނޑިޔާރަކާ ގުޅޭ އޯޑިއޯތަކެއް ލީކުވެގެން، ގާޒީއަކު ސަސްޕެންޝަނުގައި ހުރި ނަމަވެސް، އަދިވެސް އެ ތަހުގީގު ނުނިމި ދިގުލައިގެންދާތީ އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ލީކުވީ އޯޑިއޯތަކަކީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ހުކުމްކުރި ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކެކެވެ.

މިބުނާ އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއަކަށް ފަހު އަޑު ދިމާވީ އޭގެ ތެރެއިން ގާޒި ހުސެއިން ފާއިޒު ރަޝާދުގެ އެކަންޏެވެ. މި މައްސަލައާ ގުޅިގެން އޭނާ ހުރީ ނޮވެމްބަރު، 4 އިން ފެށިގެން 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ދަނީ އޭނާގެ މައްސަލަ ބަލަމުންނެވެ.

ޔާމީން ވިދާޅުވީ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެކަކުގެ ސުލޫކާ ދޭތެރޭ ސުވާލު އުފެދިއްޖެ ނަމަވެސް، އެއީ އިންސާފުވެރި ހުކުމެއް ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި ފަނޑިޔާރެއްގެ ސުލޫކާ ދޭތެރޭ ސުވާލުއުފެދާނަމަ އަދުލުވެރިކަމާ ދޭތެރޭ ސުވާލު އުފެދޭނެ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ވާހަކައިގައި އަދުލުވެރިކަމަށް ހުރި ހުރަސްތަކުގެ ވާހަކަ އަމާޒުކުރެއްވީ ފަނޑިޔާރުގެއަށް އޮތް ނުފޫޒުގެ މައްޗަށެވެ.

އެގޮތުން ވެރިކަމުން ފަނޑިޔާރުގެއަށް އަތް ބާނާ ވާހަކަ ދެކެވޭއިރު، ކޯޓުތަކަށް އަތް ބާނާ މަހުޖަނުންނާއި އެހެން ގޮތްގޮތުން އެކަން ކުރާ މީހުންގެ ވާހަކަ ނުދެކެވޭ ކަމަށާއި، އެކަން "އޯކޭ" ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަބަދުވެސް ޝަކުވާއަކީ ރައީސްކަން ކުރާ މީހަކު ނުވަތަ ވެރިކަމުގެ ފަރާތުން އަދުލުގެ ތެރެއަށް އަތްބާނާ ވާހަކަ. ގަބޫލުކުރަން، އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެކަމަކު ވަރިހަމަތޯ ރާއްޖޭގައި ތިއްބެވި މުއްސަދި މަހުޖަނުން އޭގެ ތެރެއަށް އަތް ބޭނިއަސް. އެ ވަރިހަމަތޯ. އަދި އެހެން ގޮތްގޮތުން އޭގެ ތެރެއަށް އަތްބާނާ މީހުން ބޭނުން" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބައެއް ފަނޑިޔާރުންނަކީ ނުފޫޒާއި ބާރުގެ ގޮތުން އަތް ނުލެވޭ ހިސާބުގައި ތިއްބެވި ފަނޑިޔާރުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރަން މިގޮތަށް ހުރިހާ ގޮތަކުން ހުރި ނުފޫޒުތައް ނައްތާލާ، އަދުލުގެ ނިޒާމު "ކްލެންސް" (ސާފުތާހިރުކުރަން) ޖެހޭ ކަމަށާއި، ނުފޫޒުން ނެއްޓިގެން މެނުވީ އިންސާފެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައި އޮތް އަދުލުގެ ނިޒާމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ދިވެހިރާއްޖެއަށް ދިރުމެއް ނެތް، ދިވެހިރާއްޖެއަށް ކުރިއެރުމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox