ކުއްޔަށް ދީފައިވާ ދައުލަތުގެ ބިންތަކުގެ މުއްދަތު ކައުންސިލްތަކަށް އިތުރު ކުރެވޭ ގޮތް ހަދައިފި

ރާއްޖޭގެ ރަށެއްގައި މީހުން ހިނގާބިނގާވެ އުޅެނީ: ރަށް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީ ހަގީގީ ލާމަރުކަޒު ކުރުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅިވެފައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރަށެއްގައި މީހުން ހިނގާބިނގާވެ އުޅެނީ: ރަށް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީ ހަގީގީ ލާމަރުކަޒު ކުރުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅިވެފައި -- ފޮޓޯ: އަދަދު ފައިލް

ކުއްޔަށް ދޫކޮށްފައިވާ ދައުލަތުގެ ބިންތަކުގެ އެގްރީމެންޓް އާ ކުރުމުގެ ބާރު ހަމައެކަނި ހައުސިން މިނިސްޓްރީގެ އަތުގައި އޮތް އޮތުން ބަދަލުކޮށް، ސިޓީ އަދި ރަށު ކައުންސިލްތަކަށް ވެސް ކުލީގެ މުއްދަތު އިތުރު ކުރުމުގެ ބާރު ސަރުކާރުން ދީފި އެވެ.

މީގެ ތިން އަހަރު ކުރިން ތައާރަފް ކުރި "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" އަށް ހައުސިން މިނިސްޓްރީން ވަނީ އިއްޔެ ޖުމްލަ އަށް އިސްލާހެއް ގެނެސްފަ އެވެ.

ކުއްޔަށް ދޫކޮށްފައިވާ ދައުލަތުގެ ބިންތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމަށް ކުއްޔަށް ނަގާފައިވާ ފަރާތުން ހުށަހަޅައިފި ނަމަ، ރިވިއު ކުރުމަށްފަހު ކުލި އިތުރު ކުރުމުގެ ބާރު ކުރިން ވެސް އެ ގަވާއިދުގެ ދަށުން ދީފައި އިވެ އެވެ. ނަމަވެސް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ މުއްދަތު ވެސް ކުރިން އޮތް ގޮތުން އިތުރު ކުރެވޭނީ ހަމައެކަނި ހައުސިން މިނިސްޓްރީއަށެވެ.

Advertisement

އެގޮތަށް ބިމުގެ ކުލީގެ މުއްދަތު އިތުރު ކުރާ ނަމަ، މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ސަބަބުތަކުގެ އެސެސްމަންޓެއް ހަދަންޖެހެ އެވެ. އަދި މާކެޓުގެ ރޭޓުތަކަށް ބެލުމަށްފަހު، އަގަށް ބަދަލު ގެނައުމުގެ އިހްތިޔާރު ވެސް ގަވާއިދުގެ ދަށުން ލިބެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު ސިޓީ އަދި ރަށު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ލިބިފަ އެވެ. އެ އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ލާމަރުކަޒީކޮށް ރާއްޖެ ހިންގަން ފެށުނީ އަދިކިރިޔާ ކަމަށެވެ.

"މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް. ސަބަބަކީ މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް ހިންގަން ފެށުނު ދުވަސް ކަމަށް ވާތީ،" ކައުންސިލަރުން މަގާމުތަކާ ހަވާލުވުމުން މެއި 17، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox